އަލިފާނުގެ ޕޯސްޓަރު
ލައިފްސްޓައިލް
16 Oct 2025 | 15:08
މާސްޓާ ޕީސްއެއްގެ ގޮތުގައި ގިނަބަޔަކު ސިފަކުރި "އަލިފާނު"ގެ ދެން އޮތީ ވަދާޢީ ޝޯތައް

މި ފަހުގެ ތާރީހެއްގައި ދިވެހި ސިނަމާއިން ފެނިގެންދިޔަ ފިލްމްތަކުގެ ތެރެއިން ގިނަ ބަޔަކު މާސްޓާ ޕީސްއެއްގެ ގޮތުގައި ސިފަކުރި ފިލްމް، އަލިފާނުގެ ވަދާޢީ ޝޯތައް ދައްކަން ފަށައިފިއެވެ.

މުޅިން ތަފާތު ޖޯންރާއެއްގެ މައްޗަށް ބިނާކޮށް ޑާކްރެއިނުން ބެލުންތެރިންނަށް ގެނެސްދިން އަލިފާން މި ފިލްމަކީ، އޮލިމްޕަހުގައި އެޅުވި އެންމެ ތަފާތު އެއް ފިލްމެވެ. މި ފިލްމަކީ މާސްޓާ ޕީސްއެއްކަމަށް ގިނަބަޔަކު ބުނާ އެއް ސަބަބަކީ މިއީ ރާއްޖޭގެ މަޝްރަހްގައި ހިނގާ ނޭދެވޭ ކަންތައްތައް މުޖުތަމައުއަށް ތިލަކޮށްދިން ފިލްމަކަށްވާތީ ކަމަށެވެ. މި ފިލްމް އޮލިމްޕަހުގައި ދައްކަން ފަށާފައިވަނީ އޮކްޓޯބަރުމަހުގެ 6 ވަނަ ދުވަހުއެވެ.

ފިލްމް އޮލިމްޕަހުގައި ދައްކަން ފެށިފަހުން ބެލުންތެރިން ހިއްސާކުރި ހިޔާލުތަކަށް ބަލާއިރު މި ފިލްމަކީ ދިވެހި ޕްރޮޑަކްޝަން ހައުސްއަކުން ތައްޔާރުކުރި ޓެކްނިކަލީ އެންމެ މޮޅު އެއް ފިލްމެވެ. ސަބަބަކީ މި ފިލްމްގެ މަންޒަރުތައް ނެގުމުގައި ބޭނުންކޮށްފައިވާ މޮޅެތި އުކުޅުތަކެވެ. 

ފިލްމުގައި ހިމެނޭ ކާސްޓުންގެ އެކްޓިންނަށް ބަލާއިރު، ފިލްމުގައި އެމީހުންގެ ފަރާތުން މުޅިން ތަފާތު އެކްޓިންނެއް ފެނިގެންދިޔަކަމަށް ފިލްމުބެލި ގިނަ މީހުން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން މިއީ އެމީހުންނަށް ދިވެހި އެކްޓަރުންގެ ފަރާތުން ފެންނާނޭކަމަށް ކުރިން ހީކުރި އެކްޓިންނެއް ނޫންކަމަށްވެސް ފިލްމް ބެލި ބައެއް މީހުން ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.

ޑާކްރައިނުން ބުނީ އޮލިމްޕަހުގައި އަލިފާނުގެ އެންމެފަހު ޝޯ ދައްކާނީ މިމަހުގެ 19 ވަނަ ދުވަހުގެ ރޭ ކަމަށެވެ. އެއީ އޮލިމްޕަހުގައި އައި ފިލްމެއް އެޅުވުމަށެވެ. މި ފިލްމު ދައްކަން ޝެޑިއުލް ކުރިއިރުވެސް ޔޫއްޕެގެ އައު ފިލްމް އޮތީ އޮލިމްޕަހުގައި ދައްކަން ތައްޔާރުވެފައެވެ. އަލިފާނުގެ ފަހު ޝޯތަކުގެ ޓިކެޓް ވިއްކަން ފަށާފައިވާއިރު، މިއީ ހަގީގަތުގައިވެސް މާސްޓާ ޕީސްއެއްތޯ ބަލާލުމަށް މިހާރު ބާކީ އޮތީ 4 ޝޯއެވެ.

ޑާކްރެއިނުން ބުނީ ފިލްމްގެ ޓިކެޓް އޮލިމްޕަހުންނާއި، ހޮޓްލައިން 9911229 އަށް ގުޅުމުން ލިބޭނޭކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.
25 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން، ރައީސް ތައުޒިޔާ ފޮނުއްވައިފި
މި ހިތާމަވެރި ދަނޑިވަޅުގައި، މަރްޙޫމުގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.