ރައީސް ނޫމަރާގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
ހަބަރު
13 Oct 2025 | 12:29
އަންނަ އަހަރު ނިމޭއިރު ހުރިހާ ރަށެއްގައި ލެބޯޓަރީ ޓެސްޓް ހެދޭނެ: ރައީސް

އަންނަ އަހަރު ނިމޭއިރު ރާއްޖޭގެ ހުރިހާ ރަށެއްގެ ލެބޯޓްރީގައި، އެ ރަށެއްގެ ފެންވަރުގައި ހެދޭނެ ހުރިހާ ޓެސްޓުތަކެއް ހެދޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ށ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ނޫމަރާއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކުރިިޔަށް އޮތް އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ލެބޯޓްރީ ހަދައި ނިންމާނެ ކަމަށެވެ. 

އެގޮތުން ނޫމަރާގެ ލެބޯޓަރީއަށް ބޭނުންވާ ހުރިހާ ވަސީލަތެއް ވެސް ފުރިހަމަކޮށްދެއްވާނެ ކަމަށާއި، ލެބޯޓަރީތަކުން އެ ރަށެއްގެ ފެންވަރުގައި ހެދޭ ހުރިހާ ޓެސްޓެއް މި އަންނަ އަހަރު ނިމުމުގެ ކުރިން ހެދޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް މި ދެންނެވިހެން މި އަންނަ އަހަރުގެ ނިޔަލަށްދާއިރުގައި ނުހުންނާނެ ހަމަ ޔަގީން އިރާދަކުރެއްވިއްޔާ މި އަންނަ އަހަރު ނިމޭއިރުގައި ނުހުންނާނެ ރާއްޖޭގައި އެންމެ ރަށެއް ވެސް އެ ރަށުގެ ނިސްބަތުން އެ ރަށުގައި ހެދޭނެ ޓެސްޓުތައް، ހެލްތް މިނިސްޓްރީން ކަނޑައަޅާ ސްޓޭންޓަޑެއް އޮންނާނެ. އެ ޓެސްޓިުތައް ޤާއިމްނުކުރާ ރަށެއް ނުހުންނާނެ. އެ ޔަގީންކަން އަޅުގަނޑު ހަމަ ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް ދެން. އެއީ އަޅުގަނޑު ކުރިން ވެސް ދިން ޔަގީންކަމެއް

ރައީސް ޑރ. މުޙައްމަދު މުޢިއްޒު

ރައީސް ވިދާޅުވީ ރާއްޖޭގެ ސިއްޚީ ދާއިރާ ކުރިއެރުވުމަކީ ސަރުކާރުގެ އެންމެ މުހިންމު ސިޔާސަތު ކަމަށާއި، އޭގެ ތެރޭގައި އެ ސިއްޚީ މަރުކަޒުތަކާއި ލެބްތަކަށް ބޭނުންވާ މުވައްޒަފުންނާއި ޑޮކްޓަރުން ހޯދައިދިނުން ވެސް ހިމެނޭ ކަމަށެވެ.

ރައީސް ވިދާޅުވީ ސަރުކާރުގެ ސިޔާސަތަކީ ހުރިހާ ރަށަކަށް ވެސް އެރަށަކަށް ބޭނުންވާނެ ކަންތައް ކޮށްދިނުން ކަމަށެވެ. އެގޮތުން ނޫމަރާގެ ތަރައްގީގެ މަޝްރޫއުތަކުގެ ތެރެއިން އެ ރަށުގެ ބަނދަރު ތަރައްގީ ކުރެވިގެންދާނީ ރައްޔިތުން ބޭނުންވާ ގޮތަށް ކަމަށާއި، ބަނދަރު މަޝްރޫއުގެ ތެރެއިން މޫދަށް އެރޭ ތަނަކާއި ދޯނި އެހެލާ ތަނެއް ހިމެނިގެން ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް ވަނީ މިއަދު އެ ރަށުގައި ފެށި މަޝްރޫއުތަކަކީ މުހިންމު މަޝްރޫއުތަކެއް ކަން ފާހަގަކުރައްވައި، އޭގެ އިތުރަށްވެސް އެ ރަށު ތަރައްގީއަށް ގިނަގުނަ ކަންކަން ކުރަން އެބަހުރި ކަަމަށް ވިދާޅުވެފައެވެ.

ރައީސް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ށ. އަތޮޅުގެ މީހުން ދިރިއުޅޭ 14 ރަށަކަށް ވަޑައިގަތުމަށް ވަނީ ތާވަލުކުރެވިފައެވެ. އޭގެ ތެރޭގައި ހިމެނެނީ ކަނޑިތީމު، ގޮއިދޫ، ފޭދޫ، ފީވައް، ބިލެތްފަހި، ފޯކައިދޫ، މިލަންދޫ، ނަރުދޫ، މަރޮށި، ޅައިމަގު، ފުނަދޫ، ކޮމަންޑޫގެ އިތުރުން މާއުނގޫދޫ އެވެ. މިހާތަނަށް އެމަނިކުފާނު ވަނީ ނޫމަރާއަށް ވަޑައިގަންނަވައިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.
25 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން، ރައީސް ތައުޒިޔާ ފޮނުއްވައިފި
މި ހިތާމަވެރި ދަނޑިވަޅުގައި، މަރްޙޫމުގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.