ހުޅުމާލެ... ފޮޓޯ: ވޮއިސް
ހަބަރު
17 Oct 2025 | 10:32
ހުޅުމާލޭ ދުވާރުމަތީ ބަހައްޓާފައިހުރި ގޮނޑި މޭޒުތައް ނަގަން އަންގައިފި

ހުޅުމާލޭގެ އެކި ސަރަހައްދުތަކުގެ ދުވާރުމަތީ އެކި ބޭނުންތަކުގައި ބަހައްޓާފައި ހުރި ގޮނޑި މޭޒުފަދަ ތަކެތި ނެގުމަށް އެޗްޑީސީން އަނެއްކާވެސް އަންގައިފިއެވެ.

އެޗްޑީސީން ވަނީ މީގެ ކުރިންވެސް އެގޮތަށް ދުވާރުމަތީގައި ބަހައްޓާފައި ހުރި ގޮނޑިއާއި މޭޒުފަދަ ތަކެތި ނެގުމަށް އާއްމުކޮށް އަންގާފައެވެ. އެންމެފަހުން ކުރި އިއުލާނުގައި އެޗްޑިސީން ބުނެފައިވަނީ، ހުޅުމާލޭގެ ދުވާރުމައްޗާއި އެނޫންވެސް އެފަދަ ތަންތަނުގައި ބަހައްޓާފައި ހުންނަ ގޮނޑިއާއި މޭޒުފަދަ ތަކެތި ނެގުމަށް އެންގިނަމަވެސް ގިނަ ފަރާތްތަކަކުން ގޮނޑި މޭޒު ބަހައްޓައިގެން ކެފޭގެ ހިދުމަތް ދެމުން އަންނަކަމަށެވެ.

އެޗްޑީސީން ބުނީ ދުވާރުމައްޗާއި ހެޖްތެރޭގައި ގޮނޑިއާއި މޭޒު ބަހައްޓައިގެން ވިޔަފާރި އުސޫލުން ބޭނުންކުރުމަކީ މަނާކަމެއްކަން ހަނދާންކޮށްދޭކަމަށެވެ.

މީގެ އިތުރުން ބިޔަވާޒާތުގެ ގަސްތައް ހެޖްތެރޭގައި އިންދުމުން ގުޅމާލޭގެ މަގުތަކަށް ޖަމާވާ ފެން ހިންދުމަށް ދަތިވެ، މަގުތަކުގައި ފެންބޮޑުވުމާއި ތާރުގަނޑު ހަލާކުވުން ފަދަ މައްސަލަތައް ދިމާވާތީވެ، އެފަދަ ގަސްތައް ނެގުމުގެ މަސައްކަތް އެޗްޑީސީން ފަށާފައިވާކަމަށެވެ. 

އެޗްޑީސީން ވަނީ ހުޅުމާލޭގެ ދުވާރުމައްޗާއި ހެޖްތެރޭގައި ބަހައްޓާފައިވާ ގޮނޑިއާއި މޭޒް ފަދަ ތަކެތި އަންނަ ބްރާސްފަތި ދުވަހުގެ ކުރިން ނަގާ ނިންމުމަށް އިލްތިމާސްކޮށްފައެވެ. އަދި ކަނޑައެޅިފައިވާ ތާރީހަށް ނުނަގާނަމަ އެތަކެތި ނަގައި އެސަރަހައްދުތައް ސާފުކުރުމުގެ މަސައްކަތް ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން އެ ކޯޕަރޭޝަނުން ކުރިއަށް ގެންދާނެކަމަށެވެ.

އަދި އެމަސައްކަތުގެ ތެރޭގައި މުދަލަށް ލިބޭ ގެއްލުމަކަށް އެ ކޯޕަރޭޝަނުން ޒިންމާ ނުވާނެކަމަށް ވެސް ވަނީ އާއްމުކޮސް އަންގައި އިއުލާނުކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.
25 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން، ރައީސް ތައުޒިޔާ ފޮނުއްވައިފި
މި ހިތާމަވެރި ދަނޑިވަޅުގައި، މަރްޙޫމުގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.