ހިދުމަތާއި އަލަށް ގުޅޭ ޑޮކްޓަރުންނާއި އައިޖީއެމްއެޗްގެ އިސް ޑޮކްޓަރުން
ހަބަރު
17 Oct 2025 | 20:32
ރާއްޖޭން ކިޔެވި 20 ޑޮކްޓަރުން ހިދުމަތަށް، ޔާމީންގެ ތަހުނިޔާ

ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ސިއްހީ ނިޒާމް ހަރުދަނާ ކޮށް ތަރައްގީ ކުރުމަށްޓަކައި، މީހުން ބިނާކުރުމަށް ފެށުނު މަސައްކަތުގެ ނަތީޖާ ފެންނަމުންދާތީ މިއަދު އުފާކުރައްވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) ގެ ސްކޫލް އޮފް މެޑިސިން ގައި ޑޮކްޓަރުކަން ކިޔެވި ފުރަތަމަ ބެޗްގެ ޑޮކްޓަރުން ހިދުމަތަށް ނިކުންނަން ތައްޔާރުވުމާއި ގުޅިގެން ކުރެއްވި ޕޯސްޓެއްގަ އެވެ. އެމްއެންޔޫގައި ޑޮކްޓަރުކަން ކިޔަވައިދޭން ފެށީ ރައީސް ޔާމީންގެ ވެރިކަމުގަ އެވެ.

ވިހި ދަރިވަރުން ހިމެނޭ ފުރަތަމަ ބެޗް ދަސްވެނިވީ އޮކްޓޫބަރު 31, 2024 ގަ އެވެ. އެ ދަރިވަރުން މިހާރު ވަނީ އަހަރު ދުވަހުގެ އިންޓާންޝިޕް ފުރިހަމަކޮށް ހިދުމަތަށް ނިކުންނަން ތައްޔާރުވެފަ އެވެ.

އެކަން ފާހަގަކުރައްވާ އެ ޑޮކްޓަރުންގެ ފޮޓޯއަކާއެކު ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ސިއްހީ ނިޒާމް ހަރުދަނާ ކޮށް ތަރައްގީ ކުރުމަށްޓަކައި، މީހުން ބިނާކުރުމަށް ފެށުނު މަސައްކަތުގެ ނަތީޖާ ފެންނަމުންދާތީ މިއަދު އުފާކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ ފައުމީ ހިދުމަތާ އަލަށް ގުޅުނު ދިވެހި ޑޮކްޓަރުންނަށް، ފަހުރުވެރިކަމާއެކު މަރުހަބާ އާއި ތަހުނިޔާ ދަންނަވާ ކަމަށެވެ.

އައިޖީއެމްއެޗް ހޮސްޕިޓަލުން ބުނީ ރާއްޖޭން ޑޮކްޓަރުކަން ކިޔެވި ފުރަތަމަ ބެޗްގެ ޑޮކްޓަރުން ހިދުމަތަށް ނިކުންނަން ތައްޔާރުވެފައިވާ ކަަމަށެވެ. އެކަމަށް ހާއްސަކޮށް ރަސްމިއްޔާތެއް ވެސް ވަނީ ބާއްވާފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.
25 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން، ރައީސް ތައުޒިޔާ ފޮނުއްވައިފި
މި ހިތާމަވެރި ދަނޑިވަޅުގައި، މަރްޙޫމުގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.