މިހާރު އަޅާފައިވާ ފްލެޓްތައް
11 Oct 2025 | 17:42
ފްލެޓްތައް ކުއްޔަށް ދޭނަމަ އެތަންތަން ދައުލަތަށް ނަގަން ނިންމައިފި

ސަރުކާރުގެ އިޖްތިމާޢީ ބޯހިޔާވަހިކަމުގެ ތެރެއިން ދޫކޮށްފައިވާ ތަންތަން ކުއްޔަށް ދޭނަމަ އެތަންތަން އަތުލުމަށް ފަހު ދައުލަތަށް ނަގަން ނިންމައިފި އެވެ.

ސަރުކާރުން އެ ނިންމުން ނިންމީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން އަޅާފައިވާ 4000 ފްލެޓް ލިބުނު ބައެއް މީހުން އެތަންތަން ބޮޑު އަގުގައި ކުއްޔަށް ދޭން އިޝްތިހާރު ކުރާ މައްސަލާގައި ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެއް އުފެދިފައި ވަނިކޮށެވެ.

އެ ނިންމުން ހާމަކޮށް ކޮންސްޓަކްޝަން އެންޑް ހައުސިން މިނިސްޓަރު ޑރ: މުއްތަލިބު ވިދާޅުވީ ސަރުކާރުގެ އިޖްތިމާޢީ ބޯހިޔާވަހިކަމުގެ ތެރެއިން ދޫކޮށްފައިވާ ތަންތަނަކީ ރައްޔިތުންގެ ފައިސާއިން ބޮޑު ހޭދައެއްކޮށް، ސަބްސިޑައިޒްކުރެވިފައިވާ އަގުތަކެއްގައި ދޫކޮށްފައިވާ ތަންތަން ކަމަށެވެ.

އަދި އެތަންތަން ބޮޑެތި އަގުތަކުގައި ކުއްޔަށްދީ، އެތަންތަން ދެވުނު ފަރާތް ފިޔަވާ އެހެން ފަރާތްތަކުން ދިރިއުޅުމަށްވެސް އަދި އެހެން ބޭނުމަކަށްވެސް ބޭނުންކުރުމަކީ ސަރުކާރުން ޤަބޫލުކުރާ ކަމެއްނޫން ކަމަށެވެ.

އެހެންކަމުން އެއްބަސްވުންތަކާ ޚިލާފަށް ކުއްޔަށް ދީފައިވާ ތަންތަނާއި، އެތަންތަން ދެވިފައިވާ ފަރާތްނޫން އެހެން ފަރާތެއް ދިރިއުޅޭ ތަންތަނުގެ އެއްބަސްވުންތައް ބާޠިލްކޮށް އެތަންތަން ދައުލަތަށް ނެގުމަށް ކުރަންޖެހޭ މަސައްކަތްކުރުމަށް ސަރުކާރުން ވަނީ ނިންމާފައި ކަމަށް ވިދާޅުވި އެވެ.

އަދި ވިދާޅުވީ އެގޮތުން، ސޯޝަލް ހައުސިންގގެ ގޮތުގައި ދޫކުރެވިފައިވާ ތަންތަން ބަލާ ފާސްކުރުމުގެ މަސައްކަތް، ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ވީހާވެސް އަވަހަކަށް ފެށުމަށް އެ މިނިސްޓްރީން މިއަންނަނީ މަސައްކަތް ކުރަމުން ކަމަށް ބުންޏެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭ ފޭސް ދޭއްގައި ފަހި ދިރިއުޅުން ކޯޕަރޭޝަނުން ތަރައްޤީކުރި 4،000 ހައުސިން ޔުނިޓްތައް ހައްޤުވެރިންނާ ހަވާލުކުރުމުގެ މަސައްކަތް ފަށާފައިވަނީ ހުސްވި ސެޕްޓެމްބަރުމަހުގެ 28 ވަނަ ދުވަހުއެވެ. ފަހިދިރިއުޅުން ކޯޕަރޭޝަނުން އެންމެ ފުރަތަމަ ހަވާލުކުރަން ފަށާފައިވަނީ އަމާން އުދަރެސް ޓަވަރު 14 ގައި ހިމެނޭ އެޕާޓްމަންޓްތަކެވެ. 

