އިދިކޮޅު އެމްޑީޕީގެ ލީޑާޝިޕްގެ ބޭފުޅުން -- ވޮއިސް ފޮޓޯ
ހަބަރު
20 Oct 2025 | 14:02
ބިލިއަނުން ފައިސާ ހޯދަން ސަރުކާރުން ކުރަނީ ނުރައްކާތެރިކަމެއް، މިކަން ހުއްޓާލަންޖެހޭ: އެމްޑީޕީ

ސަރުކާރުން 2.5 ބިލިއަން ރުފިޔާ ޗާޕުކޮށް ޕެންޝަން ފަންޑު މެދުވެރިކޮށް އެ ފައިސާ ނެގުމަށް ނިންމި ނިންމުމަކީ ނުރައްކާތެރި ކަމެއް ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ސަރުކާރަށް ފާޑުކިޔައިފިއެވެ.

 މިއަދު އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ، ފައިސާ ޗާޕު ނުކުރުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ރައްޔިތުންނަށް ވެވަޑައިގެންފައިވާ މުހިންމު ވައުދެއް ކަމަށާއި، ނަމަވެސް ސަރުކާރުގެ ހަރުދަނާ ސިޔާސަތެއް ނެތުމާއި ވެރިންގެ ނާޤާބިލުކަމުގެ ސަބަބުން ބޭރުން ފައިސާ ހޯދަން ނުކުޅެދި، އެތެރެއިން ފައިސާ ހޯދާނެ އިތުރު ގޮތްތައް ބަންދުވެފައިވާ ކަމަށެވެ.

އެމްޑީޕީން ވަނީ ސަރުކާރުގެ އެ ނިންމުމަކީ މިހައިތަނަށް ޕެންޝަން ފަންޑުން އިންވެސްޓްކުރުމުގައި ގެންގުޅެމުން އައި ހުރިހާ ހަމަތަކެއް މުގުރާލައި، ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް، އެ ފަންޑުގައި ހުރި ފައިސާ ސަރުކާރަށް ނަގަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިސްވެ އޮވެ ކުރުވަމުންދާ މަސައްކަތެއް ކަމަށް ބުނެފައެވެ. 

އަދި އެ ކަމަކީ މީގެ ދެމަސްދުވަސް ކުރިން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އިޢުލާނުކުރި މަނިޓަރީ ޕޮލިސީއާވެސް ކަނޑައެޅިގެން ޚިލާފު ކަމެއް ކަމަށާއި، މިއީ ޤުދުރަތީ ކާރިސާއެއް ނުވަތަ އިޤްތިޞާދަށް ބޮޑު ހީނަރުކަމެއް މެދުވެރިވުން ފަދަ ޚާއްޞަ ހާލަތެއް ކުރިމަތި ނުވަނީސް، ޤާނޫނީ ގޮތުން ކަނޑައަޅާފައިވާ ހަމަތަކާއި އުސޫލުތަކާ ޚިލާފަށް ހިންގާ ޣައިރު ޤާނޫނީ ޢަމަލެއް ކަމަށް ވެސް އެމްޑީޕީން ބުނެފައިވެއެވެ.

މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑު-19 ގެ ކުއްލި ވަބާއާއެކު، މުޅި ދުނިޔޭގެ ދަތުރުފަތުރު ހުއްޓުމަކަށް އައުމުގެ ސަބަބުން، ރާއްޖެއަށް ޓޫރިސްޓުން އައުން މުޅިން ހުއްޓުނެވެ. ރާއްޖޭގެ އެންމެ ބޮޑު ސިނާއަތް ކަމަށްވާ ޓޫރިޒަމް ހުއްޓުމަކަށް އައުމުގެ ނަތީޖާއެއްގެ ގޮތުން، ދައުލަތުގެ އާމްދަނީ އެތައް ގުނައެއް ދަށަށް ދިޔައެވެ. އެހެންނަމަވެސް، ރައްޔިތުންނަށް ބޭނުންވާ ކާޑުގެ ބާވަތްތަކާއި، ތެލާއި، ގޭހާއި ބޭސްފަދަ ޒަރޫރީ ތަކެތި ލިބުން ހުއްޓުމަކަށް ނާންނާނެކަން ސަރުކާރުން ކަށަވަރުކޮށްފައިވެއެވެ. 

