ކުރީގެ ރައީސް މުޙައްމަދު ނަޝީދު.. ފޮޓޯ: ސޯޝަލް މީޑިއާ
ހަބަރު
23 Oct 2025 | 11:08
ކުރީ ވެރިކަމުގައި ގޯސްކަމެއް ހިންގުމަކީ މި ވެރިކަމުގައި އެކަން ކުރަން އޮތް ހުއްޖަތެއް ނޫން: ނަޝީދު

ނިމިިދިޔަ ވެރިކަމުގައި ނުރަނގަޅުކަމެއް ހިންގާފައި އޮތުމަމީ މި ވެރިކަމާއި ދެން އަންނަ ވެރިކަމެއްގައި ވެސް އެކަން ކުރަން އޮންނަ ހުއްޖަތެއް ނޫން ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދި މިއަދު ވިދާޅުވެއްޖެއެވެ.

އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ، ނިމިިދިޔަ ވެރިކަމުގައި ނުރަނގަޅުކަމެއް ހިންގާފައި އޮތުމަމީ މި ވެރިކަމާއި ދެން އަންނަ ވެރިކަމެއްގައި ވެސް ހަމައެކަން، އެގޮތަށް ކުރަން އޮންނަ ހުއްޖަތެއް ނޫން ކަމަށެވެ.

އެއީ ވަކި ކޮންކަމެއްގެ ވާހަކަ ކަމެއް ރައީސް ނަޝީދު ހިއްސާކުރައްވައިފައިނުވެއެވެ.

ރައީސް ނަޝީދު އެފަދައިން ވިދާޅުވިއިރު، ޕެންޝަން އޮފީސް މެދުވެރިކޮށް އެމްއެމްއޭއިން ސެކަަންޑްރީ މާކެޓުގައި 2.5 ބިލިއަން ރުފިޔާގެ ބޮންޑެއް ވިއްކާކަމަށް ބުނެ ދެކެވޭ ވާހަކަތަކުގެ އަޑުތައް އަންނީ ގަދަވަމުންނެވެ.

އަދި އެކަމަކީ ފައިސާ ޗާޕުކުރުން ކަމުގައި ފާހަގަކޮށް، އިދިކޮޅު އެމްޑީޕީގެ ލީޑާޝިޕްގެ ބޭފުޅުންނާއި މަޖިލިސް މެންބަރުން ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު، އެ މުއާމަލާތައި ގުޅިގެން ޕެންޝަން ބޯޑުގެ މެންބަރުކަމުން މީރާގެ ކުރީގެ ޗެއާމަން ސަރުވަޝް އާދަމް ވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ.

އެގޮތުން އެ މުއާމަލާތަކީ އިގްތިސާދީ ގޮތުންނާއި މާލީ ގޮތުން ވެސް ގެއްލުން ބޮޑު މުއާމާލާތެއް ކަމަށް ޤަބޫލުކުރައްވާ ކަމަށް ސަރުވަޝް ވެސް ވަނީ ވިދާޅުވެފައެވެ.

އެހެން ނަމަވެސް ލ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ސަރުކާރުން ފައިސާ ޗާޕުކުރަން އުޅޭކަމަށް ބުނެ ދެކެވޭ ވާހަކަ ދޮގުކުރައްވާފައެވެ. އެގޮތުން ރައީސް ވިދާޅުވީ ރާއްޖޭގެ އިގްތިސާދު ހަރުދަނާ ކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން، "ފުނިޖެހިފައިވާ" އެތައް ބިލުތަކަކަށް ފައިސާ ދެއްކެވުމުގެ ކަންކަން، ކުރިއަށް ގެންދަވާނެ ކަމަށެވެ.

އަދި އެކަން ކުރައްވާނީ އެމަނިކުފާނު ވައުދުވެވަޑައިގެންފައިވާ ގޮތަށް ފައިސާ ޗާޕުނުކުރައްވައި، ކަމަށް ވިދާޅުވެ އެކަމުގެ ޔަގީންކަން ދެއްވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.
25 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން، ރައީސް ތައުޒިޔާ ފޮނުއްވައިފި
މި ހިތާމަވެރި ދަނޑިވަޅުގައި، މަރްޙޫމުގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.