ޕީސް ފައުންޑޭޝަނުން މީގެ ކުރިން ބޭއްވި ކޭމްޕެއް
ހަބަރު
14 Oct 2025 | 13:51
ޕީސް ފައުންޑޭޝަނުގެ "ސުޖޫދު" ކޭމްޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ޕީސް ފައުންޑޭޝަނުން ކޮންމެ އަހަރަކު ކުރިޔަށް ގެންދަމުންދާ "ސުޖޫދު" ކޭމްޕުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ޕީސް ފައުންޑޭޝަނުން ބުނީ ސުޖޫދު ކޭމްޕަކީ 8 އަހަރާއި 12 އަހަރާ ދެމެދުގެ ކުދިންނަށް ޚާއްޞަކޮށްގެން، އެކުދިން ނަމާދަށް އަހުލުވެރިކުރުމަށާއި ނަމާދު ކުރަން ދަސްކޮށްދޭ ގޮތަށް ފަރުމާކުރެވިފައިވާ 2 ދުވަހުގެ ކޭމްޕެއް ކަމަށާއި، މިފަހަރުގެ ކޭމްޕު ކުރިޔަށް ގެންދަވާނީ އޮސްޓްރޭލިއާގެ ޝައިޚެއް ކަމުގައިވާ އުސްތާޛް ނަސީމް ކަމަށެވެ.

މި ކޭމްޕުގައި ކިޔަވައިދޭނެ ބައިތަކުގެ ތެރޭގައި، ނަމާދުގެ މުހިންމުކަން، ނަމާދު ކުރާނެ ގޮތް، ނަމާދުގައި ކިޔާ ބައެއް ޒިކުރުތަކާއި ޒިކުރުތަކުގެ މާނަ އަދި މީގެ އިތުރުންވެސް ނަމާދާ ގުޅުންހުރި އިތުރު ބައިތައް ވެސް ހިމެނެއެވެ.

ޕީސް ފައުންޑޭޝަނުން މީގެ ކުރިން ބޭއްވި ކޭމްޕެއް

ޕީސް ފައުންޑޭޝަނުން ބުނީ ސުޖޫދު ކޭމްޕު ތަފާތުވާ ސަބަބަކީ، މި ކޭމްޕަކީ ތަފާތު އެކި އެކި ކުޅިވަރުގެ ޙަރަކާތްތައްވެސް ހިމެނިގެން ކުރިޔަށް ގެންދާ "ފަން އެންޑް އެންގޭޖިންގ" ކޭމްޕަކަށް ވާތީ ކަމަށާއި، މީގެ ސަބަބުން ކޭމްޕުގައި ކިޔަވާ ބައިތައް ކުދިންނަށް ނަގައިގަންނަން ފަސޭހަވެގެން ދާނޭކަމަށެވެ. މީގެ ނަތީޖާއެއްގެ ގޮތުން ކޮންމެ އަހަރެއްގައި ވެސް އެތައް ކުދިންނެއް މި ކޭމްޕުގައި ބައިވެރިވެ، ބެލެނެވެރިންގެ މަޤްބޫލުކަން މި ކޭމްޕަށް ލިބިގެން ދާކަން ޕީސް ފައުންޑޭޝަނުން ފާހަގަކުރިއެވެ.

މި އަހަރުގެ ސުޖޫދުގެ ދެ ކޭމްޕު އޮންނާނެއެވެ. އެއީ މާލޭގައި ބާއްވާ ކޭމްޕާއި ހުޅުމާލޭގައި ބާއްވާ ކޭމްޕެވެ.

މާލެ ކޭމްޕު ބޭއްވުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރ 31 އިން ޖެނުއަރީ 1 އަށެވެ. އަދި ހުޅުމާލެ ކޭމްޕު ބޭއްވުމަށް ހަމަޖެހިފައިވަނީ 2026 ޖެނުއަރީ 3 އިން 4 އަށެވެ.

ޕީސް ފައުންޑޭޝަނުން މީގެ ކުރިން ބޭއްވި ކޭމްޕެއް

ޕީސް ފައުންޑޭޝަނަކީ 2010 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ދީނީ، ތަޢުލީމީ އަދި އިޖުތިމާޢީ ވޯކްޝޮޕްތަކާއި ކޭމްޕުތައް ހިންގުމުގައި ޙަރަކާތްތެރިވަމުން އަންނަ ޖަމިއްޔާއެކެވެ. އެގޮތުން މި ޖަމިއްޔާއިން އެކި ޢުމުރުފުރާތަކަށް ޚާއްޞަކޮށްގެން ތަފާތު އެކިއެކި ޕްރޮގްރާމްތައް ހިންގަމުން ދެއެވެ. ސުޖޫދު ކޭމްޕުގެ އިތުރުން މި ޖަމިއްޔާއިން ހިންގާ ޕްރޮގްރާމްތަކުގެ ތެރޭގައި ލަކުސަނަ ކޭމްޕް، ފުރާވުނަ، ފުރަދާނަ، ކުޑަކުދިންގެ ނަމާދު ވޯކްޝޮޕް، ޢަޤީދާ ވޯކްޝޮޕް މީގެ އިތުރުންވެސް އެތައް ޕްރޮގްރާމްތަކެއްވެސް ހިމެނެއެވެ.