އެޕާޓްމަންޓްތައް ހަވާލުކުރުމާއެކު ބައެއް ފަރާތްތަކުން މިހާރު ވަނީ އެޕާޓްމަންޓްތަކަށް ބަދަލުވެ އެތަނުގައި ދިރިއުޅެން ފަށާފައެވެ. އަދި އެޕާޓްމަންޓްތައް ލިބުނު ބައެއް ފަރާތްތަކުން ވަނީ އެމީހުންނަށް ލިބުނު ތަން ކުއްޔަށް ދިނުމަށް ސޯޝަލް މީޑިއާގެ ބައެއް ޕޭޖްތަކުގައި އިސްތިހާރު ޖަހާފައެވެ. އެގޮތުން މީސްމީޑިއާގެ ބައެއް ޕޭޖްތަކުގައި 3 ކޮޓަރި ހިމެނޭ އެޕާޓްމަންޓެއް 25،000 ރުފިޔާއަށް ކުއްޔަށް ދިނުމަށް ޖަހާފައިވެއެވެ.

ފަހިދިރިއުޅުމުގެ ޓަވަރުތަކުގައި ދެ ކޮޓަރީގެ އެޕާޓްމެންޓްތަކާއި ތިން ކޮޓަރީގެ އެޕާޓްމެންޓުތައް ހުންނައިރު، ދެ ކޮޓަރީގެ އެޕާޓްމަންޓުތައް ދޫކުރަނީ 7،000 ރުފިޔާއަށެވެ. އެ ތަންތަނުގެ މެއިންޓެނަންސް ފީގެ ގޮތުގައި 1،000 ރުފިޔާ ނަގާއިރު، ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި ދައްކަން 15،000ރ. ދައްކަން ޖެހެއެވެ. ތިން ކޮޓަރީގެ އެޕާޓްމެންޓުތައް 9،500 ރުފިޔާއަށް ދޫކުރާއިރު، މެއިންޓެނެންސް ފީގެ ގޮތުގައި 1،5000 ރުފިޔާ އަދި ސެކިއުރޓީ ޑެޕޮސިޓްގެ ގޮތުގައި 25،000 ރުފިޔާ ދައްކަން ޖެހެއެވެ.

ސޯޝަލް ހައުސިން ސްކީމްގެ ދަށުން އެޕާޓްމަންޓްތައް ލިބޭ ފަރާތްތަކުން ބޮޑުއަގުގައި އެތަންތަން ކުއްޔަށްދޭ މައްސަލައަކީ ވަރަށްގިނަ ބައެއްގެ ޝަކުވާއަކަށް ވެފައި އޮންނަ ކަމެކެވެ. އެގޮތުން ހިޔާ، އަދި ސިފައިންނާއި ފުލުހުންގެ ފްލެޓްތައް ކުއްޔަށްދޫކުރާ މައްސަލާގައި ބައެއް އާއްމުން ވަނީ މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށްފައެވެ. 

