ދޯންޏެއްގައި މަސްވެރިކަން ކުރަނީ --
ހަބަރު
14 Oct 2025 | 11:35
ހާފުތާއެއްގެ ތެރޭގައި 276 ދޯންޏަކަށް 9.5 މިލިިއަން ރުފިޔާ ދޫކޮށްފި

މިފްކޯއިން މަސްކިރުވި 276 ދޯންޏަކަށް މިދިޔަ ހަފުތާގައި 9.5 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް އެ ކުންފުނީގެ ހިސާބުތަކުން ދައްކައިފިއެވެ.

މިފްކޯގެ ހިސާބުތަކުން ދައްކާ ގޮތުން، މިދިޔަ ހަފުތާގައި އެ ކުންފުންޏަށް ވިއްކި 276 ދޯންޏަކީ އޭގެ ކުރީގެ ހަފުތާގައި މިފްކޯއަށް ވިއްކި  235 ދޯންޏަށް ވުރެ 17.4 އިންސައްތަ އިތުރު އަދަދެކެވެ. ދޯނިތަކުގެ އަދަދު އިތުރުވި ނަމަވެސް މިދިޔަ ހަފުތާއަށް ވުރެ އޭގެ ކުރީގެ ހަފުތާގައި މަސްވެރިންނަށް ދޫކުރި އަދަދު ވަނީ 3 އިންސައްތަ އިތުރުވެފައެވެ.

އެގޮތުން އެގޮތުން މިދިޔަ ހަފްތާގައި މަސްވެރިންނަށް މުޅި ޖުމްލަ 9،543،442 ރުފިޔާ ވަނީ ދޫކޮށްފައިވާއިރު،  އޭގެ ކުރީ ހަފްތާގައި މަސްވެރިންނަށް ދޫކޮށްފައިވަނީ 9،843،469 ރުފިޔާއެވެ.

އެ ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ ހަފުތާގެ ހޮނިހިރު ދުވަހު 53 ދޯންޏަށްކަށް މިފްކޯއިން ވަނީ 2.16 މިލިއަން ރުފިޔާ ދޫކޮށްފައެވެ. އެއީ އެ ހަފުތާގައި އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކުރި ދުވަހެވެ.

މިފްކޯ އިން 48 ގަޑިއިރުގެ ތެރޭގައި ޤަވާއިދުން މަސްވެރިންނަށް ފައިސާ ދޫކުރަން ފަށައިފައިވަނީ މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހުން ފެށިގެންނެވެ. އެގޮތުން މަސްވެރިންގެ ދުވަހުގެ ޚާއްސަ ޖަލްސާގައި އެކަން އިއުލާނުކުރެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއެވެ.

އެ މަސައްކަތުގެ ތެރެއިން މިދިޔަ އަހަރު ނިމުނުއިރު މަސްވެރިންނަށް ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާއިރު، އޭގެ ތެރޭގައި  ސަރުކާރު ބަދަލުވުއިރު މަސްވެރިންނަށް ނުދީ ހުރި 250 މިލިއަނެއްހާ ރުފިޔާ ވެސް ހިމެނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.
25 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން، ރައީސް ތައުޒިޔާ ފޮނުއްވައިފި
މި ހިތާމަވެރި ދަނޑިވަޅުގައި، މަރްޙޫމުގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.