ކާޑެއްދޫ އެއާޕޯޓު -- ފޮޓޯ: ސޯޝަލް މީޑިއާ
ހަބަރު
27 Oct 2025 | 12:03
ކާޑެއްދޫ އެއާޕޯޓު ސަރުކާރަށް ބަދަލުކުރުމުގެ މަސައްކަތްދަނީ ކުރަމުން: ވަޒީރު

ކާޑެއްދޫ އެއާޕޯޓު ސަރުކާރުގެ ބެލުމުގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތްތައް ކުރަމުންދާކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.

މިއަދުގެ މަޖިލީހުގައި ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ޙިލްމީ، ކާޑެއްދޫ އެއާޕޯޓުގެ މަސައްކަތްތަކާއި ގުޅޭ ގޮތުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ ކާޑެއްދޫ އެއާޕޯޓަކީ އެ އެއާޕޯޓު ހަވާލުކޮށްފައިއޮތް ކުންފުންޏާއި އެކު ގިނަ މައްސަލަތަކެއް ދިމާވި ކުންފުންޏެއް ކަމަށެވެ.

އަދި އެ އެއާޕޯޓަކީ ސުޕްރީމް ކޯޓުގެ ޙުކުމެއްގެ ދަށުން އެކުންފުންޏާއި ހަވާލުކޮށްފައިވާ އެއާޕޯޓަކަށްވާއިރު، އެ އެއާޕޯޓު ސަރުކާރަށް ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށެވެ. 

ކާޑެއްދޫ އެއާޕޯޓު ހިންގަނީ ވިޔަފާރިވެރިޔާ އަދި މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހިމްގެ ވިލާ ކުންފުނިންނެވެ. 

2013 ވަނަ އަހަރު، 50 އަހަރަށް އެ އެއާޕޯޓު ވިލާ އާއި ހަވާލުކުރި އެއްބަސްވުމުގެ ދަށުން ކާޑެއްދޫ އެއާޕޯޓާއި ވިލާއިން ހަވާލުވާ ފުރަތަމަ އަހަރުގެ ތެރޭގައި އެތެރޭގެ އުދުހުންތަކުގެ ޚިދުމަތްތައް ސީއޭއޭގެ ސާޓިފައިޑް ސްޓެންޑާޑްތަކަށް އަޕްގްެރޭޑްކުރަން ޖެހޭއިރު، ހަތް އަހަރުގެ ތެރޭގައި ސީއޭއޭގެ ސާޓިފައިޑް ފެންވަރުގެ ބައިނަލްއަގުވާމީ އެއާޕޯޓެއްގެ ޚިދުމަތްތައް ޤާއިމްކޮށް، ބައިނަލްއަގުވާމީ އެއާޕޯޓުގެ އެ ޚިދުމަތްތައް ފަށަން ޖެހެއެވެ.

އެހެން ނަމަވެސް ވިލާއިން ކާޑެއްދޫ އާއި ހަވާލުވިތާ މިއަހަރަށް 12 އަހަރުވިއިރު، އެ އެއާޕޯޓުގެ ޙާލަތު ވަނީ ވަރަށް ދަށްވެފައެވެ. އެކަމާއި ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދެއެވެ.

އެ ކަންބޮޑުވުންތައް ފާޅުކުރަމުންދަނިކޮށް، ގާތްގަޑަކަށް 18.5 މިލިއަން ޑޮލަރު ނުވަތަ 277 މިލިއަން ރުފިޔާ ދީފައި ވިލާގެ އަތުން ކާޑެއްދޫ އެއާޕޯޓު ނަގަން ސަރުކާރުން ނިންމައިފައިވާކަން، އެ އެއާޕޯޓު ހިންގާ ވިލާ ކުންފުނީގެ ޗެއާމަން ޤާސިމް ވަނީ މި އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި އިއުލާނުކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Aug 2026
ޕޯޓަބަލް ޕްރެޝާ ޗެމްބަރެއް އެމްއެންޑީއެފަށް ހަދިޔާކޮށްފި
ޑައިވިން ހާދިސާތަކުގައި އަނިޔާވާ ފަރާތްތައް އެއް ތަނުން އަނެއް ތަނަށް ގެންދިއުމަށް ބޭނުންކުރެވޭ ޕޯޓަބަލް ހައިޕަބެރިކް ޓްރާންސްޕޯޓް ޔުނިޓެއް ރާއްޖެއަށް ހަދިޔާކޮށްފިއެވެ.
25 Aug 2026
%40 ޑޮލަރު މާރުކުރަން މަޖުބޫރުކުރުން؛ އިންވެސްޓަރުންގެ އިތުބާރު ގެއްލޭނެ
ރިސޯޓުތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ ތެރެއިން 40 އިންސައްތަ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް މާރުކުރުން ލާޒިމުކުރުމަކީ ރާއްޖޭގެ އިޤްތިޞާދަށް ބޮޑެތި ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ނުރައްކާތެރި ސިޔާސަތެއް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
25 Aug 2026
ކާނިވާ ސަރަހައްދުން ވެހިކަލްތައް ހުސް ކުރަން އަންގައިފި
ކާނިވާ ސްޓޭޖުގެ ދަގަނޑު ޓްރަސްތައް ފީވެ ބައިތައް ވެއްޓެމުންދާތީ އެ ތަން ރޫޅައި ސާފުކުރުމުގެ މަސައްކަތް ފަށައި، އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.
25 Aug 2026
91 ޒުވާން ޚަތީބުން ސަނަދު ޙާސިލްކޮށްފި
ޒުވާން ޚަޠީބުން ތަމްރީނުކުރުމުގެ ޕްރޮގްރާމުގެ ފަސް ވަނަ ބުރު ފުރިހަމަކުރި 91 ބައިވެރިއަކަށް ސަނަދު ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
25 Aug 2026
އިސްތިއުމާރީ އިސްރާއީލުން ޣައްޒާގެ ތާރީޚީ މިސްކިތެއް ބިމާ ހަމަކޮށްލައިފި
ޣައްޒާގެ ދެއިރް ބަލަޙުގައި ހުންނަ އެންމެ ދުވަސްވީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ އަބޫ ސަލީމް މިސްކިތަށް އިސްތިއުމާރީ އިސްރާއީލުން ހޯމަ ދުވަހު ދިން ވައިގެ ހަމަލާއެއްގައި އެ މިސްކިތް މުޅިން ހަލާކުކޮށްލައިފިއެވެ.
25 Aug 2026
އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޗައިނާގައި
ދެ ދުވަހުގެ މި ރަސްމީ ދަތުރުފުޅުގައި ދޯވާލް، ޗައިނާގެ ޚާރިޖީ ވަޒީރު ވާންގް ޔީއާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ދެ ގައުމުގެ ޚާއްޞަ މަންދޫބުންގެ ފެންވަރުގައި ބާއްވާ ބޯޑަރު މަޝްވަރާތަކުގެ ތެރެއިންނެވެ
25 Aug 2026
އަވަށްޓެރި ގައުމުތަކަށް ދިން ޚާއްސަ އިނާޔަތްތަކާއެކު އިންޑިއާއަށް ބޭރުގެ އިތުރު އިންވެސްޓްމަންޓްތަކެއް
އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ބުނާގޮތުގައި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްގެ ގޮތުގައި މިހާތަނަށް 511.5 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ 48.95 ބިލިއަން އިންޑިއަން ރުޕީސްގެ ހުށަހެޅުން ލިބިފައިވާކަމަށެވެ.
25 Aug 2026
ޓެރަރިޒަމް ސްޕޮންސާ ކުރާ ޤައުމުތަކުގެ ލިސްޓުން ސީރިއާ އުނިކޮށްފި
އެމެރިކާއިން 1979 ވަނަ އަހަރުން ފެށިގެން ޓެރަރިޒަމަށް ހިތްވަރުދޭ ޤައުމުތަކުގެ ލިސްޓުގައި ސީރިއާ ހިމެނުމަށް ފަހު، އެ ޤައުމު ލިސްޓުން އުނިކޮށް އިންވެސްޓްމެންޓަށް ހުރި ބޮޑެތި ހުރަސްތައް ނައްތާލައިފިއެވެ.