އެޗްޑީސީ
ހަބަރު
21 Oct 2025 | 16:30
އެޗްޑީސީގައިވާ ސަރުކާރުގެ ދަރަނި 10 ބިލިއަން ރުފިޔާގައި

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީގައިވާ ސަރުކާރުގެ ދަރަނި 10 ބިލިއަން ރުފިޔާއަށް އަރާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

އެޗްޑީސީގެ މާލީހާލަތު މިހާރު އޮތްގޮތް އަންގައިދިނުމުގެ ގޮތުން އެކުންފުނިން މާލިއްޔަތު ކޮމިޓީއާ ހިއްސާކުރި ރިޕޯޓްގައި ބުނެފައިވަނީ އެޗްޑީސީއަށް ލިބެންޖެހޭ ފައިސާގެ ތެރޭގައި ސަރުކާރުން ދައްކަންޖެހޭ 10 ބިލިއަން ރުފިޔާ ހިމެނޭކަމަށެވެ. އެޗްޑީސީގައިވާ ސަރުކާރުގެ ދަރަނި އެހާބޮޑަށް އަރައިގެން ދިޔައީ ބިންވެރިޔާ ސްކީމްގެ ދަށުން ހިލޭ ގެވަޅު ދޫކުރުމުގެ އިތުރުން ފްލެޓްތަކުގެ ކުލި ކުޑަކުރުމުގެ ސަބަބުންކަމަށެވެ. 

މާލިއްޔަތު ކޮމިޓީގެ މެމްބަރުން.. ފޮޓޯ: މަޖިލިސް

އެޗްޑީސީން ހުށަހެޅި ރިޕޯޓާ ގުޅޭގޮތުން ވާހަކަދައްކަވަމުން މަޖިލީހުގެ ނައިބު ރައީސް އަދި އެ ކޮމިޓީގެ މެމްބަރު އަހުމަދު ނާޒިމް ވިދާޅުވީ، އެޗްޑީސީގެ މާލީހާލަތު ވަރަށް ރަނގަޅަށް ވަޒަން ކުރެވިފައިވާކަމަށެވެ. ނާޒިމް ވިދާޅުވީ ގޯތި ދިނުމުގެ ސަބަބުން އެޗްޑީސީއަށް ވަރަށްބޮޑު ގެއްލުމެއް ލިބިފައިވާކަމަށް ރިޕޯޓުން އެނގެން އޮންނަކަމަށާއި، ކުލިތައް ލުއިކޮށްދިނުމުގެ ސަބަބުންވެސް ގާތްގަނޑަކަށް 4 ބިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާކަމަށެވެ.

ސަރުކާރުން އުފުލަންޖެހިފައިއޮތް ވަރަށްބޮޑު ބުރައެއްކަމަށް އަޅުގަނޑަށް ފެންނަނީ. ކުލި ކުޑަކޮށްދިނުމާއި އެގޮތަށް ބިން ދިނުމަކީ.

އަހުމަދު ނާޒިމް

ނާޒިމް ވިދާޅުވީ އެޗްޑިސީގެ ކޮމާޝަލް ކަސްޓަމަރުންގެ ގޮތުގައި 571 ކަސްޓަމަރުން ތިބިއިރު، ޖޫރިމަނާ ނުލައި އެފަރާތްތަކުންވެސް 976 މިލިއަން ރުފިޔާ ދައްކަންޖެހޭކަމަށް ރިޕޯޓުން އެނގެން އޮންނަ ކަމަށެވެ. ނާޒިމް ވަނީ ކޮމާޝަލް ކަސްޓަމަރުން ދައްކަންޖެހޭ ފައިސާގެ އަދަދު ބިލިއަނަކަށް އަރައިގެންދިޔައިރު މިކަމުގައި އެޗްޑީސީން ގެންގުޅެމުންދާ އުސޫލަކީ ކޮބައިތޯ ސުވާލުކުރައްވާފައެވެ.

މާލިއްޔަތު ކޮމިޓީގައި ވާހަކަދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު ކޮމިޓީގައި ވާހަކަދައްކަވަމުން ވަނީ އެޗްޑީސީއަށް ލިބެންޖެހޭ ފައިސާ ހޯދުމުގެ ކަންކަން ކުރިއަށްދާގޮތް ސާފުކޮށްދެއްވާފައެވެ. އެގޮތުން މަރުކަޒީ ބޭންކްގެ އިތުރުން ކޮމާޝަލް ބޭންކްތަކާ ގުޅިގެން ފައިސާ ހޯދުމުގައި އުސޫލްތަކެއް އެކުލަވާލާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

މާލިއްޔަތު ކޮމިޓީގައި އެޗްޑީސީގެ ވެރިން.. ފޮޓޯ: މަޖިލިސް

އެޗްޑީސީގެ ކަސްޓަމަރުން އެމްއެމްއޭގެ ކްރެޑިޓް ޑޭޓާ ރަޖިސްޓްރޭޝަންގައި ހިމަނައި ފައިސާ ހޯދުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން އެޗްޑީސީއަށް ލިބެންޖެހޭ ފައިސާގެ ތެރެއިން އޮގަސްޓްމަހުގެ ނިޔަލަށް މިހާތަނަށް 223 މިލިއަން ރުފިޔާ ހޯދިފައިވާ ޒުހައިރު ވިދާޅުވިއެވެ. އެގޮތުން މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ކުރިއެރުމެއްކަމަށް އޭނާ ވިދާޅުވިއެވެ. އެޗްޑީސީއަށް ނުލިބިވާ ފައިސާ ހޯދުމަށް މިދިޔަ އަހަރު ކުރެވުނު މަސައްކަތުން ހޯދިފައިވަނީ 220 މިލިއަން ރުފިޔާއެވެ. މިއަހަރުގެ ކުރިއަށް އޮތް މުއްދަތަށް ބަލައި އަހަރު ނިމޭއިރު، ލިބުނު ފައިސާގެ އަދަދު އެދެވޭ މިންވަރަކަށް އިތުރުވެގެންދާނޭކަން އޭނާ ފާހަގަކުރެއްވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.
25 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން، ރައީސް ތައުޒިޔާ ފޮނުއްވައިފި
މި ހިތާމަވެރި ދަނޑިވަޅުގައި، މަރްޙޫމުގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.