ހިޔާ ފްލެޓްތައް --
ހަބަރު
12 Oct 2025 | 13:58
ފްލެޓްތައް ކުއްޔަށް ދީފައިވޭތޯ ބަލަން އެޗްޑީސީން ވެސް ނިކުންނަނީ

އެޗްޑީސީ އިން ތަރައްގީކޮށް ބަލަހައްޓަމުން ގެންދާ ސޯޝަލް ހައުސިން ފުލެޓްތައް ކުއްޔަށް ދީފައިވޭތޯ ބަލާނެ ކަމަށް އެ ކުންފުނިން ވެސް ބުނެފި އެވެ.

އެޗްޑީސީން ދެންމެ ބުނީ ސޯޝަލް ހައުސިން ސްކީމަކީ ބޯހިޔާވަހިކަމުގެ ތަނަވަސްކަންނެތް ފަރާތްތަކަށް، އަތްފޯރާ އަގުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރިއަށް ގެންދާ ޕްރޮގްރާމަކަށް ވާތީ، މި ފްލެޓްތައް އެހެން ފަރާތަކަށް ކުއްޔަށް ދިނުމަކީ އެޗްޑީސީ އާއި ސޯޝަލް ހައުސިން ފްލެޓް ލިބިފައިވާ ފަރާތާ ދެމެދު ވެފައިވާ އެއްބަސްވުމާ ހިލާފު ކަމެއް ކަމަށެވެ.

އެހެންކަމުން، ސޯޝަލް ހައުސިން ޔުނިޓުތައް އެހެން ފަރާތަކަށް ކުއްޔަށް ދޫކޮށްފައިވޭތޯ އެ ކޯޕަރޭޝަނުން ބަލަމުން ގެންދާނެ ކަމަށެވެ. އަދި އެއްބަސްވުމާ ހިލާފަށް، އެހެން ފަރާތަކަށް ފްލެޓް ކުއްޔަށް ދީފައިވާނަމަ، އެފަރާތްތަކާމެދު އެއްބަސްވުމުގައި ކަނޑައަޅާފައިވާ ފިޔަވަޅު އަޅާނެކަން އަންގައި އިއުލާނުކުރާ ކަމަށް ވަނީ ބުނެފަ އެވެ.

ސަރުކާރުގެ އިޖްތިމާޢީ ބޯހިޔާވަހިކަމުގެ ތެރެއިން ދޫކޮށްފައިވާ ތަންތަން ކުއްޔަށް ދޭނަމަ އެތަންތަން އަތުލުމަށް ފަހު ދައުލަތަށް ނަގަން ވަނީ ނިންމާފަ އެވެ.

މިހާރު އިމާރާތް ކުރަމުންދާ ފްލެޓްތައް --

ސަރުކާރުން އެ ނިންމުން ނިންމީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން އަޅާފައިވާ 4000 ފްލެޓް ލިބުނު ބައެއް މީހުން އެތަންތަން ބޮޑު އަގުގައި ކުއްޔަށް ދޭން އިޝްތިހާރު ކުރާ މައްސަލާގައި ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެއް އުފެދިފައި ވަނިކޮށެވެ.

އެ ނިންމުން ހާމަކޮށް ކޮންސްޓަކްޝަން އެންޑް ހައުސިން މިނިސްޓަރު ޑރ: މުއްތަލިބު ވިދާޅުވީ ސަރުކާރުގެ އިޖްތިމާޢީ ބޯހިޔާވަހިކަމުގެ ތެރެއިން ދޫކޮށްފައިވާ ތަންތަނަކީ ރައްޔިތުންގެ ފައިސާއިން ބޮޑު ހޭދައެއްކޮށް، ސަބްސިޑައިޒްކުރެވިފައިވާ އަގުތަކެއްގައި ދޫކޮށްފައިވާ ތަންތަން ކަމަށެވެ.

އަދި އެތަންތަން ބޮޑެތި އަގުތަކުގައި ކުއްޔަށްދީ، އެތަންތަން ދެވުނު ފަރާތް ފިޔަވާ އެހެން ފަރާތްތަކުން ދިރިއުޅުމަށްވެސް އަދި އެހެން ބޭނުމަކަށްވެސް ބޭނުންކުރުމަކީ ސަރުކާރުން ޤަބޫލުކުރާ ކަމެއްނޫން ކަމަށެވެ.

އެހެންކަމުން އެއްބަސްވުންތަކާ ޚިލާފަށް ކުއްޔަށް ދީފައިވާ ތަންތަނާއި، އެތަންތަން ދެވިފައިވާ ފަރާތްނޫން އެހެން ފަރާތެއް ދިރިއުޅޭ ތަންތަނުގެ އެއްބަސްވުންތައް ބާޠިލްކޮށް އެތަންތަން ދައުލަތަށް ނެގުމަށް ކުރަންޖެހޭ މަސައްކަތްކުރުމަށް ސަރުކާރުން ވަނީ ނިންމާފައި ކަމަށް ވިދާޅުވި އެވެ.

