އަލްޖީރިއާ ޓީމް.. ފޮޓޯ: ބެއިން ސްޕޯޓް
ކުޅިވަރު
10 Oct 2025 | 09:45
ވަރލްޑްކަޕްގެ ޖާގައެއް އަލްޖީރިއާ ކަށަވަރުކޮށްފި

ސޯމާލިއާ ބަލިކޮށް ވަރލްޑްކަޕްގެ ޖާގައެއް އަލްޖީރިއާއިން ކަށަވަރުކޮށްފިއެވެ.

ވަރލްޑްކަޕްގެ ޖާގައެއް އަލްޖީރިއާ ކަށަވަރު ކޮށްފައިމިވަނީ ކޮލިފައިން ގްރޫޕް ޖީގައި ރޭ ސޯމާލިއާ އާދެކޮޅަށް ކުޅުނުމެޗް ކާމިޔާބުކޮށް ގްރޫއްޕްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. ސޯމާލިއާގައި ކުޅުނު މިމެޗް އަލްޖީރިއާ ކުރިހޯދީ 3-0 ގެ ނަތީޖާއަކުންނެވެ. މިމެޗް ސޯމާލިއާގައި ކުޅެން އޮތްނަމަވެސް އެންމެފަހުން އަލްޖީރިއާގައި ކުޅެން ނިންމީ ފީފާގެ މިންގަނޑަށް ފެތޭ ދަނޑެއް ނެތުމުންނެވެ. އެހެންކަމުން ރޭގެ މެޗް ހުރިހާ ގޮތަކުންވެސް މޮޅުވުމުގެ އެޑްވާންޓޭޖެއް އޮތީ އަލްޖީރިއާ އަށެވެ.

މެޗްގައި އަލްޖީރިއާއަށް ގޯލް ހުޅުވާލަދިނީ ހަވަނަ މިނެޓް ތެރޭގައި މެހްރޭޒްގެ ތަނަވަސްކޮށްދިން ފުރުސަތެއްގައި މުހައްމަދު އަމޯރާ އެވެ. އަލްޖީރިއާގެ ދެވަނަ ލަނޑު އޭގެ 13 މިނެޓްފަހުން ރިޔާދް މެހްރޭޒް ކާމިޔާބުކޮށްދިން އިރު، ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ 58 ވަނަ މިނެޓް ތެރޭގައި ފުރަތަމަ ލަނޑު ޖެހި އަމޯރާއެވެ.

މެޗަށްފަހު މި ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި އަލްޖީރިއާ އޮތްއިރު، ވަރލްޑްކަޕްގެ ޖާގައެއް ހޯދުމުގެ ފުރުސަތު ޔުގެންޑާއަށްވެސް އެބައޮތެވެ.

ގްރޫޕް ޖީގެ ޕޮއިންޓް ތާވަލް

އަލްޖީރިއާ ވަރލްޑްކަޕުން ޖާގައެއް ކަށަވަރުކުރިއިރު، މިއީ 2014 ވަނަ އަހަރަށްފަހު އެ މުބާރާތުން ޖާގައެއް ހޯދި ފުރަތަމަ ފަހަރެވެ. އަލްޖީރިއާގެ އިތުރުން ދެކުނު އެފްރިކާއިން ވަރލްޑްކަޕަށް ދަތުރުކުރި ޓީމްތަކުގެ ތެރޭގައި ހިމެނެނީ ތޫނިސް، އަދި މޮރޯކޯއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.