ސްވިޒަރލެންޑާ ސްވިޑުން ބައްދަލުކުރިމެޗްގެ ތެރެއިން..
ކުޅިވަރު
11 Oct 2025 | 08:34
ސްވިޒަރލެންޑް އަތުން ބަލިވެ ސްވިޑެންއަށް ހާސްކަން

ވަރލްޑްކަޕް ކޮލިފައިންގައި ރޭ ސްވިޒަރލެންޑުން އަތުން ބަލިވެ، މުބާޒާތުގެ ޖާގައެއް ހޯދުމަށް ސްވިޑަން ކުރަމުންގެންދާ މަސައްކަތްތަކަށް އިތުރު ނުތަނަވަސްކަމާ ކުރިމަތިލާން ޖެހިއްޖެއެވެ.

ސްވިޑަންގައި ކުޅުނު މިމެޗުން އެޓީމް ބަލިވީ 0-2 ގެ ނަތީޖާއަކުންނެވެ. ސްވިޑެންގެ ސްޓްރޯބެރީ އެރީނާގައި ކުޅުނު މިމެޗުގައި ފެނިގެންދިޔަ ދެ ލަނޑުވެސް ޖަހާފައިވަނީ ފަހު ހާފްގައެވެ. މެޗްގައި މެހެމާނުންނަށް ގޯލް ހުޅުވާލަދިނީ 65 ވަނަ މިނެޓް ތެރޭގައި ލިބުނު ޕެނަލްޓީއަކުން ސަންޑަރލެންޑަށް ކުޅެމުން އަންނަ ގްރަނިޓް ޝަކާއެވެ. މެޗްގައި ސްވިޒަރލެންޑުން ޖެހި ދެވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗްގެ ފަހު ވަގުތު ކުޅުމުގެ ތެރޭގައި ޔޮހަން މަންޒަމްބީ އެވެ.

ރޭގެ މެޗުން ސްވިޑަން ބަލިވުމުން ވަރލްޑް ކަޕަށް ކޮލިފައިވުމަށް އެޓީމަށް ވަނީ އިތުރު ހުރަސްތަކެއް ކުރިމަތިވެފައެވެ. މި ގްރޫޕްގައި ކުޅުނު ދެމެޗުން ސްވިޑަން ބަލިވިއިރު، އެއްމެޗް ނިމުނީ އެއްވަރުވެގެންނެވެ. ގްރޫޕްގެ ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު، ތާވަލްގެ އެއްވަނާގައި 9 ޕޮއިންޓާއެކު ސްވިޒަރލެންޑް އުޅޭއިރު، އެއްޕޮއިންޓާއެކު ސްވިޑަން އުޅެނީ ތާވަލްގެ އެންމެ ފުލުގައެވެ.

މި ގްރޫޕްގައި ރޭ ކޮސޯވޯ އާއި ސޮލްވީނިއާ ބައްދަލުކުރިމެޗް ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.