ކުރީގެ އުއްތަމަފަނޑިޔާރު އަޙްމަދު ފާއިޒް ހުސައިން --
ހަބަރު
12 Oct 2025 | 17:52
އައްޑޫގައި ސިޓީކައުންސިލެއް އުފެެއްދީވެސް ޝަރުތު ފުރިހަމަނުވެ: ފާއިޒް

އައްޑުއަތޮޅުގައި ސިޓީ ކައުންސިލެއް އުފެއްދީ ސުޕްރީމްކޯޓުގެ ހުކުމެއްގެ ސަބަބުން ކަމަށާ އެއިރު އައްޑުއަތޮޅުގައި ސިޓީކައުންސިލެއް އުފައްދަން ގާނޫނުގައި ބުނާ ޝަރުތު ފުރިހަމަނުވާ ކަމަށް ކުރީގެ އުއްތަމަފަނޑިޔާރު އަޙްމަދު ފާއިޒް ހުސައިން ވިދާޅުވެއްޖެ އެވެ.

ފާއިޒް މިހެން ވިދާޅުވީ އައްޑޫގެ ތިން ރަށެއްގައި ސިޓީ ކައުންސިލާއި ވަކީން ކައުންސިލްތަކެއް ހެދުމާއިމެދު އާންމުންގެ މެދުގައި އޮތް ހިޔާލުތަފާތުވުންތަކާއި ގުޅިގެން ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. އެ ހިޔާލުތަފާތުވުންތަކުގެ އަޑު އަލުން ގަދަވީ އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލުގެނައުމަށް ޓަކައި އައްޑުއަތޮޅު ހުޅުދޫއާއި އައްޑުއަތޮޅު މީދޫއާއި އައްޑުއަތޮޅު ފޭދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމަށް ނިންމާ އެ މަސައްކަތް ފެށުމުންނެވެ.

ފާއިޒް ވިދާޅުވީ އައްޑުއަތޮޅުގައި ސިޓީ ކައުންސިލެއް އުފެއްދީ ސުޕްރީމްކޯޓުގެ ހުކުމެއްގެ ސަބަބުން ކަމަށާ އެއިރު އައްޑުއަތޮޅުގައި ސިޓީކައުންސިލެއް އުފައްދަން ގާނޫނުގައި ބުނާ ޝަރުތު ފުރިހަމަނުވާ ކަމަށެވެ.

އައްޑޫގައި ސިޓީ ކައުންސިލެއް އުފެއްދީ އޭރު ސުޕްރީމް ކޯޓުގެ ކޯޓުގެ އަމުރަކުންނެވެ. އެ ނިންމުން ނިންމާފައި އޮތީ ސުޕްރީމް ކޯޓުގެ އަޣްލަބިއްޔަތަށް އިއްތިފާގު ވެވޭތީ ކަމަށް ބުނެ އެވެ. އަޣްލަބިއްޔަތަށް އިއްތިފާގު ވެވުނު ނިންމުމުގައި އިއްތިފާގު ނުވެވުނު ފަނޑިޔާރުން އެނގޭކަށް ނެތްކަން އެ ޕޯސްޓަށް ކުރެއްވި ކޮމެންޓެއްގައި ކުރީގެ ފަނޑިޔާރު އަލީ ސަމީރު ވަނީ ފާހަގަ ކުރައްވާފަ އެވެ.

އަދި ވިދާޅުވީ މި އަމުރު ނެރުނު އިރު ސިވިލް ކޯޓުން އައްޑޫ ސިޓީ ކައުންސިލް އުފެއްދެން ނެތްކަމަށް ކަނޑައަޅައި ކޮށްފައިވާ ހުކުމް ދެމިއޮތް ކަމަށާ ސުޕްރީމް ކޯޓުގެ އަމުރުގައި ސިވިލް ކޯޓުގެ އެ ހުކުމް ބާތިލުކޮށްފައިނުވާ ކަަމަށެވެ.

އެ ވާހަކަތަކާއި ގުޅިގެން ފާއިޒު ވިދާޅުވީ އެ އަމުރަކީ އޭރުގެ ސަރުކާތުން ބޭނުންވާ ގޮތަށް ނެރުނު އަމުރެއް ކަަމަށެވެ. އެކަން އޭރުގެ ބަންޑާރަނާއިބު ޑރ. އަހްމަދު އަލީ ސަވާދަށް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށް ވިދާޅުވި އެވެ.

އައްޑޫ ސިޓީ ކައުންސިލް އުފެއްދެން ނެތްކަމަށް ކަނޑައަޅައި ސިވިލް ކޯޓުން ހުކުމް ކުރީ އެ މައްސަލަ ބެއްލެވި ސިވިލް ކޯޓްގެ އޭރުގެ ތިން ގާޒީން ކަމަށްވާ ހާތިފް ހިލްމީ އާއި އާއިޝާ ޝުޖޫން މުހައްމަދާއި އަލީ ނަސީރެވެ.

އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލުގެނައުމަށް ޓަކައި އައްޑުއަތޮޅު ހުޅުދޫއާއި އައްޑުއަތޮޅު މީދޫއާއި އައްޑުއަތޮޅު ފޭދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުން އޮތީ މި މަހުގެ 25 ވަނަ ދުވަހު އެވެ.

ކޮމެންޓް
ޙުސޭނާ
ސުޕްރިމްކޯޓަކީ އެއްމެ މަތީކޯޓު. ޢެތަނުން އަމުރެއްނެރެގެންކަމެއްކުރީމަ އެބާތިލް ކަމަކަށް ބުނާނަމަ ތިއީ އެއްވެސް ކޯޓަކަށް ކުފޫ ހަމަވާ މީހެއްނޫން.
14 Oct 2025
ގުޅޭ ލިޔުންތައް
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.
25 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން، ރައީސް ތައުޒިޔާ ފޮނުއްވައިފި
މި ހިތާމަވެރި ދަނޑިވަޅުގައި، މަރްޙޫމުގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.