ސުޖޫދު ކޭމްޕުގައި ބައިވެރިވުމަށްޓަކައި ތިރީގައިވާ ފޯމު ފުރާލައިގެން ބައިވެރި ވެވޭނެއެވެ.

https://forms.gle/UPr1Z3rneAh5NWPq7

އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން ޕީސް ފައުންޑޭޝަނުގެ މީސް މީޑިއާގެ އިތުރުން ހޮޓްލައިން (7341781) އަށް ގުޅާލުމުން މައުލޫމާތު ލިބޭނޭކަމަށް އެ ފައުންޑޭޝަނުން ބުންޏެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.
11 Sep 2026
ބްރިޖަށް އުރުނު ދެ ބޯޓް ދިޔަވެ އަޑިއަށް ހިނގައްޖެ
ސިނަމާލެ ބްރިޖަށް ރޭ އުރުނު ދެ ބޯޓް ދިޔަވެ މިރޭ އަޑިއަށް ހިނގައްޖެ އެވެ.
11 Sep 2026
ފީފާއިން ބައްސާމް އުމުރަށް ސަސްޕެންޑްކޮށް، 1.2 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް، ކޮވިޑް-19 ގެ ރިލީފް ފަންޑުގެ ފައިސާ އަމިއްލަ ބޭނުމަށް ބޭނުންކުރި މައްސަލައިގައި ފުޓްބޯޅައާ ގުޅުންހުރި އެންމެހައި ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށް، ބޮޑު އަދަދަކުން ޖޫރިމަނާކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ނިންމައިފިއެވެ.
11 Sep 2026
ޕީއެންސީގެ އަންހެނުންގެ ހަރަކާތުގެ ރައީސާ އަކަށް މިނިސްޓަރު ހީނާ
ހީނާ އަކީ ޕީޕީއެމް / ޕީއެންސީ އެކުގައި ހިންްގިއިރު އެ ޕާޓީގެ އިސް މަގާމުތައް ފުރުއްވި ބޭފުޅެކެވެ. އެގޮތުން ދެ ޕާޓީގެ ތަރުޖަމާންކަން ކުރެއްވި އެވެ.
11 Sep 2026
ބޯޓް އުރުނު ހާދިސާ؛ ބްރިޖުގެ ސްޓްރަކްޗާއަށް ގެއްލުމެއް ނުވޭ
މި ތެޔޮ ބޯޓު އުތުރު ފަރާތުން އޮޔާ އައިސް އެންމެ ފުރަތަމަ ޖެހުނީ ސިނަމާލެ ބްރިޖުގެ ތަނބެއްގައެވެ. ތަނބުގައި ޖެހުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ.
11 Sep 2026
ދެކުނަށް މޫސުން ގޯސް; ފޭދޫގެ 30 ވުރެ ގިނަ ގެއަށް ފެންވަދެ ގެއްލުން
އެ އޮތޯރިޓީން ބުނީ އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވުމާ ގުޅިގެން، ކައުންސިލްތަކާއިސިފައިންނާއި ފުލުހުން ގުޅިގެން ފެންހިއްކުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ދަނީ ކުރަމުން ކަމަށެވެ.
11 Sep 2026
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ފެސޭހަ ސިސްޓަމެއް ގާއިމް ކުރަނީ
އިކުއިޓީ ޕޭމަންޓް ދެއްކޭނެ ލުއި ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
11 Sep 2026
އޮޔާދިޔަ ދެ ބޯޓު ހާލުގައި ޖެހިގެން އުޅޭތާ އެތައް ދުވަހެއް
މާލެ ސަރަހައްދަށް ރޭ ޖެހުނު ގަދަ ވަޔާއެކު ސިނަމާލެ ބްރިޖު ކައިރިއަށް އޮޔާދިޔަ ތެޔޮ ބޯޓު ހާލުގައި ޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، އެ ދެ ބޯޓަށް ބޭނުންކުރަމުން ދިޔައީ އެންމެ ނަގިއްޔެއް ކަމަށް އެނގިއްޖެއެވެ.