އެމްޑީޕީގެ ޗެއާމަން ފައްޔާޒް އިސްމައީލް --
ހަބަރު
23 Oct 2025 | 10:47
ނޫނެކޭ ބުނަން ނުކުރޭނަމަ ޕެންޝަނާއި އެމްއެމްއޭގެ ބޯޑުގެ މެންބަރުން އިސްތިއުފާދީ: ފައްޔާޒު

ކަންކަމުގައި "ނޫނެކޭ" ބުނަން ނުކުރޭނަމަ ޕެންޝަން އޮފީހުގެ ބޯޑު މެންބަރުންނާއި އެމްއެމްއޭގެ ބޯޑު މެންބަރުން އިސްތިއުފާ ދިނުމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމައީލް ވިދާޅުވެއްޖެއެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭއާ އެކު ޕެންޝަން އޮފީހުން ހިންގަން ނިންމައިފައިވާ ފައިސާގެ މުއާމަލާތާއި ގުޅިގެން ރޭ "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ފައްޔާޒު ވިދާޅުވީ، އެއާޕޯޓު ހިންގަން އުފެއްދި އެމްއޭސީއެލް ފުނޑާލައި، ސެންޓްރަލް ބޭންކާއި ބީއެމްއެލް އެއްކޮށް ލޫޓުވާލައި ނިންމާލުމަށްފަހު މިހާރު ސަރުކާރުން އަމާޒު ހިފާފައި ހުރީ ސީދާ ރައްޔިތުންގެ ޕެންޝަން ފަނޑު ދޮވެލުމަށް ކަމަށެވެ.

އަދި ގާނޫނާ ހިލާފަށް ސަރުކާރު ކުރަމުންދާ ކަންކަމުގައި ބައިވެރިނުވުމަކީ ކޮންމެ މުވައްޒަފެއްގެ މައްޗަށް މިއަދު އޮތް ޒިންމާއެއް ކަމަށާއި، ސަރުކާރު ދެކެ ބިރުން ނުވަތަ ޒާތީ މަންފާއަކަށް ގައުމާއި ރައްޔިތުންނަށް ގެއްލުންދިނުމުގައި ބައިވެރި ވުމަކީ އުޒުރެއް ނޫން ކަމަށެވެ.

"ދިވެހިންގެ މުސްތަގުބަލު ފޭރިގަތުމުގައި ބައިވެރިނުވެ، އެކަމަށް ނޫނެކޭ ބުނަން ނުކެރޭނަމަ އެމްއެމްއޭ އާއި ޕެންޝަން އޮފީހުގެ ބޯޑުގެ މެންބަރުން އިސްތިއުފާ ދިނުމަށް ގޮވާލަން. ގައުމާއި ރައްޔިތުންނަށް އިއާދަނުކުރެވޭނެ ގެއްލުން ދިނުމުގައި ބައިވެރިވާ ފަރާތްތައް ރައްޔިތުން ނުކުމެ ޖަވާބުދާރީ ކުރުވާނެ، ޒިންމާކުރުވާނެ،" ފައްޔާޒ ވިދާޅިވިއެވެ.

ފައްޔާޒު އެފަދައިން ވިދާޅުވިއިރު، ޕެންޝަން އޮފީސް މެދުވެރިކޮށް އެމްއެމްއޭއިން ސެކަަންޑްރީ މާކެޓުގައި 2.5 ބިލިއަން ރުފިޔާގެ ބޮންޑެއް ވިއްކާކަމަށް ބުނެ ދެކެވޭ ވާހަކަތަކާއެކު ޕެންޝަން އޮފީހުގެ ބޯޑުގައި އިންނެވި މީރާގެ ކުރީގެ  ޗެއާމަން ސަރުވަޝް އާދަމް ވެސް ވަނީ އެ ބޯޑުން އިސްތިއުފާ ދެއްވާފައެވެ.

އެގޮތުން އެ މަގާމުން އިސްތިއުފާދެއްވަން ނިންމައިފައިވަނީ މަރުކަޒީ ބޭންކް، އެމްއެމްއޭއާ އެކު ޕެންޝަން އޮފީހުން ހިންގަން ނިންމައިފައިވާ ފައިސާގެ މުއާމަލާތާއި ގުޅިގެން ކަމަށް ސަރުވަޝް ވިދާޅުވެފައިވާއިރު، އެ މުއާމަލާތަކީ އިގްތިސާދީ ގޮތުންނާއި މާލީ ގޮތުން ވެސް ގެއްލުން ބޮޑު މުއާމާލާތެއް ކަމަށް ޤަބޫލުކުރައްވާ ކަމަށް ވެސް ސަރުވަޝް ވަނީ ވިދާޅުވެފައެވެ.

އެ މުއާމަލާތާއި ގުޅިގެން އިދިކޮޅުން ވެސް ކަންބޮޑުވުން ފާޅުކުރަމުންދާއިރު، އެ މަގާމުން ސަރުވަޝް އިސްތިއުފާދެއްވުމާއި ގުޅިގެން އިދިކޮޅު ލީޑާޝިޕުން ވަނީ އޭނާއަށް ތައުރީފު ވެސް ކޮށްފައެވެ.

އިތުރަށް ކިޔާލަން: https://voice.mv/43935

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.
25 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން، ރައީސް ތައުޒިޔާ ފޮނުއްވައިފި
މި ހިތާމަވެރި ދަނޑިވަޅުގައި، މަރްޙޫމުގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.