ރޭގެ މެޗްގައި ލިވަޕޫލް ކުޅުންތެރިން...
ކުޅިވަރު
23 Oct 2025 | 08:24
ޔުއެފާ ޗެމްޕިއަންސްލީގް: ލިވަޕޫލް އާއި ޗެލްސީއަށް ފަސޭހަމޮޅެއް

ޔުއެފާ ޗެމްޕިއަންސްލީގްގައި ރޭ ލިވަޕޫލް އާއި ޗެލްސީ ކުޅުނު މެޗްތައް އެޓީމްތަކުން ފަސޭހަކަމާއެކު ކާމިޔާބުކޮށްފިއެވެ.

ޗެމްޕިއަންސް ރޭ ޖަރުމަނުވިލާތުގެ އެންޓްރެކްޓް ފްރެންކްފާޓާ ދެކޮޅަށް ކުޅުނު މިމެޗް ލިވަޕޫލް ކާމިޔާބުކުރީ 5-1 ގެ ނަތީޖާއަކުންނެވެ. މެޗްގައި އެންމެ ފުރަތަމަ ލީޑް ނަގާފައިވަނީ ފްރެންކްފަރޓުންނެވެ. އެއީ 26 ވަނަ މިނެޓް ތެރޭގައި ގޮޓްޒޭ ދިން ޕާހަކުން ކްރިސްޓެންސެން ކާމިޔާބުކޮށްދިން ލަނޑުންނެވެ.

ފްރެންކްފާޓުން ލީޑް ނަގާފައިވަނިކޮށް ލިވަޕޫލަށް އެއްވަރުކޮށްދިނީ 35 ވަނަ މިނެޓް ތެރޭގައި އެކިޓިކޭއެވެ. އޭގެ ތިން މިނެޓް ފަހުން ލިވަޕޫލަށް ލީޑް ނަގައިދިނީ ވެން ޑައިކެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ލިވަޕޫލުން ވަނީ އިތުރު ލަނޑެއްޖައި ލީޑް އިތުރަށް ފުޅާކޮށްފައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ 44 ވަނަ މިނެޓް ތެރޭގައި ކޮނާޓޭއެވެ.

ދެވަނަ ހާފްގައި ލިވަޕޫލަށް ލަނޑުތައް ކާމިޔާބުކޮށްދިނީ 66 ވަނަ މިނެޓް ތެރޭގައި ގަކްޕޯ އާއި 70 ވަނަ މިނެޓް ތެރޭގައި ސޮބޯޒްލާއީއެވެ.  މިމެޗްގައި މޮޅަށް ކުޅެ ގިނަ ހަމަލާތައް އުފައްދާފައިވަނީ ލިވަޕޫލްއެވެ. އެޓީމުންވަނީ ފްރެންކްފާޓްގެ ގޯލަށް އަމާޒުކޮށް 14 ހަމަލާއެއް ފޮނުވާލާފައެވެ.

ޔުއެފާ ޗެމްޕިއަންސްލީގްގައި ރޭ ޗެލްސީ އާއި ހޮލެންޑްގެ އަޔެކްސް އެމްސްޓަޑަމް ބައްދަލުކުރިމެޗް ޗެލްސީ ކާމިޔާބުކުރީ 5-1 ގެ ނަތީޖާއަކުންނެވެ. ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗްގައި އެޓީމަށް ލަނޑުތައް ކާމިޔާބުކޮށްދިނީ މާކް ޖިއު، ކައިސޭޑޯ، އެންޒޯ ފެނާންޑޯ، އެސްޓެވާއޯ އަދި ތައިރިގ ގޯޖް އެވެ. އަޔެކްސްއަށް ސުންކަނޑުވާލަދިނީ ވޭގްހޯސްޓް އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
04 Aug 2026
އެލްޖީއޭގެ ބޯޑު އިންތިހާބު ފަސްކުރުމަކީ ސަރުކާރުން ބަލި އިއުލާންކުރުން: ނަޝީދު
ވިދާޅުވީ އެލްޖީއޭގެ ބޯޑްގެ އިންތިހާބު މުއްދަތެއް ނެތި ފަސްކުރުން އެއީ ސަރުކާރުން އަމިއްލައަށް ބަލި އިއުލާނުކުރުން ކަމަށެވެ.
04 Aug 2026
މާފަރު އެއާޕޯޓް ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހި: އަބޫދާބީ ފަންޑާއެކު މަޝްވަރާކޮށްފި
ވަޒީރު ވިދާޅުވީ އެ ބައްދަލްވުމުގައި މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ ތިންވަނަ ފިޔަވަހީގެ ޕްލޭނާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
04 Aug 2026
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރި
ނިޔާވެފައިވާ 700ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކޮށްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް ވިދާޅުވި އެވެ.
04 Aug 2026
ޖުލައިމަހު އޮންލައިން ސްކޭމްތައް ވަރަށްބޮޑަށް އިތުރުވި: ފުލުހުން
ޖުލައިމަހު ސްކޭމްތަކުން 1.37 މިލިއަން ރުފިޔާ ގެއްލުނުކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. މީގެ ތެރެއިން 635271.17 ރުފިޔާ ހޯދުނުއިރު، 733،537.39 ރުފިޔާ ހޯދިފައިނުވާކަމަށް ފުލުހުން ބުންޏެވެ
04 Aug 2026
ޑިފެންސްގެ އުޅަނދުތަކަށް ހާއްސަ ސަރަހައްދު ބޭނުންކުރުމަކީ މަނާކަމެއް ކަމަށް ބުނެފި
އެ މިނިސްޓްރީން ބުނީ ޝަހީދު ހުސެއިން އާދަމް ބިލްޑިން އިން ފެށިގެން ދޮށިމޭނާ ބިލްޑިންގއާ ހަމައަށް އަލަށް ހަދާފައިވާ އެއްގަމު ތޮއްޓަކީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސާވިސްގެ ބޭނުމަށް ހާއްސަކޮށްފައިވާ ސަރަހައްދެއް ކަމަށެވެ.
04 Aug 2026
އެލްޖީއޭޭގެ ބޯޑަށް މެންބަރުން ހޮވުން، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި
އެ އޮތޯރިޓީން ބުނީ މި މަހުގެ އަށްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ.
04 Aug 2026
މެމްބަރުންގެ އިންޝުއަރަންސާމެދު ރައްޔިތުން ކުރަނީ ކުށްހީއެއް: ކޮމިޓީގެ މުގައްރިރު
ހެލްތު އިންޝުއަރަންސްގެ ހިދުމަތް ހޯއްދެވުމަށް މެމްބަރުންވެސް އުޅުއްވަނީ ވަރަށް ދަތިކޮށްކަން ކޮމިޓީގެ މުގައްރިރުގެ ވާހަކާގައި ވަނީ ފާހަގަކުރައްވާފައެވެ.
04 Aug 2026
ތެލަސީމިއާއަށް ރަޖިސްޓްރީކުރި ފަރާތްތަކުގެ އަދަދު އިތުރުވެއްޖެ
ޖޫންމަހު ތެލަސީމިއާ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި 1.05 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.