ޙައްޖުގެ އަޅުކަމުގެ ތެރެއިން
ހަބަރު
21 Oct 2025 | 17:01
ހައްޖަށް ދިއުމަށް ގަސްތުކުރާ މީހުން ސިއްހީގޮތުން ކަށަވަރުކުރަންޖެހޭ ކަންކަމަށް ސަމާލުވުމަށް އެދިއްޖެ

1447 ވަނަ އަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ގަސްތުކުރާ ފަރާތްތަކުން ޞިއްޙީގޮތުން ފުރިހަމަވާންޖެހޭ ޝަރުޠުތަކަށް ސަމާލުވުމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން އެދިއްޖެއެވެ.

ސައުދީ ސަރުކާރުން ވަނީ އަންނަ އަހަރުގެ ހައްޖު މޫސުމުގައި ބޮޑެތި ބަލިތައް ހުންނަ މީހުންނަށް ހައްޖުވިސާ ނުދޭގޮތަށް ނިންމާފައެވެ. އެކަންކަން ގޮތަށް ނިންމާފައިވަނީ ހައްޖަށްދާ މީހުންނަށް ހައްޖުގެ އަޅުކަން އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށް ކުރަމުންގެންދާ މަސައްކަތުގެ ތެރެއިންނެވެ. ސައުދީ ސަރުކާރުން ވަނީ އެކުލަވާލި އުސޫލްތައް ޙައްޖުވެރިން ދަތުރުކުރާ ޤައުމުތަކުގެ ކަމާބެހޭ އިދާރާތަކާ ހިއްސާކޮށްފައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އެ އުސޫލްތައް މިއަދު އާއްމުކޮށްފައެވެ. މިކަމާ ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީން ވަނީ ސައުދީގެ ކަމާބެހޭ ފަރާތްތަކުން ކަނދައެޅި އުސޫލްތަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

ޙައްޖަށް ދިއުމަށް ވިސާ ނުލިބޭ ކަންކަމުގެ ތެރޭގައި:

- ފުއްޕާމޭގެ ބައްޔެއްގެ ސަބަބުން ދާއިމީކޮށް އޮކްސިޖަން ބޭނުންކުރަންޖެހޭ މީހުން

- ފުރަމޭގެ ސިރޯސިސް ތަޙައްމަލްކުރާ މީހުން

- ކިޑްނީ ފެއިލްވެގެން ޑައިލަސިސް ހަދާމީހުން

- ނަފްސާނީ ބަލީގެ ސަބަބުން ވިސްނުމަށް ނުވަތަ ބުއްދިއަށް އަސަރުކޮށްފައިވާ މީހުން

- ޑިމެންޝިއާ ތަހައްމަލުކުރަމުންދާ މީހުން

- ވިހެއުމުގެ ރިސްކު އޮންނަ މީހުން

- ކީމޯ ތެރަޕީ ނުވަތަ ބަޔޮލޮޖިކަލް ތެރަޕީ ނަގަމުންދާ ކެންސަރު ބަލީގެ މީހުން

- ޓީބީ އާއި ހެމަރޭޖިކް ފީވަރ ފަދަ ޢާންމު ޞިއްޙަތަށް ނުރައްކާވެދާނެ ބަލިތައް ޖެހިފައިވާ ފަރާތްތައް 

މިކަމާ ގުޅިގެން ހައްޖު ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލްވިދާޅުވެފައިވަނީ ހައްޖަށްދިއުމަށް ފުރުސަތު ލިބޭ ފަރާތްތަކަށް ދުރާލައި މެޑިކަލް ޓެސްޓްތައް ހެދުމަށް އަންގާނެކަމަށް ވިދާޅުވެފައެވެ. އެގޮތުން ސައުދީން ވިސާލިބުމުގެ ކަންކަން ހަމަޖައްސަނީ އެ ރިޕޯޓްތަކުގެ ނަތީޖާތަކަށް ބަލައިގެންކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
01 Aug 2026
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ މިފަހަރު ލައްވާލީ އެންމެ ވަރުގަދަ ގްރޫއްޕްގައި
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ބަންގްލަދޭޝްގައެވެ. މުބާރާތް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ނޮވެމްބަރުމަހުގެ 4 ކުން ފެށިގެން 17 ގެ ނިޔަލަށެވެ.
01 Aug 2026
ސިފައިންގެ 73 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުން ބާއްވައިފި
01 Aug 2026
އޮމަދޫ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ކުރިއަށް
01 Aug 2026
ރެސިޑެންސީ ޕްރޮގްރާމުން ރާއްޖެއަށް ވާނީ ފައިދާ: ނަޝީދު
ރައީސް ނަޝީދު ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ ރެސިޑެންސީ ޕްރޮގްރާމަކީ ރާއްޖެއަށް ނުހަނު ފައިދާވާނޭ ޕްރޮގްރާމެއް ކަމަށެވެ
01 Aug 2026
ވިއްސާރައިގައި ފޭދޫގެ ދެ ގެއަކަށާއި ދެ ރަށަކަށް އުދައިގެ ގެއްލުން ލިބިއްޖެ
ޑިޒާސްޓާއިން މއިަދު ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ އުދައެރުމުގެ ސަބަބުން އައްޑޫ ސިޓީ ފޭދޫގެ ދެ ގެއަކަށް ގެއްލުން ލިބި ދ. ރިނބިދޫ އާއި ލ. އިސްދޫއަށް އުދައިގެ އަސަރުކޮށްފައިވާ ކަމަށެވެ
01 Aug 2026
ކުރިއަށްއޮތް ދޮޅުއަހަރު ތެރޭގައި ސްމާޓް އައިޑީކާޑް ތައާރަފްކުރަނީ
އާ ކާޑު ފަރުމާކުރެވޭނީ ފައިސާގެ މުޢާމަލާތްތައް ހިންގުމާ އެކު ތަފާތު ޚިދުމަތްތައް ވެސް ލިބޭ ފަދަ ލުއިފަސޭހަ ނިޒާމެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ
01 Aug 2026
ރާއްޖެ އާއި ތުރުކީއާ ދެެމެދު ވެފައިވާ ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓަށް އަމަލުކުރަން ފަށައިފި
ދެ ޤައުމުގެ ދެމެދުގައި ވެވުނު މި އެއްބަސްވުމުގެ ދަށުން ޖުމްލަ 75 ބާވަތަކުން ވިޔަފާރީގެ ލުއިތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ސަބަބުން، 85 މިލިއަނަށްވުރެ ގިނަ ކަސްޓަމަރުންގެ މާކެޓެއް އޮތް ތުރުކީވިލާތަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް ބޭރުކުރުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނޭކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ
01 Aug 2026
ނިއު ބަލިކޮށް މާޒިޔާ ކޮމިޔުނިޓީ ޝީލްޑް މެޗް ކާމިޔާބުކޮށްފި
މެޗްގެ ފުރިހަމަ ވަގުތު ކުޅުން ނިމުނުއިރު ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ.