ރައީސް ޑރ.މުހައްމަދު މުއިއްޒު ރަށަކަށް ވަޑައިގެން ރައްޔިތުންނާ ސަލާމް ކުރައްވަނީ... ފޮޓޯ: ވޮއިސް
ހަބަރު
13 Oct 2025 | 08:46
ވިއްސާރަނަމަވެސް ރައީސް ށ.އަތޮޅަށް ފުރާވަޑައިގަންނަވައިފި

މޫސުން ގޯސްކޮށް އޮތްނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ށ.އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު އެއަތޮޅަށް ފުރާވަޑައިގަންނަވައިފިއެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ މި ދަތުރުފުޅުގައި އެއަތޮޅުގެ މީހުން ދިރިއުޅޭ 14 ރަށަކަށް ވަޑައިގަތުމަށް ވަނީ ތާވަލުކުރެވިފައެވެ. އޭގެ ތެރޭގައި ހިމެނެނީ ކަނޑިތީމު، ނޫމަރާ، ގޮއިދޫ، ފޭދޫ، ފީވައް، ބިލެތްފަހި، ފޯކައިދޫ، މިލަންދޫ، ނަރުދޫ، މަރޮށި، ޅައިމަގު، ފުނަދޫ، ކޮމަންޑޫގެ އިތުރުން މާއުނގޫދޫ އެވެ. 

ރައީސް ޑރ.މުއިއްޒުގެ މި ދަތުރުފުޅަކީ ށ.އަތޮޅުގެ މީހުން ދިރިއުޅުއްވާ ރަށްތަކަށް ވަޑައިގެން އެތަތޮޅުގެ ރައްޔިތުންނާއި ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤިއަށް މަސައްކަތްކުރައްވާ ކޮމީޓީތަކާ ބައްދަލުކޮށް ރަށްރަށުގެ ތަރައްޤިއާ ގުޅުންހުރި ކަންކަމާއި ރައްޔިތުން ބޭނުންވާ ކަންކަމާ ގުޅޭ މައުލޫމާތު ހޯއްދަވައި މަޝްވަރާކުރުމުގެ ބޭނުމުގައި ކުރައްވާ ދަތުރުފުޅެކެވެ.

ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން އެއަތޮޅުގެ ރަށްތަކުގައި ކުރިއަށްގެންދިޔަ މަޝްރޫޢުތަކުގެ ނިމުން ފާހަގަކުރުމުގެ އިތުރުން ކުރިއަށް ރޭވިފައި ހުރި މަޝްރޫޢުތައް ހިއްސާކުރުމާއި، ބައެއް މަޝްރޫޢުތަކުގެ އަމަލީ މަސައްކަތުގެ ފެށުން އިފްތިތާހުކުރުން އޮންނާނޭކަމަށް މައުލޫމާތު ލިބެއެވެ.

ރައީސް ޑރ.މުހައްމަދު އެންމެފަހުން ވަޑައިގަންނަވާފައިވަނީ އދ.އަތޮޅުގެ ރަށްތަކަށެވެ. މި ދަތުރުފުޅުގައި އެއަތޮޅު ރަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ރައްޔިތުން ބޭނުންވާ ކަންކަމުގެ މައުލޫމާޤތު ވަނީ ހޯއްދަވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.
25 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން، ރައީސް ތައުޒިޔާ ފޮނުއްވައިފި
މި ހިތާމަވެރި ދަނޑިވަޅުގައި، މަރްޙޫމުގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.