މިއަދު އޮތް ނޫސްވެރީންގެ ބައްދަލްވުމަށް ފަހު މިނިސްޓަރު ނޫސްވެރީންނާއި ވާހަކަދައްކަވަނީ --
ހަބަރު
12 Oct 2025 | 16:50
75 ޕޮއިންޓް ލިބުނު އެންމެނަށް ތިން ކޮޓަރީގެ ފްލެޓެއް ނެތް، އޮތީ ދެ ގޮތެއް: މިނިސްޓަރު

ފަހި ދިރިއުޅުން ކޯޕަރޭޝަނުން ތަރައްގީކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން 75 ޕޮއިންޓް ލިބުނު އެންމެނަށް ތިން ކޮޓަރީގެ ފްލެޓް ދެވޭނެ ގޮތެއް އަދި ނެތް ކަމަށް ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެ އެވެ.

ކުރީ ސަރުކާރުން އިމާރާތްކުރި 4000 ފްލެޓް ލިބޭނެ މީހުން ވަނީ ކަނޑަައަޅާފަ އެވެ. އަދި ބައެއް މީހުންނާއެކު އެއްބަސްވުން ހަދާ ލިބޭނެ ފްލެޓްވެސް ވަނީ ކަނޑައަޅާފަ އެވެ. ނަމަވެސް 76 ޕޮއިންޓުން މަތި ލިބުނު އެތައް ބަޔަކަށް ލިބޭނެ ފްލެޓް ކަނޑައަޅަން އޮތީ ގުރުނުނަގަ އެވެ. އެކަމަކު 75 ޕޮއިންޓް ލިބުނު މީހުންގެ މެދުގައި ގުރުނަގާ ލިބޭނެ ފްލެޓްވެސް އޮތީ ކަނޑައަޅާފަ އެވެ.

އެހެން ކަމުން އެއީ އިންސާފުވެރި ނިންމުމަކަށް ނުވާތީ 75 ޕޮއިންޓް ލިބުނު މީހުންގެ މެދުގައި ގުރުނަގާ ލިބޭނެ ފްލެޓް ކަނޑައެޅުން ބާތިލުކުރުމަށް ފަހު މިހާރު ވަނީ 76 ޕޮއިންޓުން މަތި ލިބުނު މީހުންގެ މެދުގައި ގުރުނަގާ ލިބޭނެ ފްލެޓް ކަނޑައަޅާފަ އެވެ.

މިއަދު އޮތް ނޫސްވެރީންގެ ބައްދަލްވުމުގައި މިނިސްޓަރު ވިދާޅުވީ 76 ޕޮއިންޓުން މަތި ލިބުނު އެންމެނަށް ފްލެޓް ދޭން ޖެހޭ ކަމަށެވެ. މި ސަރުކާރުން މިހާރު ވަނީ 76 ޕޮއިންޓުން މަތި ލިބުނު މީހުންގެ ތެރެއިން ލިބޭނެ ފްލެޓް ކަނޑައަޅާފައިނުވާ 330 މީހުންގެ މެދުގައި ގުރުނަގާ ފްލެޓް ކަނޑައަޅާފައި ކަމަށާ އެހެން ކަމުން 75 ޕޮއިންޓް ލިބުނު 315 މީހުންގެ މެދުގައި ކުރީން ނަގާފައިވާ ގުރު ކެންސަލްކޮށްފައިވާ ކަމަށެވެ.

އެކަން ކުރަން ޖެހުނީ އަސާސީ ޝަރުތު ހަމަނުވާ މީހުން ލިސްޓުން އުނިކުރުމުން ވެސް 330 ފްލެޓް ހަމަނުވާތީ ކަމަށް ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ މިހާރު އޮތް ގޮތުން އަދި  75 ޕޮއިންޓް ލިބުނު އެންމެނަށް ތިން ކޮޓަރީގެ ފްލެޓް ދެވޭނެ ގޮތެއް ނެތް ކަމަށެވެ. 

އެހެން ނަމަވެސް އެ މީހުން ބޭނުންނަމަ މިހާރުވެސް ދެ ކޮޓަރީގެ ތަންތަން ލިބޭނެ ކަމަށާ އެހެން ނޫންނަމަ މުޅި ލިސްޓް ފައިނަލް ކޮށް ނިމެންދެން މަޑުކުރަން ޖެހޭނެ ކަަމަށެވެ. އެ ފަރާތްތަކަށް އޮތީ އެ ދެ ފުރުސަތުކަން ފާހަގަ ކުރައްވާ މިނިސްޓަރު ވިދާޅުވީ ކުރީން ހަދާފައިވާ ގިނަ ގޯސްތައް ރަނގަޅުކޮށް ސަރުކާރުން މަސައްކަތް ކުރަމުން ދަނީ އެންމެ އިންސާފުވެރިކޮށް އެކަން ކުރުމަށް ކަމަށެވެ.

ކޮމެންޓް
މޒ
ކޮބާތޯ ޕޮއިންޓް އުނިކޮށްގެން ޝަކުވާ ހުށަހެޅީމަވެސް ބެލުމެއްނެތި 75 ޕޮއިންޓް ދީފަ، ފްލެޓް ކަޓުވާލި މީހުންގެ ހައްގުތައް!؟
13 Oct 2025
ގުޅޭ ލިޔުންތައް
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.
25 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން، ރައީސް ތައުޒިޔާ ފޮނުއްވައިފި
މި ހިތާމަވެރި ދަނޑިވަޅުގައި، މަރްޙޫމުގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.