ދައުލަތުގެ ބަޖެޓާ ގުޅޭ މަސައްކަތްތަކުގައި އެންމެ އިިސްކޮށް އުޅުއްވި ސަރުވަޝް އާދަމް. (ފޮޓޯ/ފިނޭންސް މިނިސްޓްރީ)
ހަބަރު
22 Oct 2025 | 12:51
ޕެންޝަން ބޯޑުން ސަރުވަޝް އިސްތިއުފާދެއްވައިފި

ޕެންޝަން ބޯޑުގެ މެންބަރުކަމުން މީރާގެ ކުރީގެ ޗެއާމަން ސަރުވަޝް އާދަމް އިސްތިއުފާ ދެއްވައިފިއެވެ.

މިއަދު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި އެކަން ހާމަކުރައްވަމުން ސަރުވަޝް ވިދާޅުވީ، އެ މަގާމުން އިސްތިއުފާދެއްވަން ނިންމައިފައިވަނީ މަރުކަޒީ ބޭންކް، އެމްއެމްއޭއާ އެކު ޕެންޝަން އޮފީހުން ހިންގަން ނިންމައިފައިވާ ފައިސާގެ މުއާމަލާތާއި ގުޅިގެންކަމަށެވެ.

އަދި އެ މުއާމަލާތަކީ އިގްތިސާދީ ގޮތުންނާއި މާލީ ގޮތުން ވެސް ގެއްލުން ބޮޑު މުއާމާލާތެއް ކަމަށް ޤަބޫލުކުރައްވާ ކަމަށް ވެސް އެ ޕޯސްޓުގައި ސަރުވަޝް ވިދާޅުވެފައިވެއެވެ.

ންސް މިނިސްޓްގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވްގެ މަގާމުގައި ވެސް ހުންނެވި ސަރުވަޝް ޕެންޝަން ބޯޑުން އިސްތިއުފާ ދެއްވައިފައިވާއިރު، ޕެންޝަން އޮފީސް މެދުވެރިކޮށް އެމްއެމްއޭއިން ސެކަަންޑްރީ މާކެޓުގައި 2.5 ބިލިއަން ރުފިޔާގެ ބޮންޑެއް ވިއްކާކަމަށް ބުނެ ވާހަކަތަކެއް ދަނީ ފެތުރެމުންނެވެ. އެކަމާއި ގުޅިގެން ފިނޭންސް މިނިސްޓްރީ، އެމްއެމްއޭ އަދި ޕެންޝަން އޮފީހުން ވެސް ރަސްމީ އެއްޗެއް ބުނެފައެއް ނުވެއެވެ.

އެހެން ނަމަވެސް އެކަމަކީ ފައިސާ ޗާޕުކުރުން ކަމުގައި ފާހަގަކޮށް، އިދިކޮޅު އެމްޑީޕީގެ ލީޑާޝިޕްގެ ބޭފުޅުންނާއި މަޖިލިސް މެންބަރުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
01 Aug 2026
ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ މިފަހަރު ލައްވާލީ އެންމެ ވަރުގަދަ ގްރޫއްޕްގައި
މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ބޭއްވުމަށް ހަމަޖެހިފައިވަނީ ބަންގްލަދޭޝްގައެވެ. މުބާރާތް ކުރިއަށްގެންދިއުމަށް ނިންމާފައިވަނީ ނޮވެމްބަރުމަހުގެ 4 ކުން ފެށިގެން 17 ގެ ނިޔަލަށެވެ.
01 Aug 2026
ސިފައިންގެ 73 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުން ބާއްވައިފި
01 Aug 2026
އޮމަދޫ ފުލުހުންގެ މަރުކަޒުގެ މަސައްކަތް ކުރިއަށް
01 Aug 2026
ރެސިޑެންސީ ޕްރޮގްރާމުން ރާއްޖެއަށް ވާނީ ފައިދާ: ނަޝީދު
ރައީސް ނަޝީދު ކުރެއްވި ޕޯސްޓްގައި ވިދާޅުވެފައިވަނީ ރެސިޑެންސީ ޕްރޮގްރާމަކީ ރާއްޖެއަށް ނުހަނު ފައިދާވާނޭ ޕްރޮގްރާމެއް ކަމަށެވެ
01 Aug 2026
ވިއްސާރައިގައި ފޭދޫގެ ދެ ގެއަކަށާއި ދެ ރަށަކަށް އުދައިގެ ގެއްލުން ލިބިއްޖެ
ޑިޒާސްޓާއިން މއިަދު ބުނީ މިހާރު ކުރަމުންދާ ވިއްސާރައިގައި ވައިގަދަވެ އުދައެރުމުގެ ސަބަބުން އައްޑޫ ސިޓީ ފޭދޫގެ ދެ ގެއަކަށް ގެއްލުން ލިބި ދ. ރިނބިދޫ އާއި ލ. އިސްދޫއަށް އުދައިގެ އަސަރުކޮށްފައިވާ ކަމަށެވެ
01 Aug 2026
ކުރިއަށްއޮތް ދޮޅުއަހަރު ތެރޭގައި ސްމާޓް އައިޑީކާޑް ތައާރަފްކުރަނީ
އާ ކާޑު ފަރުމާކުރެވޭނީ ފައިސާގެ މުޢާމަލާތްތައް ހިންގުމާ އެކު ތަފާތު ޚިދުމަތްތައް ވެސް ލިބޭ ފަދަ ލުއިފަސޭހަ ނިޒާމެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވިއެވެ
01 Aug 2026
ރާއްޖެ އާއި ތުރުކީއާ ދެެމެދު ވެފައިވާ ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓަށް އަމަލުކުރަން ފަށައިފި
ދެ ޤައުމުގެ ދެމެދުގައި ވެވުނު މި އެއްބަސްވުމުގެ ދަށުން ޖުމްލަ 75 ބާވަތަކުން ވިޔަފާރީގެ ލުއިތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ސަބަބުން، 85 މިލިއަނަށްވުރެ ގިނަ ކަސްޓަމަރުންގެ މާކެޓެއް އޮތް ތުރުކީވިލާތަށް ރާއްޖޭގެ މަހުގެ އުފެއްދުންތައް ބޭރުކުރުމަށް އިތުރު ފުރުޞަތުތަކެއް ހުޅުވިގެންދާނޭކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ
01 Aug 2026
ނިއު ބަލިކޮށް މާޒިޔާ ކޮމިޔުނިޓީ ޝީލްޑް މެޗް ކާމިޔާބުކޮށްފި
މެޗްގެ ފުރިހަމަ ވަގުތު ކުޅުން ނިމުނުއިރު ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ.