އެސްޓީއޯގެ ސުޕަ މާޓު: މިތަނުން އެ ބާވަތްތައް ލިބެން ހުންނާނެ --
ހަބަރު
15 Oct 2025 | 11:38
މިއަދުން ފެށިގެން އެސްޓީއޯއިން ގެންނަ ޒަރޫރީ މުދާތައް ބާޒާރުން އަގުހެޔޮކޮށް ލިބޭނެ: ޝިމާދު

ސަރުކާރު މައި ވިޔަފާރި ކުންފުނި، އެސްޓީއޯ މެދުވެރިކޮށް ގަނޑުކޮށް ގެންނަން ނިންމާފައިވާ ޒަރޫރީ މުދާ އަދި ތަރުކާރީގެ 23 ބާވަތް ރާއްޖޭގެ މާކެޓުން އަގު ހެޔޮކޮށް މިއަދުން ފެށިގެން ލިބެން ހުންނާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް ވިދާޅުވެއްޖެއެވެ.

ކާޑުގެ ބާވަތްތަކުގެ އިތުރުން، ރާއްޖޭގައި އެންމެ ގިނައިން ބޭނުންކުރާ މޭވާ އާއި ތަރުކާރީގެ ބާވަތްތައް އެސްޓީއޯ އިން ގަނޑުކޮށް އެތެރެކޮށް، ބާޒާރުގައި ވިއްކަން ނިންމާފައިވާކަން މިދިޔަ މަހުގެ 10 ވަނަ ދުވަހު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އިއުލާންކުރައްވާފައެވެ.

ރައީސްގެ އެ ނިންމެވުމާއި އެއްގޮތަށް، މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން އެސްޓީއޯގެ ފިހާރަތަކުން އެ 23 ބާވަތުގެ މުދާ ހެޔޮ އަގުގައި ލިބެން ހުންނާނެ ކަމަށް އެސްޓީއޯއިން މީގެ ކުރިން ވަނީ ބުނެފައެވެ.

އިގްތިސާދީ ތަރައްގީއާ ބެހޭ ވަޒީރު މުޙައްމަދު ސައީދު އަދި އެމްޑީ ޝިމާދު މިއަދު ނޫސްވެރިންނާއި އެކު ބޭއްވި ބައްދަލުކުރެއްވުމެއްގައި އެމްޑީ ޝިމާދު ވިދާޅުވީ މިއަދުން ފެށިގެން އެ މުދާތައް އެސްޓީއޯއިން އަގު ހެޔޮކޮށް ލިބެން ހުންނާނެ ކަމަށާއި، އެސްޓީއޯއިން އެ މަސައްކަތް ފަށައިފައިވަނީ އެންމެ ފުރަތަމަ ރީޓެއިލްކޮށް ވިއްކާ ގޮތަށް ކަމަށެވެ.

އެސްޓީއޯގެ އެމްޑީ ޝިމާދު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަނ

 މިހާރު އެސްޓީއޯއިން މާލޭގެ ސިނާއީ ސަރަޙައްދުގައި ތައްޔާރުކުރާ ސްޓޯރޭޖް ފެސިލިޓީއާއެކު ހޯލްސޭލްކޮށް އެ މުދާތައް ވިއްކުމުގެ މަސައްކަތް ފެށޭނޭކަން ފާހަގަކުރައްްވަމުން، އެތަން ކުރިޔަށް އޮތް ރޯދަ މަހުގެ ކުރިން ނިންމުމަކީ އަމާޒެއް ކަމަށް އެމްޑީ ވިދާޅުވިއެވެ.

އެމްޑީ ވަނީ ހޯލްސޭލްކޮށް މަސައްކަތްތައް ފެށުމަށްޓަކައި އެސްޓީއޯއިން މީގެ ކުރިން މަކީޓާގެ ޝޯވްރޫމުގް ގޮތުގައި ބޭނުންކުރަމުން އައި ފިހާރަ، ހޯލްސޭލް ސެންޓަރެއްގެ ގޮތުގައި ބަދަލުކޮށް އެ ފިހާރައިން ވިޔަފާރިވެރިންނަށް ޚިދުމަތް ދިނުމަށް ތައްޔާރުވަމުންދާކަން ވެސް ވިދާޅުވެފައެވެ.

އަދި އެ 23 ބާވަތުގެ މުދާތައް ރާއްޖޭގެ ރަށްތަކަށް ސަޕްލައިކުރުމަށްޓަކައި މާލޭގެ ބަނދަރާއި ހަމައަށް ޑެލިވަރީކޮށްދިނުމާއި، އެސްޓީއޯގެ އަތޮޅުތެރޭގެ ފިހާރަތަކުން ލިބޭނެ ގޮތް ހަމަޖައްސާނެ ކަމަށް ވެސް ޝިމާދު ވަނީ ވިދާޅުވެފައެވެ.


ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.
25 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން، ރައީސް ތައުޒިޔާ ފޮނުއްވައިފި
މި ހިތާމަވެރި ދަނޑިވަޅުގައި، މަރްޙޫމުގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.