އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމައީލް އެސީސީން ނުކުމެވަޑައިގެން މީޑިޔާއަށް މައުލޫމާތު ދެއްވަނީ -- ވޮއިސް ފޮޓޯ: އިބްރާހިމް ނިއުމަތުﷲ
ހަބަރު
13 Oct 2025 | 11:28
ކުރަނީ އަސާސެއް ނެތް ތުހުމަތުތަކެއް، އުޅެނީ ބިރު ދައްކަން: ފައްޔާޒު

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ގެނައީ އަސާސެއް ނެތް ކަމެއްގައި ކަމަށާއި، ސަރުކާރުން އުޅެނީ ބިރުދައްކަން ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމައީލް ވިދާޅުވެއްޖެއެވެ.

ފައްޔާޒު އޭސީސީއަށް ހާޟިރުކޮށްފައިވަނީ ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ޙިލްމީގެ ސްވިފްޓް އިންޖިނިއަރިން ކުންފުންޏަށް އެކަށީގެންނުވާ ބަދަލެއް ދިނުމުގައި މަގާމުގެ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ތުހުމަތާއި ގުޅިގެން ހިންގާ ތަހުގީގަށެވެ. އޭސީސީން ކުރާ ތުހުމަތަކީ  ކުންފުންޏަކަށް އެކަށީގެންނުވާ ބަދަލެއް ދީފައިވަނީ ފައްޔާޒުގެ ނުފޫޒުގައި ކަމަށެވެ.

އެ ތަހުގީގަށް އޭސީސީއަށް ވަޑައިގެންނެވުމަށްފަހު ނޫސްވެރިންނާއި ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ އޭސީސީއަށް ހާޟިރުކުރީ އެއްވެސް އަސާސެއް ޖެތް، ތާކުން ތާކުން ނުޖެހޭ އެއްޗެހިތަކެއް ނަގައިގެން ކަމަށެވެ. އަދި އެ ތަހުގީގަށް ބޭނުންވާ ލިޔެކިޔުންތައް ވެސް ހަމަނުވާ ކަމަށާއި، އޭސީސީގެ ބޭފުޅުން ތިއްބެވި ގޮތުން ވެސް އެއީ ވަކި މީހަކު އަންގައިގެން މަޖޫބުރުވެގެން ކުރާ ތަހުގީގެއް ކަމަށް ވެސް ފައްޔާޒު ވަނީ ތުހުމަތުކުރައްވާފައެވެ.

އެނގޭ ވަކި މީހަކު އަންގައިގެން އެބޭފުޅުންނަށް މަޖުބޫރުވެގެން ކުރާ ތަހުގީގެއްކަން ވެސް. އެބޭފުޅުންގެ ވާހަކަހުރި ގޮތުންނާއި އެބޭފުޅުންގެ ޢަމަލުތައް ހުރި ގޮތުން ވެސް އެނގޭ ލަދުންކަން ތިބީވެސް. 

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމައީލް

ފައްޔާޒު ވިދާޅުވީ އެކަން އޭސީސީން ކުރަނީ ބިރުދައްކަން ކަމަށް ތުހުމަތުކުރައްވާފައެވެ. އެގޮތުން ވިދާޅުވީ ވެރިކަން ކުރާ ޕާޓީގެ ބޭފުޅުން އެބޭފުޅުން ދެކެ ބިރު ގަންނަ ކަމަށާއި، އެމްޑީޕީގެ ވެރިކަމުގައި ވެސް އެބޭފުޅުން އިދިކޮޅުގައި ތިއްބެވިއިރު ތިއްބެވީ މަޑުން "ފިލާ" ކަމަށެވެ.

އަދި އޭރުގެ އިދިކޮޅު ހަރަކާތްތައް ވެސް ހިންގަން ޖެހުނީ އެމްޑީޕީން ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

 އަޅުގަނޑުމެން ކުޑަ ގޮޅީގައި ޖަލަށް ލާފައި އޮތަސް ތިބޭފުޅުން ތިއްބަވާނޭ މި ވެރިކަން ބަލިކުރަން

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމައީލް

މީގެ ކުރިން ވެސް ފައްޔާޒަށް ކުރާ އެ ތުހުމަތުތައް އޭނާ ވަނީ ދޮގުކުރައްވާފައެވެ. އެގޮތުން  ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށް ދައުލަތަށް ގެއްލުން ލިބޭ ގޮތަށް އަމަލުކޮށްފައި ނޯންނާނެ ކަމަށް އޭރު ވެސް ފައްޔާޒު ވިދާޅުވެފައިވެއެވެ.

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމައީލް އެސީސީން ނުކުމެވަޑައިގެން މީޑިޔާއަށް މައުލޫމާތު ދެއްވަނީ -- ވޮއިސް ފޮޓޯ: އިބްރާހިމް ނިއުމަތުﷲ

ފައްޔާޒުގެ އިތުރުން، އެމްޑީޕީގެ ވެރިކަމުގެ ފިނޭނެސް މިނިސްޓަރު އިބްރާހިމް އަމީރު އާއި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޢަލީ ވެސް އޭސީސީއަށް ހާޟިރުކުރަން ވަނީ ނިންމާފައެވެ. އެބޭފުޅުންގެ ތެރެއިން މިހާތަނަށް އޭސީސީއަށް ހާޟިރުކޮށްފައިނުވަނީ ޑރ. އައިޝަތު އެކަންޏެވެ.

އެ ތިން ބޭފުޅުން އޭސީސީއަށް އައުމަށް ޗިޓު ފޮނުވުމާއި ގުޅިގެން އެމްޑީޕީން ވަނީ ދައުލަތުގެ މިނިވަން މުއައްސަސާތައް މެދުވެރިކޮށް ސިޔާސީ ބޭނުމަށް ހިންގަމުންދާ "މުޑުދާރު ޢަމަލުތައް" ހުއްޓައިލުމަށް ސަރުކާރަށް ގޮވައިލާފަ އެވެ. އަދި  އޭރުގެ ސަރުކާރުން ނިންމި ނިންމުމާއި ގުޅިގެން ކެބިނެޓްގެ ތިން ވަޒީރަކަށް ތުހުމަތުކޮށް އޭސީސީއަށް ހާޒިރުކުރަނީ ބިރު ދެއްކުމަށް ކަމަށް އެޕާޓީން ވެސް ވަނީ ސިފަކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.
25 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން، ރައީސް ތައުޒިޔާ ފޮނުއްވައިފި
މި ހިތާމަވެރި ދަނޑިވަޅުގައި، މަރްޙޫމުގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.