މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުމުގެ ތެރެއިން -- ވޮއިސް ފޮޓޯ
ހަބަރު
16 Oct 2025 | 12:17
ފްލެޓުތައް އަތުލުން ޤާނޫނު އަސާސީއާއި ޚިލާފު، އެކަމުގައި ޖިނާއީ ރުކުންތައް ފުރިހަމަވޭ: އެމްޑީޕީ

މިދިޔަ ސަރުކާރުން ދިން ގެދޮރުވެރިޔާގެ ފްލެޓްތަކުގެ ތެރެއިން އެއްބަސްވުން ހެދުމަށްފަހު ބައެއް ފަރާތްތަކުގެ އަތުން ފްލެޓްތައް އަތުލުން ޤާނޫނު އަސާސީ އާއި ޚިލާފު ކަމަށާއި، އެކަމުގައި ޖިނާއީ ރުކުންތައް އެކުލެވޭ ކަމަށް އެމްޑީޕީގެ ބޯހިޔާވަހިކަމުގެ ކޮމެޓީގެ ޤާނޫނީ ވަކީލު މުޙައްމަދު ނިޝާން އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިޝާން ވިދާޅުވީ، އެ ފްލެޓްތަކަކީ ބަޔަކާއި އެކު އެއްބަސްވުމެއް ހެދިފައިވާ ފްލެޓްތަކަށްވާއިރު، އެ އެއްބަސްވުންތަކާއި ޚިލާފަށް އެތަންތަން އަތުލުން ޤާނޫނު އަސާސީއާއި ޚިލާފުކަމަށާއި، އެއީ ލޫޓުވުން ކަމުގައި ނިޝާން ވިދާޅުވިއެވެ.

މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުމުގެ ތެރެއިން -- ވޮއިސް ފޮޓޯ

އެގޮތުން ރާއްޖޭގެ ޤާނޫނު އަސާސީގައި 40ވަނަ މާއްދާގައިވާ ގޮތުން ގެދޮރާއި މުދަލަކީ ހުރުމަތްތެރިކަން ލިބިގެންވާ ތަކެއްޗަށްވާއިރު، އެތަކެތި އަތުލެވޭނީ އަދުލުވެރި ބަދަލެއް ދިނުމަށްފަހު ޝަރުޢީ ކޯޓަކުން ނިންމުމުން ކަމަށް ނިޝާން ވިދާޅުވިއެވެ.

އެއްބަސްވުމުގައި ސޮއިކޮށް ރަޖިސްޓްރީދޭ ހިސާބުން ފެށިގެން ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 40 ވަނަ މާއްދާ. 40 ވަނަ މާއްދާގައި ވަރަށް ރީތިކޮށް ލިޔެފައިވާ އަސާސީ ދުސްތޫރީ ސާފު މުތުލަގު ރީތި ޙައްޤެއް އެއީ ގޯތި ގެދޮރާއި މީހުންގެ މުދަލުގެ ވާހަކަ. 40 ވަނަ މާއްދާގައި ބަޔާންކޮށްފައި އޮންނަނީ މުދާ ހޯދުމާއި މުދާ ލިބިގަތުމާއި މުދާ މިލްކުކުރުމުގެ ހައްޤުކުރުމުގެ ހައްގު ކޮންމެ މީހަކަށް ލިބިގެންވެޔޭ ކަނޑައެޅި ބަޔާންވެގެންވާ ގޮތުގެ މަތީން ޤާނޫނީ އުސޫލުތަކުގައި ބަޔާންކުރާ ގޮތުގެ މަތީން މެނުވީ މީހެއްގެ ގޯތި ގެދޮރާއި މީހެއްގެ މުދާ ނިއުޅައިގަނެގެން ނުވާނޭ. ގޯތި ގެދޮރަކީ ހުރުމަތްތެރިވެގެންވާ އެއްޗެކޭ. ގޯތި ގެދޮރެއް މީހެއްގެ މައްޗަށް ނިގުޅައި ގަންނައިރު ކަނޑައެޅިގެންވާ އަދުލުވެރި ބަދަލެއް ދިނުމަށްފަހު ޝަރުޢީ ކޯޓަކުން މެނުވީ އެމީހެއްގެ މުދަލެއް ގޯތި ގެދޮރެއް ނިއުޅައެއް ނުގަނެވޭނޭ.

 ޤާނޫނީ ވަކީލު މުޙައްމަދު ނިޝާން އިބްރާހީމް

ނިޝާން ވިދާޅުވީ އެގޮތުން ވެސް މުދަލެއް ނަގާނަމަވެސް އެކަން ކުރެވޭނީ މީހެއްގެ ރުހުމާއި އެކީގައި ކަމަށް ވެސް އެ މާއްދާގައި އޮންނަ ކަމަށާއި، އެ ފްލެޓްތައް ނަގައިފައިވަނީ އެމީހުންގެ ރުހުމާއި އަދި ހުއްދައާއި ނުލައިކަމުން އެކަމަކޫ ޤާނޫނު އަސާސީގެ މާއްދަތަކާއި ޚިލާފަށް ކޮށްފައިވާކަމެއްކަން ސާފުވާ ކަމަށެވެ.

