އަޔެކްސް މެޗަށް އިސްރާއީލް ސަޕޯޓަރަކު ދަނޑަށް ވަންނަން ދަނީ..
ކުޅިވަރު
21 Oct 2025 | 22:15
އެސްޓަން ވިލާ، މެކަބީ މެޗްގައި ސްޓޭޑިއަމަށް އިސްރާއީލް ދިދަ ނުވެއްދޭނެ

ޔުއެފާ ޔޫރޮޕާ ލީގްގައި އެސްޓަން ވިލާ އާއި މެކަބީ ތެލްއަވީވް ބައްދަލުކުރާ މެޗަށް އިސްރާއީލް ދިދަ ވެއްދުން މަނާކޮށްފިއެވެ.

ޔޫރަޕާ ލީގްގައި އަންނަ ނޮވެމްބަރުމަހުގެ 7 ވަނަ ދުވަހު މި ދެޓީމް ކުޅުމަށް ހަމަޖެހިފައިވާ މެޗާހެދި އިނގިރޭސިވިލާތާއި އިސްރާއީލްގެ ގުޅުން ވަނީ ވަރަށްބޮޑަށް ގޯސްވެފައެވެ.

ދެ ޤައުމުގެ ގުޅުން ގޯސްވެފައިވަނީ އިނގިރޭސިވިލާތުގައި ކުޅުމަށް ހަމަޖެހިފައިވާ މެޗަށް އިސްރާއީލްގެ ސަޕޯޓަރުން ނުވެއްދުމަށް އެސްޓަން ވިލާއިން ނިންމުމާ ގުޅިގެންނެވެ. އެޓީމުން އެގޮތަށް ނިންމީ މެކަބީ ތެލް އަވީވްގެ ސަޕޯޓަރުން ދަނޑަށް ނުވެއްދުމަށް ވެސްޓް މިޑްލޭންޑްގެ ޕޮލިހުން އެންގުމާ ގުޅިގެންނެވެ. ފުލުހުން އެގޮތަށް ނިންމީ އިސްރާއީލް ސަޕޯޓަރުންނާހެދި ސްޓޭޑިއަމްގައި ހަމަނުޖެހުމެއް އުފެދިދާނެތީއެވެ. އެންމެފަހުން ނެދަލޭންޑްސްގައި އަޔެކްސްއާ އިސްރާއީލްގެ ޓީމަކާ ކުޅުނު މެޗްގައި ސަޕޯޓަރުންގެ މެދުގައި ވަނީ ބޮޑެތި ހަމަނުޖެހުންތަކެއް ހިނގާފައެވެ. 

މި މައްސަލާގައި އިސްރާއިލް ސަރުކާރުން ވަނީ އެކަން އަނބުރާ ގެންދިއުމަށް އިނގިރޭސި ސަރުކާރަށް ޕްރެސަރުކޮށްފައެވެ. ނަމަވެސް އިސްރާއީލުން ބޭނުންވާގޮތަށް ކަންކަން ކުރެވެން ނެތްކަމަށް ވެސްޓް މިޑްލޭންޑްގެ ފުލުހުން ވަނީ ތަކުރާރުކޮށް ބުނެފައެވެ. ސިޔާސީގޮތުން ކުރިމަތިވި ޕްރެޝަރުތަކާހެދި އެންމެފަހުން އެސްޓަން ވިލާއިން ވަނީ ހަރުކަށި އުސޫލްތަކެއް އެކުލަވާލައި، މެކަބީގެ ސަޕޯޓަރުންނަށް ދަނޑަށް ވަދެވޭނެ ހަރުކަށި އުސޫލެއް ހަދާފައެވެ. އެގޮތުން އެމީހުންނަށް ދަނދަށް ވަދެވުނަސް ޓިކެޓް ވިއްކާ އުސޫލްތައް ވަނީ ވަރަށް ހަރުކަށިކޮށްފައެވެ.

އެގޮތުން ޓިކެޓް ގަންނަ ފަރާތަކީ އާއްމުކޮށް ދަނޑަށް ވަންނަ ރަނގަޅު ރެކޯޑެއް އޮންނަ ފަރާތަކަށް ވާންޖެހެއެވެ. އަދި އެމީހަކު އިންނަން ޖެހޭނީ އެމީހަކު ގަތް ޓިކެޓްގައިވާ ގޮނޑީގައެވެ. ޓިކެޓް އެހެން މީހަކަށް ބަދަލެއް ނުކުރެވޭނެއެވެ. މީގެ އިތުރުން އެސްޓަން ވިލާއިން ވަނީ ދަނޑަށް ދިދަ އާއި އެކި އެއްޗެހި ރަމްޒުކޮށްދޭ ބެނާތަކާއި ޕޯސްޓަރުތައް ވެއްދުން މަނާކޮށްފައެވެ.

ޣައްޒާ ހަނގުރާމައާ ގުޅިގެން މުޅި ޔޫރަޕްގައިވެސް ވަނީ ޔަހޫދީންނާ ދެކޮޅު ހަރަކާތްތަކެއް ފަށާފައެވެ. މީގެ ތެރޭގައި ކުޅިވަރު ދަނޑުތަކުގައިވެސް އިސްރާއީލާ ދެކޮޅު ހަރަކާތްތައް ހިންގަމުންދެއެވެ. އިސްރާއީލާ ދެކޮޅު ފަރާތްތަކުން ބުނަމުންދަނީ ބައިނަލްއަޤްވާމީ ކުޅިވަރު ދަނޑުތަކުން އިސްރާއީލަށް ނިސްބަތްވާ ޓީމުތައް ބޭރުކުރަން ޖެހޭކަމަށާއި، އެމީހުން ދަނީ ޣައްޒާގައި ކުޑަކުދިންނާއި އަންހެނުން ގަތުލުކުރަމުންކަމަށެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
އެއްވެސް ރިސޯޓެއްގެ ހެޑް ލީސް ވިއްކާލާލާކަށް ނޫޅެން: އެމްޓީޑީސީ
އެމްޓީޑީސީގެ މުއާމަލާތްތަކުގެ އެންމެހާ މައުލޫމާތުތައް ހިއްސާދާރުންނަށް ހިއްސާކުރަމުންދާނޭކަމުގެ ޔަގީންކަން ދެމުން އެކުންފުނިން ވަނީ، ލިސްޓުކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް އެކުންފުނިން ކުރަމުންދާނީ ހާމަކަމާއެކުގައިކަމަށް ބުނެފައެވެ.
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް