ކުރީގެ ރައީސް މުޙައްމަދު ނަޝީދު --
ހަބަރު
26 Oct 2025 | 08:51
އައްޑޫ ވޯޓުގެ ސަބަބުން ރުޅިވެރިކަން އިތުރުނުވާނެ ކަމަށް އުންމީދުކުރަން: ނަޝީދު

އައްޑޫ ސިޓީގައި އިއްޔެ ނެގި ވޯޓުގެ ސަބަބުން، އެ ސިޓީގެ ރަށްތަކުގެ މެދުގައި ރުޅިވެރިކަން އިތުރުނުވުމަށް ބާރު އަޅުއްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އައްޑޫ މީދު އާއި ހުޅުދޫ އަދި ފޭދޫގައި ވަކިވަކި ރަށު ކައުންސިލްތައް އުފެއްދުމާ މެދު އެ ތިން ރަށުގެ ރައްޔިތުންގެ ފެންނަ ނުފެންނަ ގޮތް ބެލުމުގެ ވޯޓުގައި، ވަކި ކައުންސިލެއް އުފައްދަން ފެންނަ ކަމަށް މީދޫ އަދި ހުޅުދޫގެ ރައްޔިތުން ނިންމީ އިއްޔެގެ ވޯޓުންނެވެ.

އެހެން ނަމަވެސް އިއްޔެގެ ފެންނަ ނުފެންނަ ވޯޓުގެ ވަގުތީ ނަތީއްޖާ ދައްކާ ގޮތުން ފޭދޫގެ ރައްޔިތުން ބޭނުންވަނީ ސިޓީ ކައުންސިލުގެ ބައެއްގެ ގޮތުގައި އެ ރަށް ބޭއްވުމަށެވެ. 

އެކަމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ، އިއްޔެގެ ވޯޓުގައި ވޯޓު ދިން ފަރާތްތަކުގެ ތެރެއިން ވަކި ކައުންސިލެއް ހަދަން ވޯޓުދިނީ 2،176 މީހަކު ކަމަށެވެ. އަދި ސިޓީއެއްގެ ގޮތުގައި ބާއްވަން 2،251 މީހަކު ވޯޓު ދިން ކަމަށާއި، މީދޫ އާއި ހުޅުދޫގެ ވޯޓުގެ ބޮޑު އަޣުލަބިއްޔަތެއް ވޯޓު ދިނީ ސިޓީން ވަކިވާން ކަމަށް ނަޝީދު ލިޔުއްވައިފައިވެއެވެ.

"މި ވޯޓުގެ ސަބަބުން ރުޅިވެރިކަން އިތުރުވިޔަ ނުދިނުމަށް ހުރިހާ ބޭފުޅުން ވެސް ބާރު އަޅުއްވާނެ ކަމަށް އަޅުގަނޑު އުންމީދުކުރަން،" ނަޝީދު ލިޔުއްވައިފައިވައިވެއެވެ. 

އިއްޔެ ވޯޓުގައި ސިޓީ ކައުންސިލުން ވަކިނުވާން ނިންމި ފޭދޫގެ ނަތީއްޖާއިން ދައްކާ ގޮތުން އެ ރަށުގައި ވަކި ކައުންސިލެއް އޮތުމަށް ވޯޓު ދިނީ 612 މީހުންނެވެ. އަދި ސިޓީ ކައުންސިލުގެ ބައެއްގެ ގޮތުގައި ފޭދޫ އޮތުމަށް 1،822 މީހަކު ވަނީ ވޯޓު ދީފައެވެ.

މީދޫގައި ވަކި ކައުންސިލެއް އޮތުމަށް ނިންމައިފައިވާއިރު، މީދޫގައި ވަކި ކައުންސިލެއް އޮތުމަށް ވޯޓު ދިނީ 841 މީހުންނެވެ. އެކަމާއި ދެކޮޅަށް ވޯޓު ދިނީ 144 މީހުންނެވެ. ހުޅުދޫގައި ވަކި ކައުންސިލެއް އޮތުމަށް ފެންނަ ކަމަށް 720 މީހަކު ވޯޓު ދިންއިރު، އެކަމާއި ދެކޮޅަށް 325 މީހަކު ވަނީ ވޯޓު ދީފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.
25 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން، ރައީސް ތައުޒިޔާ ފޮނުއްވައިފި
މި ހިތާމަވެރި ދަނޑިވަޅުގައި، މަރްޙޫމުގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.