މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒިފުން މަަސައްކަތުގައި --
ހަބަރު
26 Oct 2025 | 18:25
އިމިގްރޭޝަނުން އަނެއްކާވެސް ވޯކިން އިންޓަވިއުއެއް، 70 ވަޒީފާގެ ފުރުސަތު

މޯލްޑިވްސް އިމިގްރޭޝަނަށް ގިނަ އަދަދެއްގެ މުވައްޒިފުން ހޯދަން ވޯކިން އިންޓަވިއުއެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.

އެ އިދާރާއިން މިއަދު ބުނީ ދެވަނަ ވޯކިން އިންޓަވިއުއެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށާ މިއީ އެ އިދާރާއަށް އެސިސްޓަންޓް އިމިގްރޭޝަން އޮފިސަރު ހޯދުމަށް ކުރިއަށް ގެންދާ އިންޓަވިއުއެއް ކަމަށެވެ. މި ފަހަރު އެސިސްޓަންޓް އިމިގްރޭޝަން އޮފިސަރުގެ މަގާމަށް 70 މީހަކު ނަގާނެ އެވެ.

ވޯކިން އިންޓަވިއު އޮންނާނީ އަންނަ މަހުގެ ފުރަތަމަ ދުވަހު ސޮލާހުއްދީން ސުކޫލުގަ އެވެ.

މި މަގާމުގެ އަސާސީ މުސާރައިގެ ގޮތުގައި 6500 ރުފިޔާ އަދި ސާވިސް އެލަވަންސްގެ ގޮތުގައި 1500 ރުފިޔާ ލިބޭނެ އެވެ. އަދި ބޭސިކް ޓްރެެއިން ފުރިހަމަ ކުރުމުން ސްޕެޝަލް ސާވިސް އެލަވަންސްގެ ގޮތުގައި މުސާރައިގެ 35 ޕަސެންޓް ލިބޭނެ އެވެ.

މަގާމުގެ މައިގަނޑުގެ މަސްއޫލިއްޔަތަކީ;

* އެއާޕޯޓްގެ ބޯޑާ ކޮންޓްރޯލްގެ މަސައްކަތް ކުރުން

* ޕާސްޕޯޓާއި ޓްރެވަލް ޑޮކިއުމަންޓްރީ ހިދުމަތް ދިނުމުގެ މަސައްކަތް

* ސީޕޯޓް ސެކްޝަންގެ މަސައްކަތް ކުރުން

* ވިޒާ ސެކްޝަންގެ މަސައްކަތްތައް

* އޮފީހަށް ދިމާވާ ހާއްސަ ހާލަތާއި ގުޅިގެން ކުރިއަށް ގެންދާ ހާއްސަ މަސައްކަތްތަކުގައި ބައިވެރިވުން

އިމިގްރޭޝަނުން ބުނި ގޮތުގައި މި ވަޒީފާއަށް ކުރިމަތިލާ މީހަކީ ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން ދެ މާއްދާއިން ދަށްވެގެން ޑީ ގުރޭޑް ލިބިފައިވުމާއެކު ސެކަންޑަރީ ސުކޫލް ނުވަތަ ހަޔާ ސެކަންޑަރީ ސްކޫލް ސެޓިފިކެޓް އިމްތިހާބުގައި ދިވެހި މާއްދާއިން ދަށްވެގެން ސީ ގުރޭޑް ލިބިފައިވާ މީހަކަށް ވާން ޖެހެ އެވެ. ނޫނީ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް ތިނެއްގެ ސެޓިފެކްޓް ތިނެއް ހާސިލުކޮށްފައިވާ މީހަކަށް ވާން ޖެހެ އެވެ.

މީގެ ކުރީންވެސް އިމިގްރޭޝަނުން ބޭއްވި ވޯކިން އިންޓަވިއުއަށް ބޮޑު ތަރުހީބެއް ލިބުނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.
25 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން، ރައީސް ތައުޒިޔާ ފޮނުއްވައިފި
މި ހިތާމަވެރި ދަނޑިވަޅުގައި، މަރްޙޫމުގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.