ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް
ހަބަރު
12 Oct 2025 | 18:24
ކުރީން ފްލެޓް ލިބިފައިވާ 976 ދެމަފިރިއަކަށް މި ފަހަރުވެސް ފްލެޓް

ސަރުކާރުން ހިންގާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުއަކުން ފްލެޓް ލިބިފައިވާ 976 ދެމަފިރީންނަށް މި ފަހަރު ދޫކުރާ 4,000 ހައުސިން ޔުނިޓުން ވެސް ފްލެޓް ލިބިފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރީންގެ ބައްދަލްވުމުގައި މިނިސްޓަރު ވިދާޅުވީ ސަރުކާރުން ހިންގާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުއަކުން ފިރިމީހާ ނުވަތަ އަނބިމީހާއަށް ކުރީން ފްލެޓް ލިބިފައިވާނަމަ އެފަދަ ބަޔަކަށް ދެން ފްލެޓް ނުލިބޭނެ ގޮތް ވޭތޯ މަސައްކަތް ކުރި ކަމަށެވެ.

ނަމަވެސް އިއުލާނުކޮށްފައިވާ އުސޫލުތަކާއި ރާއްޖޭގައި މިވަގުތު ހެދިފައިހުރި ގާނޫނުތަކާއި ގަވާއިދުތަކަށް ބަލާނަމަ ކުރީން ފްލެޓް ލިބިފައިވީނަމަވެސް އަލުން އެ ދެމީހުންގެ ތެރެއިން އެކަކަށް ފްލެޓް ދިނުން މަނާކުރާ ގާނޫނެއް ގަވާއިދެއް ނެތް ކަމަށެވެ.

އަދި ކުރީ ސަރުކާރުން ހެދި އުސޫލުގައި ދެމަފިރީންގެ ތެރެއިން އެކަކަށް އެހެން ސްކީމަކުން ލިބިފައި ވިޔަސް މި ސްކީމުން ނުލިބޭނެ ކަމަށް ނިންމެން ނެތް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ހިޔާ އިން ފެލްޓް ލިބުނު ދެމަފިރީންނަށް މި ފަހަރުވެސް ލިބިފައިވާ ކަމަށެވެ.

"އަޅުގަނޑު އަމިއްލަ ނަފްސަށް ގަބޫލެއް ނުކުރަން އެއް އާއިލާއަކަށް ދެތަން ދޭން ޖެހޭނެ ކަމަކަށެއް. އެހެންވީމަ އަޅުގަނޑުމެން މަސައްކަތް ކުރީ ގާނޫނީ ގޮތުން ނުދީވާނެ ގޮތެއް ވޭތޯ,"

އެގޮތުން ސަރުކާރުން ހިންގާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުއަކުން ފްލެޓް ލިބިފައިވާ 976 މީހެއް މި ފަހަރުގެ ލިސްޓްގައި ހިމެނިފައިވާ ކަމަށެވެ. އެއީ ކުރީ ސަރުކާރުން އެކުލަވާލި ލިސްޓެކެވެ.

މިނިސްޓަރު ވިދާޅުވީ އެކަމަށް ބަދަލު ނުގެނެވުނީ އެކަން ބަދަލު ކުރެވޭނެ އެއްވެސް ހަމައެއް ނެތުމުންނެވެ.  އަދި ވިދާޅުވީ ކުރީ ސަރުކާރުން އެކުލަވާލި ލިސްޓްގައި ދެމަފިރީންނަށްވެސް ފްލެޓް ދީފައިވާ ކަމަށެވެ. ނަމަވެސް މި ސަރުކާރުން އެކަން ބަދަލުކޮށް ކޮންމެވެސް އެކެއްގެ ފްލެޓް ދޫކޮށްލަން ޖެހޭ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. އަދި ޔަގީންކަން ދެއްވީ މި ސްކީމުން މިހާރު ދެމަފިރިއަކަށް ފްލެތް ދީފައިނުވާނެ ކަމެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.
25 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން، ރައީސް ތައުޒިޔާ ފޮނުއްވައިފި
މި ހިތާމަވެރި ދަނޑިވަޅުގައި، މަރްޙޫމުގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.