އަޒަރްބައިޖާން އާއި ފްރާންސް ބައްދަލުކުރިމެޗްގެ ތެރެއިން... ފޮޓޯ: ގެޓީ
ކުޅިވަރު
11 Oct 2025 | 08:20
އަޒަރްބައިޖާން އަތުން ފްރާންސަށް ފަސޭހަމޮޅެއް

ވަރލްޑްކަޕް ކޮލިފައިންގައި ރޭ ފްރާންސާ އަޒަރްބައިޖާން ބައްދަލުކުރިމެޗް ފަސޭހަކަމާއެކު ފްރާންސް ކާމިޔާބުކޮށްފިއެވެ.

ފްރާންސްގެ ވެރިރަށް ޕެރިހުގެ ޕާކް ޑި ޕްރިންސަސް ސްޓޭޑިއަމްގައި ކުޅުނު މިމެޗް އަޒަރްބައިޖާގެ މައްޗަށް އެޓީމް ކުރި ހޯދީ 0-3 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗް ޑޮމިނޭޓްކޮށް މޮޅަށް ކުޅެފައިވަނީ ފްރާންސުންނެވެ.

މެޗްގައި ފްރާންސަށް ގޯލްހުޅުވާލަދިނީ ފުރަތަމަ ހާފްގެ އިތުރުވަގުތުގެ ކުޅުމުގެ ތެރޭގައި ކެޕްޓަން ކިލިއަން އެމްބާޕޭ އެވެ. މެޗްގައި ފްރާންސުން ޖެހި ދެވަނަ ލަނޑު އެޓީމަށް ޖަހައިދިނީ އެމްބަޕޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި ރެބިއޯއެވެ. މެޗްގައި ފެނިގެންދިޔަ ފްރާންސުގެ ތިންވަނަ ލަނޑު ޖަހައިދިނީ 84 ވަނަ މިނެޓް ތެރޭގައި ފްލޯރިއަން ތުއަވިން އެވެ. 

އަޒަރްބައިޖާން އާއި ފްރާންސް ބައްދަލުކުރިމެޗްގެ ތެރެއިން... ފޮޓޯ: ގެޓީ

ރޭގެ މެޗްގައި އެމްބަޕޭޖެހި ލަނޑާއެކު އޭނާ ވަނީ ޤައުމީޓީމަށް މިހާތަނަށް 53 ލަނޑު ޖަހައިދީފައެވެ. 

މެޗަށްފަހު ކުޅުނު ތިން މެޗުން ލިބުނު 9 ޕޮއިންޓާއެކު ތާވަލުގެ އެއްވަނާގައި ފްރާންސް އުޅޭއިރު، ހަތަރު ޕޮއިންޓާއެކު ދެވަނާގައި އުޅެނީ ޔުކްރެއިނެވެ. ތާވަލްގެ ތިން ވަނާގައި 3 ޕޮއިންޓާއެކު އައިސްލޭންޑް އުޅޭއިރު ތާވަލްގެ އެންމެފުލުގައި އަޒަރްބައިޖާނަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ވަޒަންހުރި މެގަޒިނެއް ގެނައި އެމެރިކާ މީހާގެ ބަންދަށް 10 ދުވަސް
އޭނާއަތުން އެ މެގަޒިން ފެނިފައިވަނީ ބަލާފާސްކުރުމުގެ ތެރޭގައިކަމަށް ފުލުހުން ބުންޏެވެ.
25 Aug 2026
ކުށްކޮށްގެން ހޯދާ މުދާ ދައުލަތަށް ނެގުމާ ބެހޭ ބިލް މަޖިލީހަށް ފޮނުވައިފި
މި ބިލް ޤާނޫނަކަށް ވުމުން ޖިނާއީ ބޮޑެތި ކުށްތައް ކުރާ ފަރާތްތަކުން އެފަދަ ނޭދެވޭ ޢަމަލުތަކުގެ ތެރެއިން ހޯދާ މުދަލާއި ފައިސާއިން މާލީ މަންފާ ހޯދުން ހުއްޓުވުމަށް ބޮޑު ބާރަކަށް ވެގެންދާނޭކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
25 Aug 2026
ޕާކިސްތާނުގައި ޕެޓްރޯލާއި ޑީސެލްގެ އަގު އަނެއްކާ ވެސް ބޮޑުކޮށްފި
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ބާޒާރަށް ބަލާ އިރު ހޯމަ ދުވަހު އޭޝިއާގެ ވިޔަފާރީގެ ވަގުތުތަކުގައި ދެ ބެންޗްމާކުގެ އަގު ދަށަށް ދިޔައެވެ. ޑަބްލިއުޓީއައި ސާފުނުކުރާ ތެޔޮ 2.16 އިންސައްތަ ދަށްވެ ފީފާއެއް 85.18 ޑޮލަރަށް ވެއްޓުނު އިރު ބްރެންޓް ސާފުނުކުރާ ތެޔޮ 2.19 އިންސައްތަ ދަށްވެ ފީފާއެއް 92.32 ޑޮލަރަށް ތިރިވެފައިވެއެވެ
25 Aug 2026
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ތިލަފުއްޓަށް
ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނީ، އޮޑިޓަރ ޖެނެރަލްގެ މި ދަތުރުފުޅުގައި ތިލަފުށީގައި ކުނީގެ ކަންކަން ހިންގުމަށް ޤާއިމުކޮށްފައިވާ އެކި އިޖުރާއަތްތަކާއި ވަސީލަތްތައް ބެލެހެއްޓޭ ގޮތް ބައްލަވާލައްވާފައިވާކަމަށެވެ
25 Aug 2026
ޝީ އިންޑިއާއަށް ވަޑައިގަންނަވާނީ ބޮޑު ވަފުދަކާއެކު
މަސްދަރުތަކުން ބުނާ ގޮތުގައި، ޗައިނާގެ އޮފިޝަލުން މިހާރު ދަނީ ދިއްލީގެ ހޮޓާތަކާއި ސެކިއުރިޓީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ
25 Aug 2026
ޕާކިސްތާނުގެ ސަލާމަތީ އޮފިޝަލަކު މަރާލައި، 5 ފުލުހަކު ޒަޚަމްކޮށްލައިފި
ޒަޚަމްވި ފުލުހުންނަށް ކައިރީގައިވާ ހޮސްޕިޓަލެއްގައި ފަރުވާ ދެމުންދާއިރު، އެމީހުންގެ ހާލު ސީރިއަސް ނޫން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ
25 Aug 2026
ހދ.އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫއަށް
ޗެމްޕިއަންކަން ހޯދި ހަނިމާދޫގެ އިތުރުން ފައިނަލުން ބަލިވި ނައިވާދޫ ވެސް ވަނީ މުބާރާތުގެ ޒޯން ބުރަށް ދަތުރުކޮށްފައެވެ.
25 Aug 2026
ބިދޭސީ މުވައްޒަފުންގެ މުސާރަ ރާއްޖޭގެ ބޭންކް އެކައުންޓަށް
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް މުސާރަ ބޭންކް އެކައުންޓަށް ޖަމާކުރުން ލާޒިމުކޮށް ބިދޭސީން ވަޒީފާ އަދާކުރުމާ ގުޅޭ ގަވައިދަށް ހޯމްލޭންޑް ސެކިއުރިޓީ ވުޒާރާއިން މިއަދު ތިން އިސްލާހެއް ގެނެސްފިއެވެ.