ލަނޑުޖެހުމަށްފަހު މެންޗެސްޓަރ ޔުނައިޓެޑްގެ އެމްބެއުމޯ.. ފޮޓޯ: ޔުނައިޓެޑް
ކުޅިވަރު
19 Oct 2025 | 23:50
9 އަހަރަށްފަހު އެންފީލްޑްގައި ލިވަޕޫލް އަތުން ޔުނައިޓެޑަށް މޮޅެއް

އިނގިރޭސި ޕްރިމިއާ ލީގްގައި މިރޭ މެންޗެސްޓަރ ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރިމެޗް ކުރިން ހީކުރިގޮތާ ހިލާފަށް މެންޗެސްޓަރ ޔުނައިޓެޑް ކާމިޔާބުކޮށްފިއެވެ. 

ލިވަޕޫލްގެ އަމިއްލަ ދަނޑުކަމަށްވާ އެންފީލްޑްގައި ކުޅުނު މިމެޗް މެންޗެސްޓަރ ޔުނައިޓެޑް ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މެޗް ފަށައިގެން ދެވަނަ މިނެޓް ތެރޭގައި މެންޗެސްޓަރ ޔުނައިޓެޑުން ވަނީ ލީގް ނަގާފައެވެ. މިލަނޑު ކާމިޔާބުކޮށްދިނީ މި ސީޒަނުގައި ބްރެންޓްފަޑުން ޔުނައިޓެޑަށް ބަދަލުވި ކެމަރޫންގެ ފޯވާޑް ބްރަޔަން އެމްބެއުމޯ އެވެ. 

މެންޗެސްޓަރ ޔުނައިޓެޑުން ލަނޑެއް ޖަހައި މެޗްގެ ލީޑް ނަގާފައިވަނިކޮށް ލިވަޕޫލްގެ ފޯވާޑް، ކޯޑީ ގަކްޕޯ ވަނީ 78 ވަނަ މިނެޓް ތެރޭގައި ލަނޑެއް ޖަހައި މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗް އެއްވަރުވެފައިވަނިކޮށް މެންޗެސްޓަރ ޔުނައިޓެޑް މޮޅުކޮށްދިން ލަނޑު ޖަހައިދިނީ، 84 ވަނަ މިނެޓް ތެރޭގައި އިނގިރޭސި ޑިފެންޑަރު ހެރީ މެގުއާ އެވެ.

ރޭގެ މެޗް މެންޗެސްޓަރ ޔުނައިޓެޑް މޮޅުވިއިރު، މިއީ 2016 ވަނަ އަހަރަށްފަހު އެންފީލްޑްގައި ލިވަޕޫލާ ދެކޮޅަށް ކުޅެ މެންޗެސްޓަރ ޔުނައިޓެޑް މޮޅުވި ފުރަތަމަ ފަހަރެވެ. މެޗްގައި ލިވަޕޫލަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތައް ލިވަޕޫލަށް ލިބުނުއިރު، ސޮލާހްއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވެއެވެ.

މެޗަށްފަހު ބީބީސީއާ ވާހަކަދައްކަމުން މެންޗެސްޓަރ ޔުނައިޓެޑްގެ ކެޕްޓަން ބުރޫނޯ ފެނާންޑެޒް ބުނީ، މިއީ މުހިންމު މޮޅެއް ކަމަށާއި، އެންފީލްޑްގައި ލިވަޕޫލާ ދެކޮޅަށް ކުލެ މޮޅޫވުމަކީ ފަސޭހަކަމެއް ނޫންކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
420އަށް ވުރެ ގިނަ ފެތުންތެރިންނާއެކު ކާމިޔާބުކަމާއެކު ނިންމާލައިފި
މާލޭ ރަސްފަންނު ސަރަޙައްދުގައި މި އޮގަސްޓް މަހުގެ 21 އިން 22 އަށް ސްވިމް މޯލްޑިވްސް އިން އިންތިޒާމުކުރި މި މުބާރާތަކީ މާލޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އޯޕަން ވޯޓާ ފެތުމުގެ މުބާރާތެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުން ބައިވެރިވި ފެތުންތެރިންގެ ތެރޭގައި އުމުރުން ހަ އަހަރާއި 79 އަހަރާ ދެމެދުގެ މީހުން ހިމެނެއެވެ. މި މުބާރާތުގައި ކުރިއަށް ގެންގޮސްފައިވަނީ އެއް ކިލޯމީޓަރު 500 މީޓަރު އަދި 250 މީޓަރުގެ ރޭސްތަކެވެ.
24 Aug 2026
އިސްރާއީލުން ޣައްޒާއަށް ދިން ހަމަލާތަކުގައި 4 އަހަރުގެ ކުއްޖަކު ޝަހީދުކޮށްލައިފި
ފުރަތަމަ ހަމަލާ އަމާޒުވީ ޣައްޒާގެ މެދުތެރޭގައި އޮންނަ ޒަވާޔިދާ އަވަށުގެ ޢިމާރާތަކަށެވެ. އެ ހަމަލާގެ ސަބަބުން ވެއްޓުނު ކުނިބުނިތަކާއި ރޮކެޓް އެތިކޮޅުތައް ވަށައިގެން އެތައް މީޓަރަކަށް ފެތުރި މަދުވެގެން ހަ މީހަކު ޒަޚަމްވި ކަމަށް ސިއްހީ ޚިދުމަތްތެރިން ބުނެފައިވެއެވެ. ޒަޚަމްވި މީހުންގެ ތެރޭގައި ހިމެނޭ ހަތަރު އަހަރުގެ މުޙައްމަދު ޢަބްދުއްސަލާމް ޠާހާ ފަހުން ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނިކޮށް ޝަހީދުވެފައިވެއެވެ.
24 Aug 2026
އަނިޔާވި މީހުންގެ ތެރެއިން ދެމީހެއްގެ ހާލު ސީރިއަސް: ފުލުހުން
އަދި މި ހާދިސާގައި އަނިޔާވި 4 ބިދޭސީންނަށް އައިޖީއެމް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންދާ ކަމަށާ އެއީ ބަންގްލަދޭޝް 2 މީހުންނާއި އިންޑިއާ 2 މީހުން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.
23 Aug 2026
ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
އިންޖީނަށް މައްސަލައެއް ޖެހުނު ނަމަވެސް ބޯޓު ވަނީ ރައްކާތެރިކަމާއެކު އެމަޖެންސީގައި ވީއައިއޭއަށް ޖައްސާފައެވެ.
23 Aug 2026
ޕެންޝަން ފަންޑަކީ ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން: ޔަޒްމީދު
މީގެއިތުރުން، އެކުވެރި އަދި އެއްބައިވަންތަ ޓީމެއްގެ ގޮތުގައި، ހިތްހަމަޖެހުމާއެކު މަސައްކަތްކުރެވޭނެ ރަނގަޅު މާޙައުލެއް ބިނާކޮށްދެއްވާނެ ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.