އަދި ވިދާޅުވީ އެގޮތުން، ސޯޝަލް ހައުސިންގގެ ގޮތުގައި ދޫކުރެވިފައިވާ ތަންތަން ބަލާ ފާސްކުރުމުގެ މަސައްކަތް، ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ވީހާވެސް އަވަހަކަށް ފެށުމަށް އެ މިނިސްޓްރީން މިއަންނަނީ މަސައްކަތް ކުރަމުން ކަމަށް ބުންޏެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭ ފޭސް ދޭއްގައި ފަހި ދިރިއުޅުން ކޯޕަރޭޝަނުން ތަރައްޤީކުރި 4،000 ހައުސިން ޔުނިޓްތައް ހައްޤުވެރިންނާ ހަވާލުކުރުމުގެ މަސައްކަތް ފަށާފައިވަނީ ހުސްވި ސެޕްޓެމްބަރުމަހުގެ 28 ވަނަ ދުވަހުއެވެ. ފަހިދިރިއުޅުން ކޯޕަރޭޝަނުން އެންމެ ފުރަތަމަ ހަވާލުކުރަން ފަށާފައިވަނީ އަމާން އުދަރެސް ޓަވަރު 14 ގައި ހިމެނޭ އެޕާޓްމަންޓްތަކެވެ. 

އެޕާޓްމަންޓްތައް ހަވާލުކުރުމާއެކު ބައެއް ފަރާތްތަކުން މިހާރު ވަނީ އެޕާޓްމަންޓްތަކަށް ބަދަލުވެ އެތަނުގައި ދިރިއުޅެން ފަށާފައެވެ. އަދި އެޕާޓްމަންޓްތައް ލިބުނު ބައެއް ފަރާތްތަކުން ވަނީ އެމީހުންނަށް ލިބުނު ތަން ކުއްޔަށް ދިނުމަށް ސޯޝަލް މީޑިއާގެ ބައެއް ޕޭޖްތަކުގައި އިސްތިހާރު ޖަހާފައެވެ. އެގޮތުން މީސްމީޑިއާގެ ބައެއް ޕޭޖްތަކުގައި 3 ކޮޓަރި ހިމެނޭ އެޕާޓްމަންޓެއް 25،000 ރުފިޔާއަށް ކުއްޔަށް ދިނުމަށް ޖަހާފައިވެއެވެ.

ފަހިދިރިއުޅުމުގެ ޓަވަރުތަކުގައި ދެ ކޮޓަރީގެ އެޕާޓްމެންޓްތަކާއި ތިން ކޮޓަރީގެ އެޕާޓްމެންޓުތައް ހުންނައިރު، ދެ ކޮޓަރީގެ އެޕާޓްމަންޓުތައް ދޫކުރަނީ 7،000 ރުފިޔާއަށެވެ. އެ ތަންތަނުގެ މެއިންޓެނަންސް ފީގެ ގޮތުގައި 1،000 ރުފިޔާ ނަގާއިރު، ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި ދައްކަން 15،000ރ. ދައްކަން ޖެހެއެވެ. ތިން ކޮޓަރީގެ އެޕާޓްމެންޓުތައް 9،500 ރުފިޔާއަށް ދޫކުރާއިރު، މެއިންޓެނެންސް ފީގެ ގޮތުގައި 1،5000 ރުފިޔާ އަދި ސެކިއުރޓީ ޑެޕޮސިޓްގެ ގޮތުގައި 25،000 ރުފިޔާ ދައްކަން ޖެހެއެވެ.

ސޯޝަލް ހައުސިން ސްކީމްގެ ދަށުން އެޕާޓްމަންޓްތައް ލިބޭ ފަރާތްތަކުން ބޮޑުއަގުގައި އެތަންތަން ކުއްޔަށްދޭ މައްސަލައަކީ ވަރަށްގިނަ ބައެއްގެ ޝަކުވާއަކަށް ވެފައި އޮންނަ ކަމެކެވެ. އެގޮތުން ހިޔާ، އަދި ސިފައިންނާއި ފުލުހުންގެ ފްލެޓްތައް ކުއްޔަށްދޫކުރާ މައްސަލާގައި ބައެއް އާއްމުން ވަނީ މީގެ ކުރިން ކަންބޮޑުވުން ފާޅުކޮށްފައެވެ. 

ހިޔާފްލެޓްތައް ލިބޭ މީހުން އެތަންތަން ކުއްޔަށް ދޫކުރާނަމަ އެކަމަށް ފިޔަވަޅު އަޅާނޭކަމަށް މީގެކުރިން 2021 ވަނަ އަހަރު އެތަންތަން ދޫކުރިއިރު އޭރު ސަރުކާރުން ވަނީ ބުނެފައެވެ. ނަމަވެސް އެކަމަށް އެއްވެސް ފިޔަވަޅެއް އެޅިފައެއް ނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.
25 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން، ރައީސް ތައުޒިޔާ ފޮނުއްވައިފި
މި ހިތާމަވެރި ދަނޑިވަޅުގައި، މަރްޙޫމުގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.