ސްޕްރީމް ކޯޓު
ހަބަރު
26 Oct 2025 | 17:12
ތިން މީހެއްގެ ޕީއެޗްޑީ ޤަބޫލުކުރަން ހައިކޯޓުން ކުރި ހުކުމް ސްޕްރީމްކޯޓުން ބާތިލުކޮށްފި

ތިން މީހެއްގެ ޕީއެޗްޑީ ސަނަދު ޤަބޫލުކުރުމަށް ހައިކޯޓުން މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ މައްޗަށް ކުރި އަމުރު ސްޕްރީމްކޯޓުން ބާތިލްކޮށްފިއެވެ.

އެމްކިއުއޭ އިން ގަބޫލު ނުކުރަން ނިންމާފައިވާ ޕީއެޗްޑީ ކޯހެއްގެ ސެޓްފިކެޓް ގަބޫލުކުރަން ހައި ކޯޓުން ހުކުމްކުރި މައްސަލަ އިސްތިއުނާފް ކުރުމަށް އެ އޮތޯރިޓީން ސްޕްރީމްކޯޓަށް ހުށަހަޅާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރުމަހުގެ ތެރޭގައެވެ. އަހަރެއްހާ ދުަވަސްފަހުން ސްޕްރީމް ކޯޓުން ވަނީ މި މައްސަލައިގެ ހުކުމް މިއަދު އިއްވާފައެވެ.

ފިލިޕީންސްގެ ކޮލެޖަކުން ސަނަދު ލިބޭގޮތަށް ސްރީލަންކާގެ އެއިމްސް ކޮލެޖުން ބަޔަކު ޕީއެޗްޑީއަށް ކިޔަވަން ފެށީ، އެމްކިއުއޭއިން އެ ކޯސް ގަބޫލުކުރާކަން 2016 ވަނަ އަހަރު އެންގުމުންނެވެ. ނަމަވެސް އެމްކިއުއޭއިން ވަނީ 2018 ވަނަ އަހަރު އެ ކޯސް ގަބޫލުކުރުން ހުއްޓާލާފައެވެ. އެގޮތުން އެހާތަނަށް ކިޔަވަމުންދިޔަ މީހުންގެ ސެޓްފިކެޓް ގަބޫލުނުކުރާނޭކަމަށް އެމްކިއުއޭއިން އަންގާފައިވާއިރު، ފަހުން ކޯހުގެ ސެޓްފިކެޓް ވެލިޑޭޓްކުރަން ހުށަހެޅުމުން އެމްކިއުއޭއިން ވަނީ އެކަމާ ދެކޮޅު ހަދާފައެވެ.

އެންމެފަހުން އެމްކިއުއޭއިން އެ ސަނަދު ގަބޫލު ނުކުރުމުން ތިން މީހެއްގެ ފަރާތުން ހައި ކޯޓަށް ހުށަހެޅި މައްސަލާގައި އެކޯޓުން މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހު އެ އޮތޯރިޓީގެ މައްޗަށް ހުކުމް ކޮށްފައިވަނީ ސަނަދު ގަބޫލުކުރުމަށެވެ.

ދައުލަތުގެ ފަރާތުން ސްޕްރީމް ކޯޓަށް ހުށަހެޅި މި މައްސަލާގައި އެ ކޯޓުން މިއަދު ކުރި ހުކުމްގައި ވަނީ މި މައްސަލާގައި ރައްދުވާ ޝައްމޫން އާދަމަށް އެމްކިއުއޭއިން ސަނަދު ވެލިޑޭޓްކޮށް ނުދިނުމުން ގެއްލުމެއް ލިބިފައިވާނަމަ އެ ގެއްލުމުގެ ބަދަލު އޭނާއަށް ލިބިދޭންޖެހޭކަމަށް ކަނޑައަޅައި ލިބިފައިވާ ގެއްލުން ކަނޑައެޅުމަށް ހައިކޯޓަށް ތަހުވީލުކުރުމަށް ނިންމާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.
25 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން، ރައީސް ތައުޒިޔާ ފޮނުއްވައިފި
މި ހިތާމަވެރި ދަނޑިވަޅުގައި، މަރްޙޫމުގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.