ރައީސްގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ކްލިކް ކޮލެޖުގެ އަހަރީ ދުވަހުގެ މުނާސަބަތުގައި---ފޮޓޯ: ރައީސް އޮފީސް
ހަބަރު
26 Oct 2025 | 10:16
ސިޔާސަތު ފަދަ ދާއިރާތަކުން ދަރިވަރުން ތަމުރީނުކުރަނީ ގައުމުގެ މުސްތަގުބަލު ބިނާކުރަން: ފަސްޓް ލޭޑީ

ސިޔާސަތު ފަދަ ދާއިރާތަކުން ދަރިވަރުން ތަމުރީނުކުރަނީ ގައުމުގެ މުސްތަގުބަލު ބިނާކުރަން ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

 އެ ކަމަނާ މިހެން ވިދާޅުވީ، ކްލިކް ކޮލެޖްގެ ރިހިޔޫބީލް (ޖުބިލީ) ފާހަގަކުރުމަށް ރޭ މާގިރި ހޮޓަލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ތަފާތު ދާއިރާތަކުން ދަރިވަރުން ތަމުރީނުކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި ފަސްޓް ލޭޑީ ވިދާޅުވީ، ތައުލީމީ ނިޒާމުގައި ސިއްހަތު، އާ ވިސްނުންތައް، އަދި މަސައްކަތްތެރިކަމާއި ހުނަރުވެރިކަމަށް އިސްކަންދޭއިރު، އޭގެ އަސްލު މަގުސަދަކީ ދަރިވަރުންގެ ފިކުރީ އަދި އަމަލީ ގާބިލިއްޔަތުކަން ކުރިއެރުވުން ކަމަށެވެ. އެގޮތުން، އުފެއްދުންތެރިކަން، ވިޔަފާރި، އަދި ސިޔާސަތު ފަދަ ދާއިރާތަކުން ދަރިވަރުން ތަމުރީނުކުރެވެނީ ގައުމުގެ މުސްތަގުބަލު ބިނާކުރުމަށް ކަމުގައި އެ ކަމަނާ ފާހަގަކުރެއްވިއެވެ.

އެ ކަމަނާގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، އަހުލާގު ރަނގަޅު، ހަރުދަނާ އަދި ޒިންމާދާރު ޖީލެއް އުފެއްދުމަކީ، އުފާވެރި މުސްތަގުބަލެއް ހާސިލުކުރުމަށާއި ގައުމަށް އުފެއްދުންތެރިކަމާއި ކުރިއެރުން ގެނެސްދޭނެ ސަބަބެއް ކަމަށެވެ. 

މީގެ އިތުރުން، ދިވެހިރާއްޖޭގައި އަމިއްލަ ފަރާތްތަކުންނާއި ސަރުކާރުން ފޯރުކޮށްދޭ ތައުލީމުގައި ވެސް މިފަދަ މުހިންމު އަސާސްތައް ދެމެހެއްޓިފައިވާތީ އެކަމަށް އުފާކުރައްވާ ކަމަށް ވެސް ފަސްޓް ލޭޑީ ވިދާޅުވިއެވެ.

ކްލިކް ކޮލެޖުން ކުރިއަށްގެންދަވާ ތައުލީމީ ޕްރޮގްރާމުތަކުގެ މައްޗަށް އަލިއަޅުވާލައްވަމުން ސާޖިދާ ވިދާޅުވީ، ގައުމަށް ބޭނުންވާ ފަދަ ހުނަރުވެރި ދަރިވަރުން އުފެއްދުމުގެ ޤާބިލުކަން އެ ކޮލެޖްގެ ޕްރޮގްރާމުތަކުގައި އެބަހުރި ކަމަށެވެ. ގައުމު ބިނާކުރުމުގެ މަސައްކަތަކީ އެންމެންގެ މަސްއޫލިއްޔަތެއްކަން ފާހަގަކުރައްވައި އެކަމަނާ ވިދާޅުވީ، ދިވެހިރާއްޖޭގެ ތައުލީމީ ތާރީހުގައި އަމިއްލަ އެކި ފަރާތްތަކުގެ އިސްނެގުމާއި ޚިދުމަތް ވަރަށް މުހިއްމު ދައުރެއް އަދާކޮށްފައިވާ ކަމަށެވެ.

ފަސްޓް ލޭޑީގެ ވާހަކަފުޅު ނިންމަވާލެއްވީ، ދިވެހީންގެ ބަހާއި ސަގާފަތާއި އާދަކާދަތަކަށް ކަމޭހިތާ، ޒަމާނަށް ލޯހުޅުވިފައިވާ، އުފެއްދުންތެރި، ނަޒާހަތްތެރި ޖީލެއް ބިނާވެގެން އައުމަށް އުއްމީދު އައުކުރައްވަމުންނެވެ. ރޭގެ ރަސްމިއްޔާތުގައި ކްލިކް ކޮލެޖުގެ ފަރާތުން ދެއްވާ އެއްލައްކަ ރުފިޔާގެ ޚާއްސަ ސްކޮލާޝިޕް ލިބިވަޑައިގެންނެވި ފަރާތަށް އިނާމު ހަވާލުކޮށްދެއްވީ ސާޖިދާއެވެ. އަދި، ކޮލެޖަށް ދިގު މުއްދަތަށް ޚިދުމަތް ކޮށްފައިވާ މުވައްޒަފުންނަށް ވެސް ވަނީ ޚާއްސަ އިނާމުތައް ދެއްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.
25 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން، ރައީސް ތައުޒިޔާ ފޮނުއްވައިފި
މި ހިތާމަވެރި ދަނޑިވަޅުގައި، މަރްޙޫމުގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.