ޑިޖިޓަލް އައިޑީއެއް ދައްކާލަނީ.. ފޮޓޯ: ޓްރާންސްޕޯޓް
ހަބަރު
25 Oct 2025 | 12:23
ވޯޓުލާން ޑިޖިޓަލް ކާޑު ބޭނުމެއް ނުކުރެވޭނެ: އިލެކްޝަންސް

އައްޑޫ ރިފަރަންޑަމް ވޯޓުގައި ޑިޖިޓަލް އައިޑީ ބޭނުން ނުކުރެވޭނޭކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

ޕީއެސްއެމްގައި ވާހަކަދައްކަމުން އިލެކްޝަންސްގެ އޮފިޝަލަކު ވިދާޅުވީ ވޯޓުލާން ދާއިރު، ގެންނަން ލާޒިމްކޮށްފައިވާ ލިޔެކިޔުންތައް ނުހުންނަކަމަށެވެ. އެގޮތުން ބައެއް ފަރާތްތަކުން ޑިޖިޓަލް އައިޑީ ދައްކަމުންދާކަމަށާއި، މި ވޯޓުގައި އެފަދަ އެއްވެސް ވަސީލަތެއް ބޭނުން ނުކުރެވޭނޭކަމަށެވެ. ވޯޓުލާން ބޭނުންކުރެވޭނީ ފިޒިކަލީ އައިޑީކާޑު/ޕާސްޕޯޓް ނުވަތަ ޑްރައިވިން ލައިސަންސް ކަަމަށެވެ. އަދި އެފަދަ އެއްޗެހީގެ ޑިޖިޓަލް އައިޑީ ފޯނުން ދެއްކި ނަމަވެސް ގަބޫލުކުރެވެން ނޯންނާނެކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އީފާހުގެ ތެރެއިން ޑިޖިޓަލް ދެ ފާހެއް ހމެނޭއިރު އޭގެ ތެރޭގައި ހިމެނެނީ ދިވެހި ރައްޔިތުކަން އަންގައިދޭ ކާޑާއި ޑްރައިވިން ލައިސަންސް ކާޑެވެ. 

އީފާހަކީ ގައުމީ އައިޑެންޓިޓީ ޕްލެޓްފޯމެއްގެ ގޮތުގައި ތަރައްޤީކުރަމުންދާ އެއްޗަކަށްވާއިރު، މި ހިދުމަތް ތަރައްޤީކުރުމަށް ދައުލަތުގެ ބައިތުލްމާލުގެ އިތުރުން އެކުވެރި ދައުލަތްތަކުން މިކަމަށް ވަނީ މިހާތަނަށް މިލިއަނުން ހޭދަކޮށްފައެވެ. ރާއްޖޭގެ ބައެއް މުއައްސަސާތަކުން ޑިޖިޓަލް އައިޑީ ބަލައިނުގަތުމަކީ ރައްޔިތުންގެ ބޮޑު ޝަކުވާއަކަށް ވެފައި އޮންނަ ކަމެކެވެ. ނަމަވެސް ފަހަކަށް އައިސް ބައެއް މުއައްސަސާތަކަކުގެ ކައުންޓަރުތަކުން ޑިޖިޓަލް އައިޑީ މި ފަހަކަށް އައިސް ބޭނުންކުރެއެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.
25 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން، ރައީސް ތައުޒިޔާ ފޮނުއްވައިފި
މި ހިތާމަވެރި ދަނޑިވަޅުގައި، މަރްޙޫމުގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.