ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ދ. މީދޫ ފުޓްސަލް ދަނޑު ހުޅުއްވައިދެއްވުމަށްފަހު ކުޅުއްވަނީ -- ފޮޓޯ: ރައީސް އޮފީސް
ހަބަރު
23 Oct 2025 | 12:15
ރައީސް މުޢިއްޒު އާއި ފީފާގެ ރައީސްގެ ޚާއްސަ ފުޓްބޯޅަ މެޗެއް މާދަމާ ހަވީރު

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މާދަމާ ރާއްޖެއަށް ވަޑައިގަންނަވާއިރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި އެކު ހާއްސަ ފުޓްބޯޅަ މެޗެއްގައި ބައިވެރިވެވަޑައިގަންނަވާގޮތަށް ހަމަޖެހިފައިވާކަމަށް އެފްއޭއެމުން ބުނެފިއެވެ.

19 އަހަރު ފަހުން ފީފާގެ ރައީސަކު މާދަމާ ރާއްޖެއަށް ވަޑައިގަންނަވާއިރު، އެ ދަތުރުފުޅުގައި ފީފާގެ ރައީސް އިންފަންޓީނޯ ރައީސް މުޢިއްޒުއާއި ބައްދަލުކުރައްވައި ފުޓްބޯޅަ ތަރައްގީކުރުމާއި ގުޅޭ ރަސްމީ މަޝްވަރާތައް ކުރައްވާނެއެވެ.

ފީފާގެ ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން މާދަމާ ހަވީރު ގަލޮޅު ރަސްމީ ދަނޑުގައި ޚައްސަ ހަރަކާތްތަކެއް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން ރާއްޖެގެ ފުޓްބޯޅަ އެކަޑަމީތަކާއި، ޒުވާން ކުޅުންތެރިންގެ ހުނަރު ދައްކާލުމުގެ މެޗުތަކެއް އޮންނައިރު، ރައީސް މުޢިއްޒު އަދި އިންފަންޓީނޯ ބައިވެރިވެވަޑައިގަންނަވާ ޚާއްސަ މެޗެއް ވެސް މާދަމާ އޮންނާނެއެވެ.

މި މެޗުތައް ބަލާލުމަށް ފުޓްބޯޅަ އާއިލާއަށާއި ސަޕޯޓަރުންނަށް އެފްއޭއެމުން ވަނީ ދައުވަތު ދީފައެވެ.

އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގު (ޓޮމް) މީގެ ކުރިން ވިދާޅުވި ގޮތުގައި އިންފަންޓީނޯ ރާއްޖެއަށް ވަޑައިގަތުމަކީ ދިވެހި ފުޓްބޯޅައަށް ލިބޭ ވަރަށް މުހިންމު ކުރިއެރުމެކެވެ. އަދި މިއީ ތާރީހީ ދަތުރެއް ކަމުގައިވެސް އޭނާ ފާހަގަކުރެއްވިއެވެ.

"މި ދަތުރުގެ ސަބަބުން ރާއްޖޭގެ ފުޓްބޯޅަ ތަރައްގީއަށް ކުރާ މަސައްކަތަށް ހަލުވިކަން އަންނާނެ. އަދި ފީފާ އާއި އެފްއޭއެމްއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެގެން އަންނާނެ،" ތޯރިގު ވިދާޅުވި އެވެ.

އިންފަންޓީނޯގެ މި ދަތުރަކީ ރާއްޖޭގެ ފުޓްބޯޅަ އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށް އާ އަޒުމަކާ އެކު މަސައްކަތް ކުރުމަށް ލިބޭ ހިތްވަރެއް ކަމަށް ތޯރިގު ވިދާޅުވިއެވެ. އަދި މިއީ އެ މަސައްކަތުގައި ފީފާގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން އޮތްކަމުގެ ފުރިހަމަ ރަމުޒެއްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

އެފްއޭއެމްގެ ރައީސްކަމުގެ މަގާމާއި ހަވާލުވެވަޑައިގަތުމަށްފަހު ތޯރިގު ވަނީ ސްވިޒަލޭންޑުން ފީފާގެ ރައީސްއާއި ބައްދަލުކުރައްވާފައެވެ. އެ ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ފުޓްބޯޅަ ކޮޅަށް ނެގުމަށް ތޯރިގް ފަށާފައިވާ މަސައްކަތަށް ތައުރީފުކުރެއްވިއިރު، ރާއްޖެއިން މި އަހަރު ހޯދި ސައުތު އޭޝިއަން ސުޕަ ކްޕަގެ ކާމިޔާބީ އާއި ގުޅިގެން ތަހުނިޔާ ފޮނުއްވައި، ދިހަ އަހަރަށް ފަހު އެފްއޭއެމުން ފުރަތަމަ ފަހަރަށް އިލެވެން ސައިޑް އަންހެން ފުޓްބޯޅަ މުބާރާތެއް އަންނަ މަހު ބޭއްވުމަށް ނިންމުމާއި ގުޅިގެން ވެސް އިންފަންޓީނޯ ވަނީ ތައުރީފުކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.
25 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން، ރައީސް ތައުޒިޔާ ފޮނުއްވައިފި
މި ހިތާމަވެރި ދަނޑިވަޅުގައި، މަރްޙޫމުގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.