އެމްޕީއެލްގެ ންޓާރންޝިޕް ޕްރޮގްރާމްގެ ތެރެއިން...
ހަބަރު
22 Oct 2025 | 11:13
އެމްޕީއެލް އިންޓާންޝިޕް ޕްރޮޮގްރާމް: ބައިވެރިވުމުގެ ފުރުސަތު އަދިވެސް އެބައޮތް

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ސާނަވީ ތަޢުލީމް ފުރިހަމަކޮށްފައިވާ 18 އަހަރުން ދަށުގެ ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ އިންޓާރންޝިޕް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު އަދިވެސް އެބައޮތްކަމަށް އެކުންފުނިން ބުނެފިއެވެ.

މި ޕްރޮގްރާމްގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް 25 އޮކްޓޫބަރ 2025 ވާ ހޮނިހިރު ދުވަހުގެ މެންދަމު 12:00 ގެ ނިޔަލަށް ކުރިމަތިލެވޭނެއެވެ.

ދިވެހިރާއްޖޭގެ އިގްތިސާދުގެ މައި ދޮރާށި ކަމުގައިވާ އެމްޕީއެލްއިން މި އިންޓާރންޝިޕް ޕްރޮގްރާމް ފަރުމާކޮށްފައިވަނީ ޒުވާނުންނަށް ވަޒީފާގެ މާހައުލުގެ ތަޖުރިބާ ހޯދައިދިނުމަށާއި، ބަނދަރުގެ މަސައްކަތްތަކާ ގުޅޭ ދާއިރާތަކުން ކެރިއަރ ބިނާކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ މަޤްޞަދުގައެވެ.

އެމްޕީއެލްއިން ބުނާ ގޮތުގައި މި ޕްރޮގްރާމަކީ އދ. ގެ ސަސްޓެއިނަބަލް ޑިވަލޮޕްމަންޓް ގޯލްސް (އެސް.ޑީ.ޖީ) އާ އެއްގޮތްވާ ގޮތުގެ މަތިން، ޒުވާނުންނަށް ފެންވަރު ރަނގަޅު ތަޢުލީމާއި ތަމްރީނު ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

2022 ވަނަ އަހަރު ފަސް ދާއިރާއަކަށް ހުޅުވާލެވުނު މި ޕްރޮގްރާމް މިހާރު ވަނީ 9 ދާއިރާއަކަށް ފުޅާކުރެވިފައެވެ. މީގެ ތެރޭގައި މާކެޓިންގ އެންޑް ޕީއާރް، އެޑްމިން، ފައިނޭންސް، ޕްރޮކިއުމަންޓް، މެރިން އިންޖިނިއަރިންގ، މެކޭނިކަލް އިންޖިނިއަރިންގ، އިލެކްޓްރިކަލް އިންޖިނިއަރިންގ، ސިވިލް އިންޖިނިއަރިންގ އަދި އިންފޮމޭޝަން ޓެކްނޮލޮޖީ ހިމެނެއެވެ.

އެމްޕީއެލްގެ ފަރާތުން ކޮންމެ ޑިޕާޓްމަންޓަކުންވެސް ތަޖުރިބާކާރު މެންޓަރުން ކިޔަވައިދޭން ތިބޭނެއެވެ. ކޮންމެ ކުއްޖަކަށް ވަކި މެންޓަރެއް އެސައިންކުރެވޭނެއެވެ. އިންޓަރންޝިޕްގެ މުއްދަތުގައި ފަސްޓް އެއިޑް، ބިޒްނަސް ރައިޓިންގ އިންގްލިޝް، މައިކްރޮސޮފްޓް އޮފީސް އަދި ވަޒީފާގެ އިންޓަވިއުއަށް ތައްޔާރުވުމުގެ ތަމްރީނުތައްވެސް ހިމެނެއެވެ.

ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ލިންކް މެދުވެރިކޮށް ފޯމު ހުށަހެޅުމާއެކު، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، ވަނަވަރު، ސްކޫލް ލީވިން ސެޓްފިކެޓް އަދި ބެލެނިވެރިޔާގެ އިޢުތިރާޟެއް ނެތްކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް އެމްޕީއެލްގެ ލަރނިންގ އެންޑް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓްގެ ނަންބަރު 3039638 ނުވަތަ 3039636 އަށް ގުޅުއްވުމަށް ނުވަތަ [email protected] އަށް އީމެއިލްކުރެއްވުމަށް އެދިފައިވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.
25 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން، ރައީސް ތައުޒިޔާ ފޮނުއްވައިފި
މި ހިތާމަވެރި ދަނޑިވަޅުގައި، މަރްޙޫމުގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.