އިންފަންޓީނޯ ރާއްޖެ ވަޑައިގަތުން... ފޮޓޯ: ދައުލަތުގެ މީޑިއާ
ހަބަރު
24 Oct 2025 | 10:29
ފީފާގެ ރައީސް އިންފަންޓީނޯ ރާއްޖެ ވަޑައިގަންނަވައިފި، ހޫނު މަރުހަބާއެއް

ދުނިޔޭގެ ފުޓްބޯޅައާ ބެހޭ މައި އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މިއަދު ރާއްޖެ ވައިޑައިގެންފިއެވެ.

އިންފަންޓީނޯ ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން އެމަނިކްފާނަށް ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ. ވީއައިއޭއިން އިންފަންޓީނޯއަށް މަރުހަބާ ދެންނެވީ، އެފްއޭއެމްގެ ރައީސް އަހުމަދު ތޯރިގާއި، ޓޫރިޒަމް އަދި ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤް އިބްރާހިމްގެ އިތުރުން އެކި އިދާރާތަކުގެ ބޭފުޅުންނެވެ.

މިކަމަށްޓަކައި ވީއައިއޭގައި ހާއްސަ އިވެންޓެއް ކުރިއަށްގެންދިޔައިރު މި ހަރަކާތުގައި ޤައުމީ ފުޓްބޯޅަ ޓީމްގެ އިތުރުން ފުޓްބޯޅަ އާއިލާގެ ގިނަބަޔަކު ބައިވެރިވިއެވެ. ފީފާގެ ރައީސްއަށް މަރުހަބާ ދެންނެވުން ކުރިއަށްގެންގޮސްފައިވަނީ ސަގާފީ ހަރަކާތްތަކާއެކުގައެވެ. 

ފީފާގެ ރައީސް ރާއްޖެއަށް ވަޑައިގެންނެވިއިރު، މިއީ 19 އަހަރުގެ ތެރޭގައި އެ އިދާރާގެ އެންމެ އިސްވެރިއަކު ރާއްޖެ ވަޑައިގެން ފުރަތަމަ ފަހަރެވެ. އެފްއޭއެމުން ބުނީ ފީފާގެ ރައީސްގެ މި ދަތުރުފުޅުގެ ސަބަބުން ރާއްޖޭގެ ފުޓްބޯޅައިގެ ފޯރި ގަދަވެގެންދިއުމަށް ވަރަށްބޮޑު ހިތްވަރެއް ލިބިގެންދާނެ ކަމަށެވެ.

އިންފަންޓީނޯގެ މި ޒިޔާރަތުގައި މިއަދު ހަވީރު ގަލޮޅު ދަނޑުގައި ވަނީ ދައްކާލުމުގެ ހާއްސަ ފުޓްބޯޅަ މެޗެއްވެސް ކުޅުމަށް ނިންމާފައެވެ. މި މެޗްގައި ބައްދަލުކުރާނޯ ފީފާގެ ރައީސް އިންފަންޓީނޯގެ ޓީމާއި ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ޓީމެވެ. މި މެޗްގައި ދުނިޔޭގެ ފުޓްބޯޅައިގެ ލެޖެންޓުން ފެނިގެންދާއިރު، ރާއްޖޭގެ ފުޓްބޯޅައިގެ ލެޖެންޑުންވެސް ފެނިގެންދާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.
25 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން، ރައީސް ތައުޒިޔާ ފޮނުއްވައިފި
މި ހިތާމަވެރި ދަނޑިވަޅުގައި، މަރްޙޫމުގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.