އެގޮތުން ޤާނޫނު އަސާސީގެ 23 ވަނަ މާއްދާ، 121 ވަނަ މާއްދާ އާއި 17 ވަނަ މާއްދާގެ އިތުރުން 20 ވަނަ މާއްދާ އާއި އެ ކަންތައް ޚިލާފުކަމަށް ވެސް ނިޝާން ވިދާޅުވިއެވެ.

މިއަދު އެމްޑީޕީން ބޭއްވި ނޫސްވެރިންގެ ބައްދަލުމުގެ ތެރެއިން ނިޝާނު ވާހަކަފުޅު ދައްކަވަނީ -- ވޮއިސް ފޮޓޯ

އެއާއެކު ނިޝާން ވަނީ އެކަމުގައި "ޖިނާއީ ރުކުންތައް ހަމަވާ އަމަލުތަކެއް" ދައުލަތުގެ ބާރުހުރި ފަރާތްތަކުން ހިންގާފައިވާކަން ފާހަގަކުރައްވާފައެވެ. އެގޮތުން ޤާނޫނުލް އުގޫބާތުގެ 211ވަނަ މާއްދާގެ ހގައި ބަޔާންކުރާ ހަމަތައް އެކަމުގައި ހަމަވާ ކަމަށް ނިޝާން ވިދާޅުވިއެވެ.

އެގޮތުން ޤާނޫނުލް އުގޫބާތުގެ 211ވަނަ މާއްދާގެ ހ ގައި އޮތީ:

1. އަންނަނިވި ހާލަތްތަކުގައި، އަންނަނިވި އަމަލުކުރާ މީހާ، އެކުރަނީ ކުށެކެވެ:

2. އެހެން މީހެއްގެ މުދަލެއް އެމީހަކަށް ނޭނގި ސިއްރުން ނެގުން ނުވަތަ އެހެން މީހެއްގެ މުދަލުގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ތިމާގެ އަމިއްލަ  ބާރުހިންގުން އަދި އެކަން އެކުރަނީ އަނެކާއަށް އޮތް އަތުގެވެރިކަމުން، އެ މުދާ ދާއިމަށް ނިގުޅައިގަތުމުގެ މަގްސަދުގައި ކަމުގައިވުން.

މީގައި އެގްރިމެންޓުތައް ބަޔާންކޮށްފައި އެގްރިމެންޓުގެ ދަށުން ފްލެޓުތައް ދީފައި އޮތް ފްލެޓުތައް ދާއިމަށް ދައުލަތުން ނިގުޅައިގަންނަނީ. 

 ޤާނޫނީ ވަކީލު މުޙައްމަދު ނިޝާން އިބްރާހީމް

ނިޝާން ވަނީ އެ މައްސަލަ ބަލައިދިނުމަށް ރާއްޖޭގެ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ގޮވާލާފައެވެ. އެގޮތުން މި މައްސަލައިގައި ތުހުމަތުކުރެވޭ ވަރަށް ގިނަ ފަރާތްތައް ތިބޭނެ ކަމަށާއި، އެމީހުންގެ މައްޗަށް ޤާނޫނީ ފިޔަވަޅު އެޅުމަށް ދައުވާ އުފުލުމަށް ޕީޖީގެ އަށް ނިޝާނު ވަނީ ގޮވާލައްވާފައެވެ.

މިދިޔަ ސަރުކާރުން ދިން 4،000 ފްލެޓުގެ ތެރެއިން ބައެއް ފްލެޓުތައް ވިއްކާލަން އުޅޭ ކަމަށް ބުނެ ސޯޝަލް މީޑިޔާގައި ވާހަކަތަކެއް ދައުުރު ވެސް ވިއެވެ. މިއަދުގެ ޕްރެސްގައި ވެސް އެކަމުގެ ކަންބޮޑުވުން އިދިކޮޅު އެމްޑީޕީން ފާޅުކޮށްފައިވާއިރު، އެކަން ސަރުކާރުން މީގެ ކުރިން ވަނީ ދޮގުކޮށްފައެވެ.

އެހެން ނަމަވެސް އެ ފްލެޓުތައް ލިބުނު ކަމުގެ އެއްބަސްވުމުގައި 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ސޮއިކުރި ބައެއް މީހުންނަށް އެ ފްލެޓުތައް ނުލިބޭކަމަށް މިހާރު ވެސް ވަނީ ކަނޑައަޅާފައެވެ.

ކޮމެންޓް
ރުކެް
ފޯމުގަ އޮންނާނެ ލިއެފަދޮގުމައުލޫ މާތުދީގެން ހޯދާފަހުރި ލުލެޓް ބާތިލްވާނެ ވާހަކަ
16 Oct 2025
ގުޅޭ ލިޔުންތައް
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.
25 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން، ރައީސް ތައުޒިޔާ ފޮނުއްވައިފި
މި ހިތާމަވެރި ދަނޑިވަޅުގައި، މަރްޙޫމުގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.