އެސްޓަން ވިލާގެ މެޗެއް
ކުޅިވަރު
17 Oct 2025 | 16:30
އެސްޓަންވިލާ މެޗްގައި ޔަހޫދީންނަށް ސްޓޭޑިއަމަށް ވަނުމުގެ ހުއްދައެއް ނުދެވޭނެ: ފުލުހުން

ޔުއެފާ ޔޫރޮޕާ ލީގްގައި އެސްޓަން ވިލާ އށާއި އިސްރާއީލްގެ މެކަބީ ތެލްއަވީވް ބައްދަލުކުރާ މެޗަށް ޔަހޫދީ ސަޕޯޓަރުންނަށް ނުވަދެވޭނޭކަމަށް ފުލުހުން އަންގައިފިއެވެ.

އެސްޓަން ވިލާގެ ސްޓޭޑިއަމް ވިލާ ޕާކްގައި މެކަބީ ތެލްއަވީވް އާ ބައްދަލުކުރާ މެޗް ކުޅުމަށް ތާވަލްކޮށްފައިވަނީ އަންނަ ނޮވެމްބަރުމަހުގެ 7 ވަނަ ދުވަހުއެވެ. މިކަމާ ގުޅޭގޮތުން ވެސްޓް މިޑްލޭންޑްގެ ޕޮލިހުން ބުނެފައިވަނީ ސަލާމަތީ ސަބަބުތަކަށްޓަކައި ވިލާޕާކަށް މެޗްކުޅޭ ދުވަހު މެކަބީގެ ސަޕޯޓަރުންނަށް ވަނުމުގެ ހުއްދަ ދެވެންނެތްކަމަށެވެ. އެކަން އެގޮތަށް ނިންމާފައިވަނީ ދިރާސާކުރަންޖެހޭ ވަރަށް ދިރާސާކޮށް ހުރިހާ ފަރާތްތަކެއްގެ ސަލާމަތަށްޓަކައި ކަމަށްވެސް ފުލުހުން ބުންޏެވެ.

ވެސްޓް މިޑްލޭންޑް ފުލުހުންގެ އެ ނިންމުމާ ގުޅިގެން އިސްފަރާތްތައް ނުރުހުނު ނަމަވެސް ފުލުހުން ބުނެފައިވަނީ ކިތަންމެ ފާޑުކިޔުން އައިނަމަވެސް އެކަމަށް ހުއްދަ ދެވޭނެ ހަމައެއް ނެތްކަމަށާއި، އެ ނިންމުން ބަދަލުނުވާނޭކަމަށެވެ. ފުލުހުން ބުނެފައިވަނީ ޣައްޒާ ހަނގުރާމަ އާ ގުޅިގެން އިސްރާއީލް ސަޕޯޓަރުން ވަންނަ މެޗްތަކުގައި ބޮޑެތި ހަމަނުޖެހުންތަކެއް ފެނިެގން ގޮސްފައިވާަކަމަށެވެ. އެގޮތުން އެންމެފަހުން ނެދަލޭންޑްސްގައި އަޔެކްސްއާ ދެކޮޅަށް ކުޅުނު މެޗްވެސް ހަމަނުޖެހުންތައް ހިނގާފައިވާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން އެ ރިސްކް ނެގެން ނެތްކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިކަމާ ގުޅިގެން ޔުއެފާއިން ބުނެފައިވަނީ އެ އިދާރާއިން އެދެނީ މެހެމާނުންނަށް އަދި އެނޫންވެސް ފަރާތްތަކަށް އަމާން މާހައުލެއްގައި ތިބެގެން މެޗް ބަލާލުމުގެ ކަންކަން ހަމަޖެހިގެން ދިއުންކަމަށެވެ.

ޣައްޒާ ހަނގުރާމައާ ގުޅިގެން މުޅި ޔޫރަޕްގައިވެސް ވަނީ ޔަހޫދީންނާ ދެކޮޅު ހަރަކާތްތަކެއް ފަށާފައެވެ. މީގެ ތެރޭގައި ކުޅިވަރު ދަނޑުތަކުގައިވެސް އިސްރާއީލާ ދެކޮޅު ހަރަކާތްތައް ހިންގަމުންދެއެވެ. މިކަމާ ގުޅިގެން އިސްރާއީލް ސަޕޯޓަރުން ބުނެފައިވަނީ ޣައްޒާގައި ހިނގަމުންދާ ހަނގުރާމައާ ކުޅިވަރާ ގުޅުވެން ނެތްކަމަށެވެ. މިކަމަށް ރައްދުދެމުން ޔަހޫދީންނާ ދެކޮޅަށް ހަރަކާތްތައް ހިންގަމުންގެންދާ ފަރާތްތަކުން ބުނެފައިވަނީ، އިސްރާއީލް ސިފައިން ޣައްޒާގައި އަންހެނުންނާއި ކުޑަކުދިންގެ އިތުރުން ކުޅިވަރު އާއިލާތަކުގެ ފުރާނަ ގެއްލުވާލަމުންދާއިރު، އެއީ ހަނގުރާމައެއްކަމަށް މާނަކުރެވޭނެ އެއްވެސް ހަމައެއް ނޯންނާނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް