ރައީސް ޑރ. މުޙައްމަދު މުޢިއްޒު މާވަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަަކަފުޅު ދައްކަވަނީ -- ރައީސް އޮފީސް
ހަބަރު
20 Oct 2025 | 13:14
މާވަށުގެ ސިއްޚީ ދާއިރާގެ ތަރައްގީގެ އަމާޒަކީ ހޮސްޕިޓަލެއްގެ ދަރަޖައަށް ޚިދުމަތް ދިނުން: ރައީސް

ލ. މާވަށުގެ ސިއްޙީ ދާއިރާ ތަރައްޤީކުރައްވާނީ ރައްޔިތުންގެ ބޭނުންތަކަށް އަމާޒުކޮށް، ހޮސްޕިޓަލެއްގެ ދަރަޖައަށް ޚިދުމަތް ދެވޭ ފެންވަރަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ހައްދުންމައްޗަށް ކުރައްވަމުންދާ ދަތުރުފުޅުގެ ފުރަތަމަ މަންޒިލް ކަމުގައިވާ މާވަށުގައި ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ސިއްޙީ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރެއްވުމަށްޓަކައި 4 އެނދުގެ ވޯޑަކާއި، ލެބޯޓްރީއަކާއި ޕަބްލިކް ހެލްތު ޔުނިޓެއް ޤާއިމްކުރެއްވުމުގެ މަސައްކަތް މިމަހު ތެރޭގައި ބަޔަކާ ހަވާލުކުރައްވާނެ ކަމަށެވެ.

އަދި ރަށަށް ޚާއްސަ ސީ އެމްބިއުލާންސެއްވެސް ހަމަޖައްސަވައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.

މީގެއިތުރުން، މާވަށުގައި ކުރިއަށްދާ 15 ހެކްޓަރުގެ ބިން ހިއްކުމުގެ މަޝްރޫޢުއަށް އިތުރު 15 ހެކްޓަރުގެ ބިން ހިއްކައި، ޖުމްލަ 30 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ހިއްކޭ ބިމުގައި ހައުސިން ޕްރޮޖެކްޓްތަކާއި، ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް ޤާއިމްކުރެއްވުމަށް ވަނީ ރޭއްވެވިފައެވެ.

ވާހަކަފުޅު ނިންމަވާލައްވަމުން ރައީސް ވިދާޅުވީ، ލ. އަތޮޅަށް އިތުރު އެއާޕޯޓެއް ގާއިމްކުރެއްވުމަށް ވަނީ ނިންމަވާފައި ކަމަށާއި، އެއާޕޯޓް އަޅުއްވާނެ ސަރަހައްދެއް އަވަހަށް ކަނޑައަޅުއްވައި، އެ މަޝްރޫޢު ފެއްޓެވުމަށް ރާއްވަވާފައިވާ ކަން ހާމަކުރައްވާފައެވެ. އެއާޕޯޓް އެޅުއްވުމަށް ސަރަހައްދެއް ކަނޑައަޅުއްވާނީ ދަތުރުފަތުރާއި، ރަށުގެ އިޤްތިޞާދު އަދި ޓޫރިޒަމްގެ ދާއިރާއަށް އެންމެ ފައިދާހުރި ގޮތަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ މި ދަތުރުފުޅުގައި މާވަށުގައި ކުޅިވަރު، ތަޢުލީމު، މަސްވެރިކަން އަދި މަގު ހެދުން ފަދަ 11 މުހިންމު މަޝްރޫޢެއް ވަނީ ފައްޓަވާފައެވެ. މީގެ ތެރެއިން 8 މަޝްރޫޢެއްގެ އަމަލީ މަސައްކަތް ވަނީ ފެށިފައިވާއިރު، 3 މަޝްރޫޢެއްގެ އެއްބަސްވުމުގައި ވަނީ ސޮއިކުރެވިފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.
25 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން، ރައީސް ތައުޒިޔާ ފޮނުއްވައިފި
މި ހިތާމަވެރި ދަނޑިވަޅުގައި، މަރްޙޫމުގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.