ފީފާގެ ރައީސްއާއެކު ރައީސް މުޢިއްޒު -- ފޮޓޯ: ރައީސް އޮފީސް
ހަބަރު
25 Oct 2025 | 10:25
ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމުގައި ފީފާއިން ދޭ އެހީތެރިކަމަށް ރައީސްގެ ޝުކުރު

ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމުގައި ފުޓްބޯޅަ މައި އިދާރާ،މފީފާއިން ދޭ އެހީތެރިކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޝުކުރުއަދާކުރައްވައިފިއެވެ.

ރައީސް އެފަދައިން ވިދާޅުވީ ރާއްޖޭގެ ފުޓްބޯޅަ އިދާރާ، އެފްއޭއެމްގެ ދައުވަތަކަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އިއްޔެ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނާއި އެކު ބޭއްވެވި ބައްދަލުވުމުގެ ތެރެއިންނެވެ.

އެގޮތުން މިއަދު"އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ފީފާގެ ރައީސްއާއި ބައްދަލުކުރެއްވުމަކީ ލިބޭ އުފަލެއް ކަމަށާއި، އެ ބައްދަލުވުމުގައި ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމުގައި ފީފާގާއި އެފްއޭއެމްގެ ގުޅުން އިތުރަށް ހަރުދަނާ ކުރެވޭނެ ކަންކަމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވައިފައިވާ ކަމަށެވެ.

އަދި ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމުގައި ފީފާއިން ރާއްޖެއަށް ދޭ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

އިއްޔެ ރާއްޖެއަށް އިންފަންޓީނޯ ކުރެއްވި ދަތުރުފުޅުގެ ތެރެއިން ރައީސް އާއެކު ބޭއްވެވި ބައްދަލުވުމުގެ އިތުރުން، ގަލޮޅު ދަނޑުގައި ބޭއްވި ފުޓްބޯޅަ ފެސްޓް ހަރަކާތުގައި ވެސް ބައިވެރިވެވަޑައިގެންނެވިއެެވެ. މި ހަރަކާތުގައި ދައްކާލުމުގެ ހާއްސަ މެޗެއް ކުޅެފައިވާއިރު، އެއްކޮޅުން ބައްދަލުކުރީ ފީފާގެ ރައީސް ކެޕްޓަންކަމުގެ ދަށުން އެކުލަވާލި ޓީމަކާއި ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ކެޕްޓަންކަމުގެ ދަށުން އެކުލަވާލި ޓީމެކެވެ.

ގަލޮޅު ދަނޑުގައި ކުރިއަށްގެންދިޔަ ހަރަކާތުގައި ގިނަ އަދަދެއްގެ އާއްމުން ވަނީ ބައިވެރިވެފައެވެ. މިއީ ހީނަރުވެފައިވާ ރާއްޖޭގެ ފުޓްބޯޅައިގެ ފޯރި ގަދަކުރުމުގެ ގޮތުން ބޭއްވި އިވެންޓެއްކަމަށް އެފްއޭއެމުން ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.
25 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން، ރައީސް ތައުޒިޔާ ފޮނުއްވައިފި
މި ހިތާމަވެރި ދަނޑިވަޅުގައި، މަރްޙޫމުގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.