ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ އައު ޓާމިނަލް
ހަބަރު
27 Oct 2025 | 08:33
އެއާޕޯޓުން ބީއެމްއެލްގެ ފައިސާ ސޫޓުކޭހެއް ފޭރިގަނެފި

މޫނު ނިވާކޮށްގެން ތިބި ބަޔަކު އެއާޕޯޓުން ބޭންކް އޮފް މޯލްޑިވްސް ފައިސާ ސޫޓުކޭހެއް ފޭރިގަނެފިއެވެ.

ފޭރިގަނެފައިވަނީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ އައު ޓާމިނަލަށް ވަންނަން ދިޔަ ބޭންކް އޮފް މޯލްޑިވްސްގެ ދެ މުއައްޒަފެއްގެ އަތުންނެވެ.

ފުލުހުން ވަނީ މިފަދަ ހާދިސާއެއް ހިގާފައިވާކަން ކަށަވަރުކޮށްދީފައެވެ. ފުލުހުން ބީއެމްއެލް މުއައްޒަފުން އަތުން ފައިސާހުރި ސޫޓުކޭސް ފޭރިގަނެފައިވަނީ މޫނު ނިވާކޮށްގެންތިބި ބައެކެވެ. މި ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ފަތިހު 04:45 ގައެވެ.

ފުލުހުން މިހާރު އަންނަނީ މި މައްސަލަ ތަހްގީގް ކުރަމުންނެވެ. 

މި ހާދިސާގައި ފޭރިގަތް ސޫޓުކޭހުގައި ހުރީ ކިހާ ފައިސާއެއްކަމާއި، މިކަމާ ގުޅޭގޮތުން ބީއެމްއެލުން އަދި ވަކި އެއްޗެއް ނުބުނެއެވެ.

އާއްމުގޮތެއްގައި ބީއެމްއެލުން އެއާޕޯޓަށް ފައިސާ ގެންދަނީ އެއާޕޯޓް އެކްސްޗޭންޖް ކައުންޓަރުތަކުން ކުރާ މުއާމަލާތްތަކުގެ ބޭނުމަށާއި، އޭޓީއެމްތަކަށް ޖަމާކުރުމަށެވެ. މިގޮތުން ބީއެމްއެލުން ފައިސާ އުފުލާއިރު، ރައްކާތެރި ފިޔަވަޅެއްގެ ގޮތުން ފުލުހުން އަބަދުވެސް ހަރަކާތްތެރިވެއެވެ. ނަމަވެސް މި ހާދިސާހިނގިއިރު ފުލުހުން ތިބިކަމެއް ނުވަތަ ނޫންކަމެއް ކަށަވަރެއް ނުވެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.
25 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން، ރައީސް ތައުޒިޔާ ފޮނުއްވައިފި
މި ހިތާމަވެރި ދަނޑިވަޅުގައި، މަރްޙޫމުގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.