ހިޔާފްލެޓްތައް ލިބޭ މީހުން އެތަންތަން ކުއްޔަށް ދޫކުރާނަމަ އެކަމަށް ފިޔަވަޅު އަޅާނޭކަމަށް މީގެކުރިން 2021 ވަނަ އަހަރު އެތަންތަން ދޫކުރިއިރު އޭރު ސަރުކާރުން ވަނީ ބުނެފައެވެ. ނަމަވެސް އެކަމަށް އެއްވެސް ފިޔަވަޅެއް އެޅިފައެއް ނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Aug 2026
ތުލުސްދޫ އިސްރަށްވެހިންގެ މަރުކަޒު އެޅުމަށް އެމްޓީސީސީއާ ސައިޓް ހަވާލުކޮށްފި
100 މީހުންގެ ޖާގަ ހިމެނޭ ގޮތަށް ފަރުމާކޮށްފައިވާ މި މަރުކަޒުގައި މުވައްޒަފުންގެ އެކޮމޮޑޭޝަން ބްލޮކެއް ވެސް ހިމެނެއެވެ
06 Aug 2026
ރާއްޖޭގައި ވިހާ އުމުރުފުރާ ދޮށީވެއްޖެ
މިހާރު އެންމެގިނައިން ވިހާ އުމުރުފުރައެއްގެ ގޮތުގައި ރެކޯޑް ކުރެވިފައިވަނީ، އުމުރުން 30 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނެވެ
06 Aug 2026
ޕީއެންސީގެ ނައިބުރައީސްކަމުގެ މަގާމަށް ނިމާލް
06 Aug 2026
ގެސްޓުހައުސްތަކަށް ސްކޭމް ހުއްޓުވުމުގެ ހަރަކާތެއް
ބ. މާޅޮހުގައި، ގެސްޓުހައުސް ހިންގާ ފަރާތްތައް އޮޅުވާލުމުގެ އެކި އުކުޅުތަކުން ރައްކާތެރިކުރުމުގެ ގޮތުން އެ ރަށުގެ ފުލުހުން މައުލޫމާތު ދިނުމުގެ ޚާއްޞަ ހަރަކާތެއް ހިންގައިފިއެވެ.
06 Aug 2026
އިންޖިނިއަރުންގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި
ދިވެހިރާއްޖޭގެ ތަރައްޤީއަށާއި އިންޖިނިއަރިންގ ދާއިރާއަށް ދިވެހި އިންޖިނިއަރުންނާއި، އެ ދާއިރާގައި ޝާމިލުވާ ފަރާތްތަކުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދޭ "އިންޖިނިއަރސް އެވޯޑު 2026" އަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ހުޅުވާލައިފިއެވެ.
06 Aug 2026
ރައީސްގެ ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި
ސިޑްސް-އެސް.އޭ.އައި ސިމްޕޯޒިއަމް އަދި އައި.ޑީ.އައި ގްލޯބަލް ސަމިޓުގައި ބައިވެރިވެވަޑައިގެން ރައީސް ދެކަނބަލުން އުކުޅަހަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފި. ދަތުރުފުޅުގައި ވޮލީ ކޯޓު ހުޅުއްވައިދެއްވުމާއި ގަސް އިންދުމުގެ ޙަރަކާތުގައި ވެސް ބައިވެރިވެވަޑައިގެންނެވި.
06 Aug 2026
ތައިލެންޑުގައި, ފުޓުބޯޅަ ކުޅެން ހުރި ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައިފި
ތައިލެންޑުގެ ދެކުނުގެ ސަރަހައްދެއްގައި ފުޓްބޯޅަ މެޗެއް ކުޅެމުން ދަނިކޮށް ކުޅުންތެރިއެއް ގަޔަށް ހޮނުއަޅައި، އެ ކުޅުންތެރިޔާ މަރުވެ، އިތުރު 12 ކުޅުންތެރިއަކަށް އަނިޔާވެއްޖެއެވެ.
06 Aug 2026
ގެއްލުނު މީހުން ހޯދަން ޑްރޯން އާއި މޯލްޑިވިއަންގެ ފްލައިޓެއް ބޭނުންކުރަން ފަށައިފި
މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވި ސިފައިންގެ މީހަކާއި، ފުލުހެއްގެ އިތުރުން އެ ދޯނީގެ ކައްޕިއެވެ. އެމްއެންޑީއެފް އިން މައުލޫމާތު ދޭ ގޮތުގައި، މި މީހުން ހޯދުމުގެ މަސައްކަތް މިހާރު ވަނީ ވައިގެ މަގުންނާއި ކަނޑުމަގުން އިތުރަށް ފުޅާކޮށްފައެވެ.