ޢަބްދުﷲ ޝާހިދު
ހަބަރު
20 Oct 2025 | 14:33
އިޤްތިޞާދު ހަލާކުވާނެކަންކަން ނުކުރަން ޝާހިދު އެމް.އެމް.އޭ އަށް ގޮވާލައްވައިފި

ސަރުކާރުގެ ޓްރެޝަރީ ބޮންޑް ގަތުމަށް މަގުފަހިކުރުމަށް، މަރުކަޒީ ބޭންކް އެމް.އެމް.އޭ އިން ޕެންޝަން ފަންޑަށް 2.5 ބިލިއަން ރުފިޔާ އިންޖެކްޓްކުރުމަށް ނިންމާފައިވާކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ކޮވިޑް-19 ގެ ދުވަސްވަރު ދިމާވި އިޤްތިޞާދީ ކާރިސާގެ ސަބަބުން އޭރުގެ ސަރުކާރަށް ޚާއްސަ ފިޔަވަޅުތަކެއް އަޅަން ޖެހުނުނަމަވެސް، މިއަދު އެފަދަ ޙާލަތެއް ނެތްކަމަށާއި، ސަރުކާރުން އަޅާ ފިޔަވަޅުތަކުން އިޤްތިޞާދަށް ކުރާނީ ނޭދެވޭ އަސަރުކަމަށެވެ. އެގޮތުން ތަކެތީގެ އަގު ބޮޑުވެ، ދިވެހި ރުފިޔާގެ އަގު ދަށްވެ، އެމެރިކާ ޑޮލަރަށް ރާއްޖޭގެ ބާޒާރުގައި އޮންނަ ޑިމާންޑް އިތުރުވުމާއެކު، އިޤްތިޞާދުގެ ހަމަޖެހުން ގެއްލިދާނެކަމުގެ ބިރު އެބައޮތްކަމަށް ޝާހިދު ފާހަގަކުރެއްވިއެވެ.

ސަރުކާރުން ކުރާ ޒިންމާދާރުކަންކުޑަ އަމަލުތަކުގެ ސަބަބުން ދިވެހި ރައްޔިތުންނަށް އޭގެ ބުރަ އުފުއްލަން ޖެހިގެން ނުވާނެކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.އަދި ފައިސާ ޗާޕުކުރަން އުޅެނީ ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނައި ކަނޑައަޅާފައިވާ އިންތަކާއި އުޞޫލުތަކުގެ ބޭރުންކަމަށްވުމާއެކު، ސަރުކާރުގެ މިއަމަލަކީ ނުރައްކާތެރި އަދި ޤާނޫނާއި ޚިލާފު އަމަލެއްގެ ގޮތުގައިވެސް ޝާހިދު ސިފަކުރެއްވިއެވެ.

ޝާހިދު މަރުކަޒީ ބޭންކަށް ގޮވާލެއްވީ ބާޒާރުގެ އަގުތައް ހިފަހައްޓައި، އިޤްތިޞާދު ހަމަމަގަށް އެޅުވުމަށް އެމް.އެމް.އޭގެ މައްޗަށް އޮތް ޒިންމާ އަދާކުރެއްވުމަށެވެ. އަދި ޒިންމާދާރުކަމެއް ނެތް މާލީ އަދި އިޤްތިޞާދީ ފިޔަވަޅުތައް ނޭޅުމަށްވެސް ޝާހިދު ގޮވާލެއްވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.
25 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން، ރައީސް ތައުޒިޔާ ފޮނުއްވައިފި
މި ހިތާމަވެރި ދަނޑިވަޅުގައި، މަރްޙޫމުގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.