ބަންޑުން ޖަހާލި ކޮޅުވެއްޓި... ފޮޓޯ: ކޯސްޓްގާޑް
ހަބަރު
16 Oct 2025 | 08:43
ކޮޅުވެއްޓިއެއް ބަންޑުން ޖަހާލުން: ކަނޑުވި މީހުންގެ ތެރެއިން އެކަކު ފެނިއްޖެ

މާލެއިން ފުރައިގެން ރީތިރަށް ރިސޯޓަކަށް ދަތުރުކުރަމުންދިޔަ ކޮޅުވެއްޓިއެއް ބަންޑުންޖަހާލި ހާދިސާގައި ކަނޑުވި މީހުންގެ ތެރެއިން އެކަކު ފެނިއްޖެއެވެ.

ފުލުހުން ބުނީ ރޭ ދަންވަރު ހިނގި މި ހާދިސާގައި ގެއްލުނު 3 މީހުންގެ ތެރެއިން އެކަކު ފެނިފައިވާކަމަށެވެ. އޭނާ ފެނުނުއިރު އޮތީ ނިޔާވެފައި ކަމަށްވެސް ފުލުހުން ބުންޏެވެ. މި މީހާ ފެނިފައިވަނީ މިއަދު ހެނދުނު 08:04 ހާއިރުކަމަށް ފުލުހުން ބުންޏެވެ.

ކޮޅުވެއްޓި ބަންޑުން ޖަހާލިއިރު އޭގައި 7 މީހަކު ތިއްބެވެ. "އަލްމާކް ފިޔަ" ނަމަކަށް ކިޔާ މި އުޅަނދު ބަންޑުން ޖަހާލުމާ ގުޅިގެން ކަނޑުވެ ގެއްލުނު މީހާ ފެނިފައިވަނީ ކޯސްޓްގާޑުގެ ޑައިވަރުންގެ ޓީމުން ކުރި މަސައްކަތުންނެވެ. ދިގުމިނުގައި 100 ފޫޓު ހުންނަ އެ އުޅަނދު އަޑިއަށްދިޔަ ސަރަހައްދުގައި ކޯސްޓްގާޑުގެ ޑައިވަރުންގެ ޓީމުން ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. އަދި މިހާތަނަށް 4 މީހަކު ވަނީ ސަލާމަތްކޮށްފައެވެ.

މިދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރެއްކަމުން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ކަށަވަރުކޮށްގެން ނޫނީ ކަނޑުމައްޗަށް ނޭރުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ އިލްތިމާސްކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.
25 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން، ރައީސް ތައުޒިޔާ ފޮނުއްވައިފި
މި ހިތާމަވެރި ދަނޑިވަޅުގައި، މަރްޙޫމުގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.