އައްޑޫސިޓީ މޭޔަރު އަލީ ނިޒާރު... ފޮޓޯ: ރައީސް އޮފީސް
ހަބަރު
25 Oct 2025 | 22:56
އައްޑޫސިޓީގެ އިދާރީ ހިންގުން ރޫޅިގެންދިއުމަކީ ހިތްދަތިކަމެއް: ނިޒާރު

އައްޑޫސިޓީގެ އިދާރީ ހިންގުން ރޫޅިގެން ދިއުމަކީ ހިތްދަތި ކަމެއްކަމަށާއި، މިއީ ދެކެން ބޭނުންވި ހާލަތެއް ނޫންކަމަށް އެ ސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

އައްޑޫ މީދު އާއި ހުޅުދޫ އަދި ފޭދޫގައި ވަކިވަކި ރަށު ކައުންސިލްތައް އުފެއްދުމާ މެދު މިއަދު ވަނީ ހިޔާލު ހޯދުމުގެ ވޯޓެއް ނަގާފައެވެ. މި ވޯޓުގައި މީދޫ އަދި ހުޅުދޫގެ ރައްޔިތުންގެ ތެރެއިން ވޯޓު ލީ ގިނަ މީހުން ވޯޓު ދިނީ އެ ރަށްތަކުގައި ވަކި ކައުންސިލެއް އޮންނަ ގޮތަށް ބަދަލުކުރުމަށެވެ.

މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މޭޔަރު ވިދާޅުވެފައިވަނީ، ބައެއް ރަށްތަކުގެ ނަތީޖާ އެގޮތަށް އައިނަމަވެސް އެ ނިންމުމަށް އިހުތިރާމްކުރާ ހާލު މަރުހަބާ ދަންނަވާ ކަމަށެވެ. އެގޮތުން ހުޅުދޫ އަދި މީދޫގެ އިދާރީ ވަކި ވުމަކީ އެރައްޔިތުންގެ ޒަމާންވީ އުދާސްތަކަކަށް ނިމުން ގެނުވާނެ ނިންމުމެއްކަމަށް އުއްމީދު ކުރާކަމަށް މޭޔަރު ވިދާޅުވިއެވެ.

އައްޑޫ ފޭދޫ ރައްޔިތުންގެ ހަރުދަނާ އަދި ދުރުވިސްނޭ ނިންމުން ފާހަގަކުރައްވަމުން ނިޒާރު ވިދާޅުވީ އެ ނިންމުމުން ދައްކުވައިދެނީ އައްޑޫ ސިޓީގައި ދެމިތިބުމަށް ނިންމި ނިންމުމަކީ ތަރައްގީއާއި ކުރިއެރުން ދެމެހެއްޓުމަށް ކޮންމެހެން ބޭނުންވި އަދި އުއްމީދު ކުރެވުނު މުހިންމު ނިންމެވުމެއް ކަމަށެވެ.  އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫގެ އިދާރީ ވަކިވުމަކީ އެރައްޔިތުންނާއި ދެންތިބި އައްޑޫގެ ރައްޔިތުންނާ އެކު ދެމިއޮތް ޒަމާންވީ އެކުވެރިކަމާއި އަޚްވަންތަކަމަށް އެއްވެސް ބަދަލެއް އަންނަން ޖެހޭ ސަބަބެއްނޫންކަން ފާހަގަކުރައްވަމުން މޭޔަރު ނިޒާރު ވަނީ ކުރިޔަށްވުރެ ގަދަކޮށް އައްޑޫގެ ތަރައްގީއަށް މުޅި އައްޑޫ އެއްކޮށް ނިކުމެ އަތުގުޅާލަން ޖެހޭކަން ފާހަގަކުރައްވާފައެވެ.

ފިތުނަވެރި ބަހުސުތަކުން އެއްކިބާވެ އެކުވެރިކަމާއި އެކު ކުރިއަށް ދާންޖެހޭކަން ފާހަގަކުރައްވައި މޭޔަރު ވަނީ، އައްޑޫ މީދޫ އަދި އައްޑޫ ހުޅުދޫ ރައްޔިތުންނާމެދު ތަފާތުކުރުން ނުބާއްވާނޭކަމުގެ ޔަގީންކަން ދެއްވާފައެވެ. 

މިއަދު ނެގި ފެންނަ ނުފެންނަ ވޯޓުގެ ވަގުތީ ނަތީއްޖާ ދައްކާ ގޮތުން މީދޫ އަދި ހުޅުދޫގެ ރައްޔިތުން ބޭނުންވަނީ އެ ރަށްތަކުގައި ވަކި ކައުންސިލެއް އޮންނަ ގޮތަށް ބަދަލުކުރުމަށެވެ. އެހެން ނަމަވެސް ފޭދޫގެ ރައްޔިތުން ބޭނުންވަނީ ސިޓީ ކައުންސިލުގެ ބައެއްގެ ގޮތުގައި އެ ރަށް ބޭއްވުމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.
25 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން، ރައީސް ތައުޒިޔާ ފޮނުއްވައިފި
މި ހިތާމަވެރި ދަނޑިވަޅުގައި، މަރްޙޫމުގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.