މާރުކޭޓުގައި މީހަކު މުދާތައް ވިއްކަނީ -- ވޮއިސް ފޮޓޯ
ހަބަރު
15 Oct 2025 | 12:37
އެސްޓީއޯއިން ބާޒާރަށް އަގުހެޔޮކޮށް ނެރޭ 23 ބާވަތުގެ ލިސްޓު މިއޮތީ

ސަރުކާރު މައި ވިޔަފާރި ކުންފުނި، އެސްޓީއޯ މެދުވެރިކޮށް ގަނޑުކޮށް 23 ބާވަތެއްގެ ޒަރޫރީ މުދަލެއް ގެންނަން ނިންމާފައިވާކަން މިދިޔަ މަހުގެ 10 ވަނަ ދުވަހު ހާމަކުރެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުއެވެ. އެދުވަހު އެކަން ރައީސް އިއުލާނުކުރެއްވުމާއެކު، އޭގެ އަނެއް ދުވަހު އެސްޓީއޯއިން ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި އެކަން ކުރިޔަށް ގެންދިޔުމަށް އެސްޓީއޯއިން ނިންމައިފައިވާ ގޮތުގެ ތަފްސީލު ހިއްސާކުރިއެވެ.

އެ ދުވަހުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމްވަނީ، މިއަދުން ފެށިގެން އެސްޓީއޯ އިން ގަނޑުކޮށް ގެންނަން ނިންމާފައިވާ މުދާ އަދި ތަރުކާރީގެ 23 ބާވަތްތައް ރާއްޖޭގެ މާކެޓުން ލިބޭނެ ހުންނާނެކަން ހާމަކުރައްވާފައެވެ.

އަދި އެ މަސައްކަތް ދެމެހެއްޓެނެވި ގޮތެއްގައި ކުރިޔަށް ގެންދެވޭނެ ކަމުގެ ޔަގީންކަން އެ ދުވަހު އެމްޑީ ވަނީ ދެއްވާފައެވެ.

މީގެ ކުރިން ރާއްޖޭގައި ޒަރޫރީ ބާވަތެއްގެ ގޮތުގައި ކަނޑައަޅަފައިވަނީ ކާޑުގެ ތިން ބާވަތް ކަމުގައިވާ ހަނޑޫ، ހަކުރު އަދި ފުށަށް ވުމުން، މި ފަހަރު އެ ތިން ބާވަތުގެ އިތުރަށް 23 ބާވަތެއް ކަނޑައެޅުމުން އާންމުންގެ ހިތުގައި އެންމެ ބޮޑަށް އުފެދުނު ސުވާލަކީ، ސަރުކާރުން ކަނޑައެޅީ ކޮން 23 ބާވަތެއްތޯއެވެ.

އެސްޓީއޯގެ ސުޕަ މާޓު: މިތަނުން އެ ބާވަތްތައް ލިބެން ހުންނާނެ --

މިއަދު އެކަމުގެ ޖަވާބު އެސްޓީއޯއިން ވަނީ ދީފައެވެ.

ނޫސްތަކަށް އެސްޓީއޯއިން ބުނި ގޮތުގައި، ކާޑުގެ ތިން ބާވަތުގެ އިތުރަށް ސަރުކާރުން އަގުހެޔޮކޮށް، ގަނޑުކޮށް ގެންނަން ނިންމައިފައިވަނީ 10 ބާވަތެއްގެ މޭވާ އާއި 10 ބާވަތެއްގެ ތަރުކާރީއެއްގެ އިތުރުން އެހެނިހެން ތިން ބާވަތެކެވެ.

އެގޮތުން މޭވާގެ ގޮތުގައި ގެންނަން ނިންމައިފައިވަނީ ދޮންކެޔޮ، އާފަލު، އޮރެންޖު، ލުނބޯ، ޖުމްހޫރީމޭވާ، އަނބު، ފަޅޯ، ކަރާ، މިރުސް އަދި މޭބިސްކަދުރެވެ.

ތަރުކާރީގެ ގޮތުގައި ގެންނަނީ ފިޔާ، އިނގުރު، ކެރެޓު، ބަށި، ކައްޓަލަ، އަލުވި، ކެބެޖު، ބަރަބޯ، ބޯވެލި އަދި ލޮނުމެދެވެ.

އެހެނިހެން ތިން ބާވަތަކީ ރީނދޫ މުގު، ކުކުޅު ބިސް އަދި ކާއްޓެވެ. 

ޖުމްލަ މި 23 ބާވަތްތަކުގެ އަގުތައް އެސްޓީއޯއިން ކަނޑައަޅަނީ މައިގަނޑު ބާޒާރުފެ އަގުތަކަށް ރިއާޔަތްކޮށްގެން ކަމަށްވާއިރު، އަންނަ ބަދަލުތަކާއި އެކު އެތަކެތި ވިއްކާ އަގުތަަކަށް ވެސް ބަދަލުއަންނާޏެ ކަމަށް އެސްޓީއޯއިން މައުލޫމާތުދެއެވެ.

އެ މުދާތަކުގެ އެންމެ ފަހުގެ އަގުތައް އިކޮނޮމިކް މިނިސްޓްރީގެ "އަގުމަގު" ޕޯޓަލް މެދުވެރިކޮށް ބެލެން ހުންނާނެއެވެ.

އެގޮތުން މިއަދު އެސްޓީއޯގެ އެމްޑީ ޝިމާދު ވަނީ އެ ބާވަތްތައް މިއަދުން ފެށިގެން އެސްޓީއޯއިން އަގު ހެޔޮކޮށް ލިބެން ހުންނާނެ ކަމަށާއި، އެސްޓީއޯއިން އެ މަސައްކަތް އެންމެ ފުރަތަމަ ފަށައިފައިވަނީ އެސްޓީއޯގެ ޕީޕަލްސް ޗޮއިސް ސުޕަމާޓުގައި ރީޓެއިލްކޮށް ވިއްކާ ގޮތަށް ކަމަށެވެ.

އަދި މިހާރު އެސްޓީއޯއިން މާލޭގެ ސިނާއީ ސަރަޙައްދުގައި ތައްޔާރުކުރާ ސްޓޯރޭޖް ފެސިލިޓީއާއެކު ހޯލްސޭލްކޮށް އެ މުދާތައް ވިއްކުމުގެ މަސައްކަތް ފެށޭނޭކަން ފާހަގަކުރައްްވަމުން، އެތަން ކުރިޔަށް އޮތް ރޯދަ މަހުގެ ކުރިން ނިންމުމަކީ އަމާޒެއް ކަމަށް ވެސް އެމްޑީ ވިދާޅުވިއެވެ.

އަދި އެ 23 ބާވަތުގެ މުދާތައް ރާއްޖޭގެ ރަށްތަކަށް ސަޕްލައިކުރުމަށްޓަކައި މާލޭގެ ބަނދަރާއި ހަމައަށް ޑެލިވަރީކޮށްދިނުމާއި، އެސްޓީއޯގެ އަތޮޅުތެރޭގެ ފިހާރަތަކުން ލިބޭނެ ގޮތް ހަމަޖައްސާނެ ކަމަށް ވެސް ޝިމާދު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.
25 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން، ރައީސް ތައުޒިޔާ ފޮނުއްވައިފި
މި ހިތާމަވެރި ދަނޑިވަޅުގައި، މަރްޙޫމުގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.