އިސްރާއީލްގެ ޓީމް.. ފޮޓޯ: އީއެސްޕީއެން
ކުޅިވަރު
15 Oct 2025 | 08:39
ވަރލްޑްކަޕުން ޖާގައެއް ނުލިބި އިސްރާއީލް ކަޓައިފި

ވަރލްޑްކަޕުން ޖާގައެއް ހޯދުމަށް އިސްރާއީލް ކުރަމުންއައި އުއްމީދުތައް އިޓަލީން ފެނަށް ދުއްވާލައިފިއެވެ.

ވަރލްޑްކަޕުން ޖާގައެއް ހޯދުމުގެ ދޮރު އިސްރާއީލަށް ބަންދުވީ، ކޮލިފައިންގައި ރޭ އިޓަލީ އާ ދެކޮޅަށް ކުޅުނުމެޗުން  0-3 ގެ ނަތީޖާއަކުން ބަލިވުމުންނެވެ. މެޗްގައި އިޓަލީގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފްގައި ފެނިގެންދިޔައިރު ދެވަނަ ލަނޑާއި ތިންވަނަ ލަނޑު ޖަހާފައިވަނީ ފަހުހާފްގައެވެ.

އިޓަލީގައި ރޭ މިމެޗް ކުލެފައިވަނީ ސަލާމަތީ ފިޔަވަޅުތައް ވަރަށްބޮޑަށް ވަރުގަދަކޮށްގެންނެވެ. އެގޮތުން މެޗް ކުޅެމުން ދިޔައިރު ސްޓޭޑިއަމް ބޭރާއި އެތެރޭގެ ސަލާމަތީ ފިޔަވަޅުތައް ހުރީ ވަރަށް ވަރުގަދަކޮށްފައެވެ. މެޗް ކުޅެމުންދިޔައިރު ސްޓޭޑިއަމް މަތީގައި ސްނައިޕަރުން ހަރަކާތެރިވަމުން ދިޔަކަމަށް އިސްރާއީލްގެ މީޑިއާތަކުން ވަނީ ބުނެފައެވެ.

އިޓަލީ އާއި އިސްރާއީލް ބައްދަލުކުރި މެޗްގެ ތެރެއިން.. ފޮޓޯ: އޭޕީ

މެޗް ފެށުމުގެ ކުރިންވެސް ފަލަސްތީނަށް ތާއީދުކުރާ އިޓަލީގެ ރައްޔިތުން ދިޔައީ އިސްރާއީލް ޓީމްގެ ހޮޓަލާއި އަދި މެޗްކުޅުނު ސްޓޭޑިއަމް ސަރަހައްދުގައި މުޒާހަރާ ކުރަމުންނެވެ. މެޗްްގެ ތެރެއިން ފަލަސްތީނަށް ސަޕޯޓްކުރާ ބައެއް ސަޕޯޓަރުން ދަނޑަށް ވަދެގަތުމަށް މަސައްކަތް ކުރިނަމަވެސް ސެކިއުރެޓީން ވަނީ އެމީހުން ހުއްޓުވާފައެވެ. މެޗް ފެށުމުގެ ކުރިން އިސްރާއީލްގެ ޤައުމީ ސަލާން ކިޔަމުންދިޔައިރު ދަނޑުގައި ތިބި އިޓަލީއަށް ނިސްބަތްވާ ފަލަސްތީނު ސަޕޯޓަރުން ވަނީ އަޑުގަދަކޮށްފައެވެ. 

މެޗަށްފަހު އިސްރާއީލްގެ މީޑިއާތަކުން ވަނީ އެޤައުމު ވަރލްޑްކަޕުން ކެޓުމުގެ ޒިންމާ ފަލަސްތީނު ރައްޔިތުންގެ ބޮލުގައި އަޅުވާފައެވެ. އެގޮތުން ވަރލްޑްކަޕަށް ކޮލިފައިވުމަށް ކުރި ދަތުރުގައި ފަލަސްތީނަށް ތާއީދުކުރާ ފަރާތްތަކުގެ ސަބަބުން އިސްރާއީލް ޓީމަށް ނަފްސާނީގޮތުން ވަރަށްބޮޑު ގޮންޖެހުންތަކެއް ކުރިމަތިވެގެން ދިޔަކަމަށް އެޤައުމުގެ މީޑިއާތަކުން ވަނީ ފާހަގަކޮށްފައެވެ.

ކޮމެންޓް
ކައްޕި
ތާހިރު ވެއްޖެއެއްނުން
15 Oct 2025
ގުޅޭ ލިޔުންތައް
03 Aug 2026
އާހިދުގެ މަގާމުގެ މުއްދަތު ހަމަވަނީ، އިންފޮމޭޝަން ކޮމިޝަނަރު ކަމަށް ހުޅުވާލައިފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން 16 އޮގަސްޓު ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް އޮންނާނެ ކަމަށެވެ.
03 Aug 2026
ޑްރަގް ހުރި 26 ސެލޯފިންކޮޅާއެކު ޒުވާނަކު ހައްޔަރު ކޮށްފި
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 24.80 ގުރާމެވެ.
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.