އިންތިހާބެއްގައި މީހަކު ވޯޓު ލަނީ -- ވޮއިސް ފޮޓޯ
ހަބަރު
19 Oct 2025 | 10:38
ކައުންސިލް އިންތިހާބު އަންނަ މާޗްމަހުގެ 28 ވަނަ ދުވަހު ބާއްވަނީ

ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު އަންނަ އަހަރުގެ މާރިޗު މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފައިވާކަން އިލެކްޝަންސް ކޮމިޝަން (އީސީ)ން ހާމަކޮށްފިއެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު ވިދާޅުވީ، މި އަންނަ އަހަރުގެ ޖެނުއަރީ 17 އިން ފެށިގެން އެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށާއި، އިންތިހާބު ބޭއްވުމަށް ނިންމައިފައިވަނީ މާރިޗު 28 ގައި ކަމަށެވެ.

ޒާހިދު ވަނީ އެ އިންތިހާބުގައި ކެނޑިޑެންސީ ފޯމު ހުށަހެޅުމުގެ ބަދަލުގައި އިލެކްޝަންސް ކޮމިޝަނުގެ ޕޯޓަލް މެދުވެރިކޮށް އެކަން ކުރެވޭނެ ކަން ފާހަގަކުރައްވާފައެވެ. އަދި އެކަން ޑިޖިޓަލައިޒް ކުރެވުމަކީ ހަރަދުކުޑަކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށް ވެސް ޒާހިދު ވިދާޅުވިއެވެ.

[ކައުންސިލް އިންތިހާބު] އެ އިންތިހާބަށް ކުރިމަތިލުމަށް ކަރުދާސް ފޯމު ހުށަހެޅުމުގެ ބަދަލުގައި، އީސީގެ ޕޯޓަލް މެދުވެރިކޮށް އެ މަރުހަލާ އޮންލައިން ކުރެވިގެންދާނެ. މިއީ އިދާރީ އިންތިޒާމްތައް ފަސޭހަކުރުމަށް ގެނައި ބަދަލެއް ކަމަށެވެ. އަދި ހަރަދުކުޑަކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް މުޙައްމަދު ޒާހިދު

ޒާހިދު ވަނީ އިންތިހާބުގެ އިދާރީ މަސައްކަތްތަކާއި ގުޅޭ ގޮތުން ވެސް މައުލޫމާތު ދެއްވާފައެވެ. އެގޮތުން އިންތިހާބުގެ އިދާރީ މަސައްކަތްތަކަށް 270 އެއްހާ މުވައްޒަފުން ބޭނުންވާނެ ކަމަށާއި، މިހާރު ވެސް އެ މުވައްޒަފުން ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށް ޒާހިދު ވިދާޅުވިއެވެ. 

ޒާހިދު ވިދާޅުވީ ޓްރެއިނަރުންގެ ގޮތުގައި ވެސް 110 މީހުން ބޭނުންވާ ކަމަށާއި މިހާރު ކުރިޔަށްދަނީ އިންތިހާބަށް ބޭނުންވާ މުވައްޒަފުންގެ ގޮތުގައި ކުރިމަތިލައިފައިވާ ފަރާތްތަކުގެ އިންޓަވިއުގެ މަސައްކަތް ކަމަށެވެ.

ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރާ ކަމަށާއި، އީސީގެ ޓީމުތައް އެ ރަށްތަކަށް ޒިޔާރަތްކޮށް އެ މަސައްކަތްތައް ކުރާނެކަން ވެސް ޒާހިދު ވަނީ ފާހަގަކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.
25 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން، ރައީސް ތައުޒިޔާ ފޮނުއްވައިފި
މި ހިތާމަވެރި ދަނޑިވަޅުގައި، މަރްޙޫމުގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.