ވޭލްސް އާއި އިންގްލެންޑް ބައްދަލުކުރިމެޗްގެ ތެރެއިން... ފޮޓޯ: އޭއެފްޕީ
ކުޅިވަރު
10 Oct 2025 | 10:03
ވޭލްސްއަށް އިނގިރޭސިން އަތުން މޮޅެއް ނުވެވުނު

ބައިނަލްއަޤްވާމީ ރަހުމަތްތެރިކަމުގެ މެެޗެއްގައި ރޭ އިންގްލެންޑާއި ވޭލްސް ބައްދަލުކުރިމެޗް ފަސޭހަކަމާއެކު އިނގިރޭސިން ކާމިޔާބުކޮށްފިއެވެ. 

އިންގްލެންޑްގެ ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މިމެޗް އިނގިރޭސިން ކުރިހޯދީ 0-3 ގެ ނަތީޖާއަކުންނެވެ. މިމެޗްގައި އިނގިރޭސިން ވޭލްސް އާ ދެކޮޅަށް ނިކުތީ އެޓީމްގެ އެންމެ މުހިންމު ފޯވަޑް ހެރީ ކޭން އާނުލައެވެ. 

މެޗްގައި ފެނިގެންދިޔަ ހުރިހާ ލަނޑެއްވެސް ޖަހާފައިވަނީ ފުރަތަމަ ހާފްގެ ތެރޭގައެވެ. އިންގްލެންޑަށް ގޯލް ހުޅުވާލަދިނީ ތިންވަނަ މިނެޓް ތެރޭގައި އެސްޓަންވިލާގެ ކުޅުންތެރިޔާ މޯގަން ރޮޖަރސް އެވެ. ދެވަނަ ލަނޑު އޮލީ ވޮޓްކިން ކާމިޔާބުކޮށްދިންއިރު ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ އާސެނަލްގެ ބުކަޔޯ ސަކާ އެވެ.

މިމެޗްގައި ހެރީ ކޭންގެ ބަދަލުގައި އިންގްލެންޑްގެ ކޯޗް ތޯމަސް ޓުޗެލް ބޭނުންކޮށްފައިވަނީ އޮލީ ވޮޓްކިންސްއެވެ. މެޗްގައި ވޭލްސްއަށްވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތައް ލިބުނުނަމަވެސް ވަނީ ބޭނުންނުކުރެވިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.