އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އަދި މީރާގެ ކުރީގެ ޗެއާމަން ސަރުވަޝް އާދަމް --
ހަބަރު
22 Oct 2025 | 15:02
ޕެންޝަން ބޯޑުން އިސްތިއުފާދެއްވަން ސަރުވަޝް ނިންމެވި ނިންމެވުމަށް ޝާހިދުގެ ތަޢުރީފު

ޕެންޝަން ބޯޑުގެ މެންބަރުކަމުން މީރާގެ ކުރީގެ ޗެއާމަން ސަރުވަޝް އާދަމް އިސްތިއުފާ ދެއްވަން ނިންމެވި ނިންމެވުމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ތަޢުރީފުކުރައްވައިފިއެވެ.

ޕެންޝަން ބޯޑުން އިސްތިއުފާދެއްވަން ނިންމެވިކަން ސަރުވަޝް ހާމަކުރެއްވީ މިއަދު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ސަރުވަޝް ވިދާޅުވި ގޮތުގައި އެ މަގާމުން އިސްތިއުފާދެއްވަން ނިންމައިފައިވަނީ މަރުކަޒީ ބޭންކް، އެމްއެމްއޭއާ އެކު ޕެންޝަން އޮފީހުން ހިންގަން ނިންމައިފައިވާ ފައިސާގެ މުއާމަލާތާއި ގުޅިގެންކަމަށެވެ.

އަދި އެ މުއާމަލާތަކީ އިގްތިސާދީ ގޮތުންނާއި މާލީ ގޮތުން ވެސް ގެއްލުން ބޮޑު މުއާމާލާތެއް ކަމަށް ޤަބޫލުކުރައްވާ ކަމަށް ވެސް އެ ޕޯސްޓުގައި ސަރުވަޝް ވިދާޅުވެފައިވެއެވެ.

ސަރުވަޝްގެ އެ ޕޯސްޓަށް އިޝާރަތްކުރައްވަމުން ކުރީގެ ޚާރިޖީ ވަޒީރުކަން ކުރެއްވި ޝާހިދު ވިދާޅުވީ، ސަރުވަޝްގެ އެ ނިންމެވުމަކީ އާންމުންގެ އިތުބާރާއި އަމާނާތްތެރިކަމުގެ ޒިންމާއަށް އުނިކަން އަންނަ ފަދަ އަމަލުތަކާއި ދެކޮޅަށް އެޅުއްވި މުހިންމު ފިޔަވަޅެއް ކަމަށެވެ.

އަދި އެފަދަ "ތެދުވެރި" ނިންމެވުންތަކަކީ ވަރަށް މަދުން ފެނުނު ނަމަވެސް، ނުހަނު ބޮޑަށް ބޭނުންވެފައިވާ ކަންކަން ކަމަށާއި، ސަރުވަޝްގެ އެ ނިންމެވުމަކީ ޤައުމީ މުއައްސަސާތައް ހިނގަންވާނީ ޖަވާބުދާރީވުމުގެ މައްޗަށްކަން ހަނދާންކޮށްދޭ ކަމެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.

އަދި އާންމު ވާޖިބުތަކާ ހަވާލުވެފައިވާ ކޮންމެ ފަރުދަކު ވެސް އަދި ހުރިހާ މުުސްތަޤިއްލު މުއައްސަސާތަކެއް ވެސް، އެފަދައިން ޢަމަލުކުރުމުގެ ހިތްވަރު ހޯދަންވާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓްގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވްގެ މަގާމުގައި ވެސް ހުންނެވި ސަރުވަޝް ޕެންޝަން ބޯޑުން އިސްތިއުފާ ދެއްވައިފައިވާއިރު، ޕެންޝަން އޮފީސް މެދުވެރިކޮށް އެމްއެމްއޭއިން ސެކަަންޑްރީ މާކެޓުގައި 2.5 ބިލިއަން ރުފިޔާގެ ބޮންޑެއް ވިއްކާކަމަށް ބުނެ ވާހަކަތަކެއް ދަނީ ފެތުރެމުންނެވެ. އެކަމާއި ގުޅިގެން ފިނޭންސް މިނިސްޓްރީ، އެމްއެމްއޭ އަދި ޕެންޝަން އޮފީހުން ވެސް ރަސްމީ އެއްޗެއް ބުނެފައެއް ނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.
25 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން، ރައީސް ތައުޒިޔާ ފޮނުއްވައިފި
މި ހިތާމަވެރި ދަނޑިވަޅުގައި، މަރްޙޫމުގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.