އެމްޑީޕީ

އެމްޑީޕީން ބުނީ، އެ ދުވަސްވަރު ޚަރަދުތައް ހަމަޖައްސަން ޖެހުނީ އެމްއެމްއޭއިން އެޑްވާންސްކޮށް ފައިސާ ނަގައިގެން ކަމަށާއި، އެއީ، ޤާނޫނުގައި ބަޔާންކޮށްފައިވާ، ޤުދުރަތީ ކާރިސާއެއް މެދުވެރިވުން އަދި އިޤްތިޞާދަށް ބޮޑު ހީނަރުކަމެއް ދިމާވުން، މި ދެ ހާލަތު އެއްފަހަރާ ކުރިމަތިވެފައިވާތީ، އެ ގޮތަށް ފައިސާ ނެގުމަށް ޤާނޫނުން ލިބޭ ފުރުސަތުގެ ތެރެއިން، ޒިންމާދާރުކަމާއެކު އެޅި ފިޔަވަޅެއް ކަމަށް އެމްޑީޕީން ބުންޏެވެ. 

އެހެންނަމަވެސް، މި ސަރުކާރުން ކުއްލިއަކަށް 2.5 ބިލިއަން ރުފިޔާ ޗާޕުކުރަން ނިންމައިފައި މި ވަނީ، ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ، 2025 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި، ދައުލަތަށް ފައިސާ ހޯދާނެ ކަމަށް މިނިސްޓަރ އޮފް ފިނޭންސް ބަޔާންކޮށްފައިވާ ކަންކަމާއި ޚިލާފަށް ކަމަށް ވެސް އެމްޑީޕީން ބުންޏެވެ. 

 އެ ފަދަ މުއާމަލާތެއް ހިންގައިގެން ދައުލަތުގެ މަރުކަޒީ ބޭންކުން ސަރުކާރަށް ފައިސާ ނެގުމަކީ، ޤާނޫނީގޮތުން ކަނޑައަޅައިފައިވާ ހަމަތަކާއި އުސޫލުތައް އެއްފަރާތްކޮށް، އެ ހަމަތަކާއި އުސޫލުތަކާއި ކަނޑައެޅިގެން ހިލާފަށް ހިންގާ ޢައިރުޤާނޫނީ ޢަމަލެކެވެ. އަދި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ބޯޑު މެންބަރުން އަދި ޕެންޝަން ފަންޑުގެ ބޯޑު މެންބަރުން، ސަރުކާރުގެ މި ފަދަ ޢައިރުޤާނޫނީ ކަންކަމުގައި ބައިވެރިވެ، އެއްބާރުލުން ދިނުމަކީ މި ޕާޓީން ބަލައިގަންނާނެ ކަމެއް ނޫނެވެ.

އެމްޑީޕީ

އެމްޑީޕީން ވަނީ އެކަމުގެ ސަބަބުން ދިވެހި ރުފިޔާގެ އަގު ދަށްވެ، ބޭރު ފައިސާގެ އަގު އިތުރަށް މަތިވެދާނެ ކަމުގައި ފާހަގަކޮށް،  މިހާރުން މިހާރަށް މި މަސައްކަތް ހުއްޓާލުމަށް ސަރުކާރަށް ގޮވާލާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.
25 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން، ރައީސް ތައުޒިޔާ ފޮނުއްވައިފި
މި ހިތާމަވެރި ދަނޑިވަޅުގައި، މަރްޙޫމުގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.