ޝަހީދު އަލީ ސްކޫލް ހުންނާނޭގޮތުގެ ނަމޫނާއެއް...
ހަބަރު
20 Oct 2025 | 18:48
ޝަހީދު އަލީ ސްކޫލަށް ވަންނަން ބޭނުންވާ ދަރިވަރުންނަށް ފުރުސަތު ހުޅުވާލައިފި

ހުޅުމާލޭ ފޭސް ދޭއްގައި އިމާރާތްކުރަމުން އަންނަ ޝަހީދު އަލީ ސްކޫލަށް ވަންނަން ބޭނުންވާ ދަރިވަރުންނަށް ފުރުސަތު އެޑިއުކޭޝަން މިނިސްޓްރީން މިއަދު އާއްމުކޮށް ހުޅުވާލައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނީ، ޝަހީދު އަލީ ސްކޫލްގެ ގްރޭޑް 1 ކުން 10 އަކަށް ދަރިވަރުން ވެއްދުމަށް މިހާރު ހުޅުވާާފައިވާކަމަށެވެ. އެގޮތުން މިހާރު މާލެ ސަރަހައްދު ހިމެނޭހެން ދިވެހިރާއްޖޭގެ ހުރިހާ ސްކޫލްތަކުން ޝަހީދު އަލީ ސްކޫލަށް ދަރިވަރުން ވެއްދުމަށް އެ ދަރިވަރަކު ކިޔަވަމުން އަންނަ ސްކޫލުން ފޯމް ހުށަހެޅޭނެކަމަށް އެޑިއުކޭޝަނުން ބުނެއެވެ.

މިނިސްޓްރީން ވަނީ މީގެ ކުރިން ޝަހީދު އަލީ ސްކޫލަށް ބަދަލުވާން ބޭނުންވާ ދަރިވަރުންނަށް މިދިޔަ މަހު އެ ފުރުސަތު ހުޅުވާލާފައެވެ. މީގެ ކުރިން ތައުލީމާބެހޭ ވަޒީރު ޑރ.އިސްމާއީލް ޝަފީއު ވިދާޅުވެފައިވަނީ، ޝަހީދު އަލީ ސްކޫލަށް ވަނުމަށް އެދި ވަރަށް ބޮޑު ޑިމާންޑެއް އެބައޮތްކަމަށާއި، ފޭސް ދޭކުން އެ ސްކޫލަށް ވަނުމަށް ބޭނުންވާ ހުރިހާ ކުދިންނަށް ޖާގަ ލިބޭނޭކަމަށެވެ.

ޝަހީދު އަލީ ސްކޫލްގެ ބޮޑު ބައެއް ވަނީ ނިމިފައި..

ޝަހީދު އަލީ ސްކޫލް އިމާރާތްކުރަން ފަށާފައިވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައެވެ. ޝަހީދު އަލީ ސްކޫލަކީ 1500 ދަރިވަރުންގެ ޖާގައިގެ ސްކޫލެކެވެ. މި ސްކޫލުގައި 54 ކްލާސްރޫމް ހުންނައިރު، ކުރިއަށްއޮތް ދިރާސީ އަހަރު އެ ސްކޫލުގެ ކިޔެވުން ފަށާނޭކަމަށް އެޑިއުކޭޝަނުން ވަނީ ބުނެފައެވެ. 

ހުޅުމާލޭ ފޭސް ދޭއްގައި ދާއިމީ ސްކޫލެއްގެ ގޮތުގައި މިހާތަނަށް ބިނާކޮށްފައިވަނީ ސަލާހުއްދީން ސްކޫލް އެކަންޏެވެ. ވަގުތީ ސްކޫލެއްގެ ގޮތުގައި ކާމިލްދީދީގައި ކިޔަވައިދެމުން ދިޔަނަމަވެސް ފޭސް ދޭއްގެ ވަރަށްގިނަ ކުދިން އަދިވެސް ކިޔަވަންދަނީ ފޭސް އެކެއްގައި ހުންނަ ސްކޫލްތަކުގެ އިތުރުން މާލޭގެ ސްކޫލްތަކަށެވެ. އެގޮތުން ހުޅުމާލޭގެ ދެވަނަ ފޭހުން އެކަނިވެސް މާލެއަށް 900 އެއްހާ ކުދިން ކިޔަވަންދާކަމަށް އެޑިއުކޭޝަން މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.


ކޮމެންޓް
ގުޅޭ ލިޔުންތައް
01 Aug 2026
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ މިފަހަރު ލައްވާލީ އެންމެ ވަރުގަދަ ގްރޫއްޕްގައި
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ބަންގްލަދޭޝްގައެވެ. މުބާރާތް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ނޮވެމްބަރުމަހުގެ 4 ކުން ފެށިގެން 17 ގެ ނިޔަލަށެވެ.
01 Aug 2026
ސިފައިންގެ 73 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުން ބާއްވައިފި
01 Aug 2026
އޮމަދޫ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ކުރިއަށް
01 Aug 2026
ރެސިޑެންސީ ޕްރޮގްރާމުން ރާއްޖެއަށް ވާނީ ފައިދާ: ނަޝީދު
ރައީސް ނަޝީދު ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ ރެސިޑެންސީ ޕްރޮގްރާމަކީ ރާއްޖެއަށް ނުހަނު ފައިދާވާނޭ ޕްރޮގްރާމެއް ކަމަށެވެ
01 Aug 2026
ވިއްސާރައިގައި ފޭދޫގެ ދެ ގެއަކަށާއި ދެ ރަށަކަށް އުދައިގެ ގެއްލުން ލިބިއްޖެ
ޑިޒާސްޓާއިން މއިަދު ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ އުދައެރުމުގެ ސަބަބުން އައްޑޫ ސިޓީ ފޭދޫގެ ދެ ގެއަކަށް ގެއްލުން ލިބި ދ. ރިނބިދޫ އާއި ލ. އިސްދޫއަށް އުދައިގެ އަސަރުކޮށްފައިވާ ކަމަށެވެ
01 Aug 2026
ކުރިއަށްއޮތް ދޮޅުއަހަރު ތެރޭގައި ސްމާޓް އައިޑީކާޑް ތައާރަފްކުރަނީ
އާ ކާޑު ފަރުމާކުރެވޭނީ ފައިސާގެ މުޢާމަލާތްތައް ހިންގުމާ އެކު ތަފާތު ޚިދުމަތްތައް ވެސް ލިބޭ ފަދަ ލުއިފަސޭހަ ނިޒާމެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ
01 Aug 2026
ރާއްޖެ އާއި ތުރުކީއާ ދެެމެދު ވެފައިވާ ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓަށް އަމަލުކުރަން ފަށައިފި
ދެ ޤައުމުގެ ދެމެދުގައި ވެވުނު މި އެއްބަސްވުމުގެ ދަށުން ޖުމްލަ 75 ބާވަތަކުން ވިޔަފާރީގެ ލުއިތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ސަބަބުން، 85 މިލިއަނަށްވުރެ ގިނަ ކަސްޓަމަރުންގެ މާކެޓެއް އޮތް ތުރުކީވިލާތަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް ބޭރުކުރުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނޭކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ
01 Aug 2026
ނިއު ބަލިކޮށް މާޒިޔާ ކޮމިޔުނިޓީ ޝީލްޑް މެޗް ކާމިޔާބުކޮށްފި
މެޗްގެ ފުރިހަމަ ވަގުތު ކުޅުން ނިމުނުއިރު ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ.