ރައީސް ޑރ. މުޙައްމަދު މުޢިއްޒު އޮޅުވެލިފުށީގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
ހަބަރު
27 Oct 2025 | 11:42
ހަފުތާ ނިމުމުގެ ކުރިން ބަޖެޓު ހުށަހަޅާނެ، އޭރަށް ބާކީ ހުރި މަޝްރޫއުތައް ފެށޭނެ: ރައީސް

މި ހަފުތާ ނިމުމުގެ ކުރިން މި އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށާއި، އެ ބަޖެޓުން މިހާރު ސޮއިކޮށްފައިހުރި މަޝްރޫއުތަކާއި އަލަށް ފަށާ މަޝްރޫއުތަކުން ޖަގާ ލިބޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޅ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އޮޅުވެލިފުއްޓަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އެމަނިކުފާނު ބޭނުންފުޅުވަނީ ވެވަޑައިގެންނެވި ވައުދުތަކުގެ އިތުރުން ވެސް، ރަށްތަކަށް ބޭނުންވާ ގިނަ ކަންތައްތަކެއް ވީހާ ވެސް އަވަހަކަށް ނިންމައިދޭން ކަމަށެވެ.

އެގޮތުން ޤާނޫނޫގައި ބުނާ ބަޖެޓު ހުށަހެޅުމުގެ ވަގުތު މިހާރު އައިސްފައިވާއިރު، މި ހަފުތާ ނިމުމުގެ ކުރިން އެ ބަޖެޓު ހުށަހަޅުއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ވައުދުތައް އަމަލީ ގޮތުން ފުއްދުމުގެ މަސައްކަތް ކުރަމުންދާނީ ދެ އަހަރަށް ބަހާލައިގެން ކަމަށާއި، އެހެންކަމުން އަންނަ އަހަރަށް ހުށަހަޅާ ބަޖެޓު ވާނީ ރައްޔިތުންނަށް ވީ ވައުދުތައް ފުއްދުމުގެ ބަޖެޓަކަށް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒު އޮޅުވެލިފުށީގެ ޖަލްސާގައި -- ފޮޓޯ: ރައީސް އޮފީސް

އަދި އެ ބަޖެޓުގައި އެމަނިކުފާނު ވެވަޑައިގެންނެވި ވައުދުތަކުގެ ތެރެއިން މި އަހަރު އަމަލީ ގޮތުން މަސައްކަތް ފެށުމަަށް ސޮއިކުރެވުނު މަޝްރޫއުތަކާއި ދެން އިތުރަށް ވެސް ފެށުމަށް ނިންމައިފައިވާ މަޝްރޫއުތަކަށް ޖާގަ ދެއްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.

ރާއްޖޭގައި ހުރިހާ ރަށެއްގައި އަޅުގަނޑުވެފައި ހުރި ވައުދުތަކުގެ ތެރެއިން، މި އަހަރު އަމަލީ ގޮތުން ސޮއިކުރެވިގެން މަސައްކަތް ފެށުނު މަޝްރޫއުތަކުގެ އިތުރަށް، ދެން ހުރި ވައުދުތައް ފުއްދަން ބޭނުންވާ ހުރިހާ މަޝްރޫއަކާއެކު މި އަންނަ އަހަރުގެ ބަޖެޓްގައި ޖާގަ އަޅުގަނޑުމެން ހަމަޖައްސާފައި ބަޖެޓް ހުށަހަޅާނީ

ރައީސް ޑރ. މުޙައްމަދު މުޢިއްޒު 

އަންނަ އަހަރު ޤާނޫނު އަސާސީއަށް ގެނައުމަށް ނިންމައިފައިވާ ބަދަލުތަކުގެ ތެރެއިން އަތޮޅު ކައުންސިލުތައް އުވާލަން ނިންމައިފައިވާކަން ތަކުރާރުކުރައްވައި، އެ ކައުންސިލުތައް އުވާލުމުން ބަޖެޓުން ބާކީވާ ފައިސާ ރަށު ކައުންސިލުތަކަށް ބަހާލުމަށް ނިންމައިފައިވާކަމަށް ރައީސް ވަނީ މިއަދު ވިދާޅުވެފައެވެ. އެ ފައިސާ ރަށު ކައުންސިލްތަކުގެ ބަޖެޓުގައި ހިމެނުމަށް ފަހު، ވަކި އިޖުތިމާއީ ހިދުމަތްތަކަށް އެ ފައިސާ ހަރަދުކުރުމަށް ލާޒިމުކުރާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައްޔިތުންގެ ތެރޭގައި ތިބި، ވަލްނަރަބަލް  ނުވަތަ އެހީ ބޭނުންވާ މީހުންނަށް، އެއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭން، ނުވަތަ އެމަޖެންސީ ކަންކަމަށް، މިފަދަ އިޖުތިމާއީ ހިދުމަތްތަކަށް ހޭދަކުރަން ލާޒިމުވާ ގޮތަށް ކައުންސިލްތަކަށް މި އިތުރުވާ ބަޖެޓް އަޅުގަނޑުމެން މި ހަމަޖައްސަނީ

ރައީސް ޑރ. މުޙައްމަދު މުޢިއްޒު 

ރައީސް ވިދާޅުވީ އެކަމުގެ ސަބަބުން އެހެން އަަހަރުތަކާއި އަޅާބަލާއިރު، އަންނަ އަހަރުން ފެށިގެން ރަށު ކައުންސިލްތަކަށް ލިބޭ ބަޖެޓް އިތުރުވާނެ ކަމަށާއި، އެ އިތުރުވާ ބަޖެޓުން ކައުންސިލުތަކުން ހަރަދުކުރަމުން ދާނީ، އާންމު ރައްޔިތުންނަށް ދޭން ޖެހޭ އިޖުތިމާއީ ހިދުމަތްތަކަށް ޔަގީންކުރަން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އެގޮތުން ޤާނޫނުން ކައުންސިލުތަކަށް ލާޒިމުކޮށްފައި އޮންނަނީ ރައްޔިތުންނަށް ބޭނުންވާ އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދިނުން ކަމަށްވާއިރު، އެކަން މި ބަޖެޓުން ކުރެވޭނެ ކަން ކަށަވަރުކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސް މިއަދު ޅ. އަދި ކ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އެންމެ ފުރަތަމަ ވަޑައިގެންނެވި ރަށަކީ އޮޅުވެލިފުއްޓެވެ. އެއަށްފަހު އެ އަތޮޅުން ހިންނަވަރު، ނައިފަރު އަދި ކުރެންދޫ އަށް އެމަނިކުފާނު ވަޑައިގަންނަވާނެއެވެ. 

އަދި މާލެ އަތޮޅުން ކާށިދޫ އަދި ދިއްފުށްޓަށް އެމަނިކުފާނު ވަޑައިގަންނަވާނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
25 Sep 2026
ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ބޭރުގެ އެއްވެސް ބަޔަކަށް ނުދޭނެ: ރައީސް
"ނޭޝަން ޗެޓް" ޕޮޑްކާސްޓްގެ މިރޭގެ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ ރަސްމާލެ މަޝްރޫއު އާއި ބޯހިޔާވަހިކަމާ ބެހޭ ގޮތުން ވަރަށް ތަފްސީލު ގޮތެއްގައި ވާހަކަފުޅުދައްކަވާފައެވެ.
25 Sep 2026
ރ. މަޑުއްވަރީގައި ބިދޭސީ ފިރިހެނަކު ބިދޭސީ އަންހެނަކާ މާރާމާރީ ހިންގާ ފޭރިއްޖެ
ބިދޭސީ ފިރިހެން މީހާ އަންހެން މީހާގެ އަތުން ފޭރި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯއެެއް ވަނީ އާންމުކޮށްފަ އެވެ.
25 Sep 2026
މާހިދާގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވަނީ ‏މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ ޢާއިޝަތު މާހިދާ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވާފަ އެވެ.
25 Sep 2026
އިމިގްރޭޝަންގައި ނުވަ މަސް؛ މާހިދާގެ ކުއްލި ވަކިވުމާއެކު ހިތާމަ
އިމިގްރޭޝަނުން ބުނީ މި ކުރު މުއްދަތުގައި ވެސް މާހިދާގެ ފަރާތުން އިޚްލާސްތެރި ހިދުމަތް އެ އިދާރާއަށް ލިބުނު ކަމަށެވެ.
25 Sep 2026
ބަނގުރާ އުފައްދައި، ބޭނުންކުރާ ކަމުގެ ތުހުމަތުގައި ދ. މީދޫން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ދ. މީދޫ / ފިނިހިޔާ، ޢަބްދުالله ނަޞީރު (40އ) އެވެ.
25 Sep 2026
އިންޑިއާއިން އައްޑޫއަށް ޑްރަގް އެތެރެކުރަން އުޅުނު މައްސަލަ: އިންޑިއާ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދަށް
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ވިވެކް އަމްބަން، އިންޑިއާ (24އ) އާއި، ޝަހްމިލް ޕަލި ޕަރަމްބަތް، އިންޑިއާ (32އ) އަދި ހޯދަޑު. ކުމެރީގެ / ޏ. ފުވައްމުލައް، ޢަބްދުﷲ އިބްރާހީމް (36 އ) އެވެ.
25 Sep 2026
ސޯސަންމަގުގައި ހިނގި އެކްސިޑެންޓް: އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ
އިހަކަށް ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެ އެވެ.
25 Sep 2026
މެލޭޝިއާގެ ބޮޑުވަޒީރުގެ ބޭބޭފުޅު އަވަހާރަވުމާ ގުޅިގެން، ރައީސް ތައުޒިޔާ ފޮނުއްވައިފި
މި ހިތާމަވެރި ދަނޑިވަޅުގައި، މަރްޙޫމުގެ ޢާއިލާއަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވުން އެދިވަޑައިގެން މާތް ﷲ ގެ ޙަޟްރަތުގައި ދުޢާ ދަންނަވާފައިވެއެވެ.